Roadha Mihaaru
ފީފާ މޮބައިލް އެޕްގެ ބޫޓަކީ އެޑިޑާސް ޖީއެމްއާރް

އެޑިޑާސް ޖީއެމްއާރް: ފީފާ މޮބައިލް އެޕަށް ސްމާޓް ބޫޓެއް

12 މާޗް 2020

ފީފާގެ މޮބައިލް އެޕް "ފީފާ މޮބައިލް އަލްޓިމޭޓް ޓީމް" މެދުވެރިކޮށް ފުޓްބޯޅަ ކުޅޭ މީހުންނަށް އަސްލު ދަނޑެއްގައި ކުޅެވޭ ކަމުގެ އިހުސާސްކުރުވާ ސްމާޓް ބޫޓެއް އުފައްދައި ވިއްކަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފީފާގެ މޮބައިލް އެޕް "ފީފާ މޮބައިލް އަލްޓިމޭޓް ޓީމް" މެދުވެރިކޮށް ފުޓްބޯޅަ ކުޅޭ މީހުންނަށް އަސްލު ދަނޑެއްގައި ކުޅެވޭ ކަމުގެ އިހުސާސްކުރުވާ ސްމާޓް ބޫޓެއް އުފައްދައި ވިއްކަން ފަށައިފި އެވެ.

"އެޑިޑާސް ޖީއެމްއާރް" ގެ ނަމުގައި މި ބޫޓް އުފައްދާފައި ވަނީ އެޑިޑާސް އާއި ގޫގްލްގެ އިތުރުން ފީފާ ގުޅިގެންނެވެ. މި ސްމާޓް ބޫޓަކީ ފީފާ އެޕް މެދުވެރިކޮށް މީގެ ފީޗާތަކާ ވެސް ކުޅެލެވޭ ގޮތަށް ފަރުމާކޮށްފައިވާ ބޫޓެކެވެ.

"އެޑިޑާސް ޖީއެމްއާރް" ތައްޔާރުކޮށްފައި ވަނީ ގޫގްލްގެ ޖެގްއާޑް ޓެކްނޮލޮޖީ އާއި ސްމާޓް ފެބްރިކްް ބޭނުންކޮށްގެންނެވެ.

އެހެންވެ ބޫޓްގެ ފުލުގައި އޮންނަ ބަޔަކީ އެހެން ވައްތަރެއްގެ ބޫޓެއްގެ ތެރެއަށް ވެސް ފައްތާލައިގެން ބޭނުންކުރެވޭ ގޮތަށް ހަދާފައިވާ އެއްޗެކެވެ. މީގެ ހުރިހާ އެއްޗަކީ ވެސް އެއީ އެވެ.

ބޭނުމަކީ އަސްލު ދަނޑެއްގައި ފުޓްބޯޅަކުޅޭކަން އިހުސާސްކޮށް ދިނުމެވެ. އެގޮތުން އެ ފަރުމާކޮށްފައި ވަނީ ކުޅުންތެރިން ދަނޑުމަތީގައި ހަރަކާތްތެރިވާނެ ހުރިހާ ގޮތްގޮތަކަށް ބަލައިގެންނެވެ.

"އެޑިޑާސް ޖީއެމްއާރް" މިހާރު އަންނަނީ އެޑިޑާސްގެ ވެބްސައިޓުން ވިއްކަމުންނެވެ. އަގަކީ 40 ޑޮލަރެވެ. މި ބޭނުންކުރަން ފީފާ މޮބައިލް މެޕް ބޭނުންވާނެ އެވެ. އެ އެޕް ގޫގްލް ޕްލޭ ސްޓޯރުންނާއި އެޕަލް ސްޓޯރުން ވެސް ޑައުންލޯޑްކުރެވޭނެ އެވެ.