Roadha Mihaaru
އުމްރާއަށް ދިޔަ މީހުން ގެނައީ ހާލަތު ބަލާފައި

ކޮވިޑް-19: އުމްރާ އަށް ދިޔަ މީހުން ގެނައީ ހާލަތު ބަލާފައި

11 މާޗް 2020

އުމްރާއަށް މީހުން ދިއުން ކޮވިޑް-19 ފެތުރޭތީ ސައުދީ ސަރުކާރުން މަނާކުރުމުގެ ކުރިން، އުމްރާ އަށް ގޮސް ތިބި މީހުންގެ ތެރެއިން އެއ ބަޔަކު މިއަދު ރާއްޖެއަށް އައި އިރު، އެމީހުން އައުމުގެ ކުރިންނާއި އައުމުން ވެސް ހާލަތު ބަލާފައިވާ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އުމްރާއަށް މީހުން ދިއުން ކޮވިޑް-19 ފެތުރޭތީ ސައުދީ ސަރުކާރުން މަނާކުރުމުގެ ކުރިން، އުމްރާ އަށް ގޮސް ތިބި މީހުންގެ ތެރެއިން އެއ ބަޔަކު މިއަދު ރާއްޖެއަށް އައި އިރު، އެމީހުން އައުމުގެ ކުރިންނާއި އައުމުން ވެސް ހާލަތު ބަލާފައިވާ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުމަށް ރާއްޖޭން ކުރާ މަސައްކަތުގެ މައުލޫމާތު ދެއްވާ ސަރުކާރުގެ ތަރުޖަމާނު، ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލް އަޒީޒް، ދަރުބާރުގޭގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވިދާޅުވީ އުމްރާ އަށް ގޮސްފައި މިއަދު އައި މީހުންގެ ހާލަތު ބެލީ އެ ގްރޫޕާ އެކު ހަރަކާތެރިވާ ޑޮކްޓަރާ ވާހަކަ ދައްކައިގެން ކަމަށެވެ. އެގޮތުން އެއްވެސް މީހެއްގެ ބަލީގެ އަލަމާތެއް ހުރިތޯ ބެލި ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި އުމްރާވެރިން މާލެ އައުމުން އެމީހުންގެ ހާލަތު އިތުރަށް ބެލުމަށް ފަހު ގޭގައި މަޑުކުރަން ލަފާ ދީފައިވާ ކަަމަށާއި ރޯގާގެ އަލާމާތެއް ފެންނަ ނަމަ ޓްރެވެލް ކްލިނިކުން ފަރުވާ ހޯދަން ވެސް ލަފާދީފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ. ޓްރެވެލް ކްލިނިކަކީ، ރޯގާ ޖެހޭ މީހުން އާއްމު ހޮސްޕިޓަލްތަކަށް ނުގޮސް ޑޮކްޓަރަށް ދައްކަން އިއްޔެ ހުޅުވި ތިން ކްލިނިކްގެ ތެރެއިން އެއް ކްލިނިކެވެ.

" އަދި ނަސޭހަތްތެރިވެފައި ވަނީ އައިސޮލޭޝަންގައި މަޑުކުރުމަށް،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭން އުމްރާ އަށް ދިޔަ ބަޔަކު އަންނަ ފްލައިޓެއް ހުކުރު ދުވަހު އައުމަށް ހަމަޖެހިފައި ވާއިރު.، އެގްރޫޕާ މެދުގައި ވެސް އަމަލުކުރާނީ މި އުސޫލުންނެވެ.

ސައުދީ އަރަބިއްޔާ އަކީ ވެސް ކޮވިޑް-19 ފެތުރޭ ގައުމެކެވެ. އުމްރާ އަށް މީހުން ދިއުން އެ ގައުމުން މަނާކުރީ ފެބްރުއަރީ 28 ގަ އެވެ. އެކަމަކު ކުރިން ހަމަޖެހިގެން އެ ދުވަހު ފުރަން އޮތް ގްރޫޕްތައް ދަތުރުކުރަން ސައުދީ ސަރުކާރުން ހުއްދަ ދިނުމުން، ރާއްޖޭން އެދުވަހު 49 މީހަކު އުމްރާއަަށް ދިޔަ އެވެ. އެއީ ނަވާ ހައްޖު އެންޑް އުމްރާ ގްރޫޕްގެ ހަވާލުގައި ދިޔަ ބައެކެވެ.

ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ބަލި ފެތުރެމުުން ދާއިރު ބައެއް ގައުމުތަކުން ރާއްޖެ އަށް މީހުން އައުން ސަރުކާރުން ވަނީ ވަގުތީ ގޮތުން މަނާކޮށްފަ އެވެ.

މަބްރޫކް މިއަދު ވިދާޅުވީ ބަންގްލަަދޭޝް އިން ރާއްޖެ އަށް ދަތުުރުކުރުން މަނާކޮށްފައި ވާއިރު އެގައުމުގައި ދިވެހިން އެބަތިބި ކަމަށާއި އެމީހުންގެ ތެރެއިން ރާއްޖެ އަށް އަންނަން ބޭނުންވާ މީހުން އައުމުގެ އިންތިޒާމްތައް ހަަމަޖައްސަން ފޮރިން މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަ ކަަމަށެވެ.

ރާއްޖެއަށް ދަތުރުކުރުން މިވަގުތަށް މަނާކޮށްފައިވާ ހުރިހާ ގައުމަކުން ވެސް އެނބުރި އަންނަން ބޭނުންވާ ދިވެހިންނަށް އެ އިންތިޒާމްތައް ހަމަޖައްސަައިދޭން ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެކަމަކު އެފަދަ ގައުމުތަކުން އަންނަ މީހުން 14 ދުވަސް ވަންދެން ކަރަންޓީން ވާން ޖެހެ އެވެ. އުމްރާ އިން އެނބުރި އައި ގްރޫޕަށް ހަމަޖައްސައިދިނީ އެއަށް ވުރެ ފަސޭހަކޮށް، ގޭގައި އެކަހެރި ވެވޭ ގޮތަށެވެ.

ރާއްޖޭގެ ތަފާސް ހިސާބު

ބަލިޖެހުނު މީހުންގެ އަދަދު: 8 (ކުރެއްދޫގައި 4، ބަތަލާގައި، 2، ކުރަމަތީގައި 2)

ޓެސްޓްކުރި ސާމްޕަލްގެ އަދަދު: 80

ނެގެޓިވް:71

ނަތީޖާ ނުލިބޭ: 6

ފަރުކޮޅު ފުށީ އައިސޮލޭޝަންގައި:15

ވިލިވަރު ކަރަންޓީނުގައި: 12