Roadha Mihaaru
އެޗްއައިއެޗް ގައި ޓޫރިސްޓް ސަޕޯޓް ސެންޓަރެއް ހުޅުވައިފި

ކޮވިޑް-19: އެޗްއައިއެޗް ގައި ޓޫރިސްޓް ސަޕޯޓް ސެންޓަރެއް ހުޅުވައިފި

15 މާޗް 2020

ހުޅުލޭ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) ގައި ޓޫރިސްޓް ސަޕޯޓް ސެންޓަރެއް މިއަދު ހުޅުވައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ހުޅުލޭ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) ގައި ޓޫރިސްޓް ސަޕޯޓް ސެންޓަރެއް މިއަދު ހުޅުވައިފި އެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ސެންޓަރު ހިންގާނީ ވެލާނާ އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ފުލުހުން ގުޅިގެން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ޓޫރިސްޓުން ރާއްޖެ އައުމަށް ފަހު އަދި ފުރައިގެން ދިއުމުގައި މި ސެންޓަރުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އަދި ވިދާޅުވީ މިހާރު ކުރިމަތިވެފައިވާ ހާލަތުގައި ޓޫރިސްޓުންނަށް އަޅާނުލައި ދޫކޮށްނުލާނެ ކަމަށެވެ.

އެއްވެސް އިތުރު އެހީއެއް ބޭނުންވެއްޖެ ނަމަ، އެތަނުގެ ހޮޓްލައިން 9423131 އަށް ގުޅަން މިނިސްޓަރު އެދިވަޑައިގަތެވެ.

ދުނިޔޭގައި މި ދުވަސްވަރު ފެތުރެމުންދާ ކޮވިޑް-19 ޖެހިފައިވާ 11 މީހަކު ރާއްޖޭން ވެސް ވަނީ ފެނިފަ އެވެ. އެއާ އެކު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވަނީ އިއުލާންކޮށްފަ އެވެ. އޭގެ ދަށުން، އެކި ގައުމުތަކުން މީހުން އައުން މަނާކޮށް ރިސޯޓްތަކާއި ރަށްތަކާ ދެމެދު ދަތުރުކުރުން މަނާކޮށް މާލެ ސަރަހައްދުގެ ގެސްޓް ހައުސްތަކަށް ބިދޭސީން ގެނައުން ވެސް ވަނީ މަނާކޮށްފަ އެވެ. އެހެންވެ، ޓޫރިސްޓުންނަށް ވަނީ ބޮޑު ދަތިކަމެއް ކުރިމަތިވެފަ އެވެ.