Roadha Mihaaru
ކޮވިޑް-19: ޓޫރިސްޓެއްގެ ތައުރީފު ރާއްޖެ އަށް

ކޮވިޑް-19: ޓޫރިސްޓެއްގެ ތައުރީފު ރާއްޖެ އަށް

15 މާޗް 2020

ރާއްޖެއިން ކޮރޯނާ ވައިރަހާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ފެނި ހައިރާންވެއްޖެ ކަމަށް ބުނެ، އެމެރިކާގެ ޓޫރިސްޓަކު ރާއްޖެ އަށް ވަރަށް ބޮޑަށް ތައުރީފުކޮށްފި އެވެ.

ރާއްޖެއިން ކޮރޯނާ ވައިރަހާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ފެނި ހައިރާންވެއްޖެ ކަމަށް ބުނެ، އެމެރިކާގެ ޓޫރިސްޓަކު ރާއްޖެ އަށް ވަރަށް ބޮޑަށް ތައުރީފުކޮށްފި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި، "ސްޕްރިން ބްރޭކް" އެއްގައި ދަރިފުޅާއި އެކުވެރިއަކާ އެކު ރާއްޖެ އައި އެމެރިކާގެ ރައްޔިތެއް ކަމަށްވާ އޭޖޭ އިވާން ބުނީ ކޮވިޑް-19 އަށް ރާއްޖެ ވަރަށް ތައްޔާރުވެފައިވާ އެހެން ގައުމެއް އޭނާ އަށް ފެނިފައި ނުވާ ކަމަށެވެ.

ޗުއްޓީ އަށް ރާއްޖެ އަންނަން ދަތުރު ރާވައި ތައްޔާރީތައް ވެ ނިމުނުއިރު، ކޮރޯނާވައިރަސް މުޅި ދުނިޔޭގައި ހަލުވިކަމާ އެކު، ފެތުރެމުންދާ ކަމުގެ ޚަބަރުތައް ފެނުމުން މާޔޫސްވި ކަމަށް އޭނާ ބުންޏެވެ. ނަމަވެސް، ރާއްޖެ އަންނަން ތައްޔާރުވި ދަތުރު ހުއްްޓާލަން ބޭނުން ނުވާތީ، ދިވެހި ސަރުކާރުން މި ހާލަތު މެނޭޖްކުރާ ގޮތް ބަލަން އޭނާ މަސައްކަތް ކުރި އެވެ. އަދި ރާއްޖޭގެ ހާލަތު ވަރަށް ރަނގަޅަށް އެނގިއްޖެ ކަމަށާއި އެކަމާ ވަރަށް ހިތްހަމަޖެހިއްޖެ ކަމަށް ވެސް އީވާން ބުންޏެވެ.

އޭނާ ބުނާ ގޮތުގައި، އާންމުކޮށް ސަރުކާރުތަކުގެ ނިންމުންތައް ދާނީ އެކި ގޮތްގޮތަށެވެ. އެންމެ މަތީ ފަންތީގައި ނިންމާ ނިންމުންތައް ދަށް ލެވެލްތަކުގެ މުއައްސަސާތަކާއި ވުޒާރާތަކަށް އެނގޭ ފަހަރަށް ވުރެ ނޭނގޭ ފަހަރު ގިނަކަން ފާހަގަކޮށް އޭނާ ބުނީ ރާއްޖެއިން ކުރަމުން އަންނަ މަސައްކަތް ފެންނަނީ ދުނިޔޭގެ އާންމު އުސޫލާ ހިލާފަށް ވަރަށް ދެ ފުށް ފެންނަ އަދި ހާމަކަން ބޮޑު ގޮތެއްގައި ކަމަށެވެ.

ރާއްޖޭގެ ހާލަތު ބެލުމުގެ ގޮތުން ޓޫރިޒަމާއި ހެލްތު މިނިސްޓްރީގެ އޮންލައިން ޕްލެޓްފޯމާއި ރާއްޖޭގެ މީޑިއާގެ ޚަބަރުތައް ވެސް ބަރާބަރަށް ބަލަމުން އައި ކަމަށް އޭނާ ބުންޏެވެ. އަދި މީޑިއާތަކާއި މިނިސްޓްރީތަކުގެ އޮންލައިން ޕްލެޓްފޯމުތަކުގައި މައުލޫމާތު އާކުރާ ވަރާއި އަވަސް ކަމާ ދޭތެރޭ އޭނާ ބުނީ އެއީ ޝުކުރު އަދާކޮށް ތައުރީފް ހައްގު ކަމެއް ކަމަށެވެ. ހާއްސަކޮށް މިފަދަ ދަނޑިވަޅެއްގައި، ކަމާ ބެހޭ ވުޒާރާތަކުން މީޑިއާތައް މެދުވެރިކޮށް، އާންމުންނަށް މައުލޫމާތު ފޯރުކޮށްދެމުން އަންނަނީ ވަރަށް ފުރިހަމަ އަދި އެހާ ތަފުސީލުކޮށް ކަން ވެސް އޭނާ ފާހަގަކުރި އެވެ.

އިވާން ބުނިގޮތުގައި ދިވެހި ސަރުކާރުން މިކަމަށް ވަރަށް ބޮޑަށް ތައްޔާރުވެފައި ވާތީ، އެއީ ޓޫރިސްޓުންނަށް ވެސް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.

ޗައިނާގެ ވޫހާން ސިޓީގައި އުފަންވެގެން އައި ކޮރޯނާ ވައިރަސް ހަލުވިކަމާ އެކު، މުޅި ދުނިޔެ އަށް ފެތުރެމުން ދާއިރު ހުރިހާ ގައުމަކުން ވެސް މިހާރު އަންނަނީ ބޮޑެތި ފިޔަވަޅުތަކެއް އަޅަމުންނެވެ. ގައިން ގަޔަށް އަރާ މި ވައިރަސްގެ ގެއްލުން އިންސާނުންނަށާއި މުޅި އިގުތިސާދަށް ކުރަމުން ދާތާ ދެތިން މަސް ވީ އިރު އަދިވެސް ހުއްޓުވޭ ގޮތެއް ނުވެ އެވެ.

COVID-19 LOCAL UPDATES

COVID-19 LOCAL UPDATES

COVID-19 Local Updates - Ministry of Health - Maldives

COVID-19

ކޮވިޑް-19 އަށް ޚާއްސަ ކޮށްގެން ހެލްތު މިނިސްޓްރީން ހަދާފައިވާ ވެބްސައިޓް

ކޮރޯނާވައިރަސްގެ ސަބަބުން ޖެހޭ ކޮވިޑް-19 ބަލީގެ 13 މީހަކު މިހާތަނަށް ރާއްޖެ އިން ވަނީ ފެނިފަ އެވެ. އެ އެންމެންނަކީ ވެސް ބިދޭސީން/ޓޫރިސްޓުންނެވެ.