ކަރަންޓީންކޮށް ނުވަތަ އެކަހެރި ކޮށްފައި ހުރި މީހަކު އުސޫލާ ޚިލާފަށް އާންމުންގެ ތެރެއަށް ނުކުތުމަކީ ކުށެއް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.
16 މާޗް 2020
ކަރަންޓީންކޮށް ނުވަތަ އެކަހެރި ކޮށްފައި ހުރި މީހަކު އުސޫލާ ޚިލާފަށް އާންމުންގެ ތެރެއަށް ނުކުތުމަކީ ކުށެއް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.
ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް ހުރި 13 މީހަކު ރާއްޖެ އިން ފެނުމުން މުޅި ރާއްޖޭގައި ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާންކޮށް، ޚާއްސަ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ. އަދިި އެ ވައިރަސްގެ އަލާމާތްތައް ހުރި ބައެއް މީހުން ކަރަންޓީން ކުރުމުގެ އިތުރު ގޭގައި އެކަހެރި ވެސް ކޮށްފައިވެ އެވެ. އެކަމަކު އުސޫލާ ޚިލާފަށް އޭގެ ތެރެއިން ބައެއް މީހުން އާންމުންގެ ތެރެއަށް ނުކުންނަ ކަމުގެ ޝަކުވާ ލިބެމުންދެ އެވެ.
އެކަމާ ގުޅިގެން ޕީޖީ ޝަމީމް ކުރެއްވި ޓްވީޓެއްގައި ވަނީ ފަރުވާލެއް ނެތި ކުރާ ކަމަކުން އެހެން މީހަކު މަރުވެދާނެ ކަމުގެ ނުވަތަ ބޮޑު އަނިޔާއެއް ލިބިދާނެ ކަމުގެ ބިިރެއް ކުރިމަތި ކުރުވުމަކީ ގާނޫނުލް އުގޫބާތުގެ ދަށުން ކުށެއް ކަމަށެވެ. އަދި ކަރަންޓީން ކޮށްފައި ހުއްޓާ ގިނައިން އާންމުން ދާ ތަނަކަށް ގޮސްފި ނަމަ، އެއީ އިންސާނާގެ ފުރާނަ އަށް ފަރުވާލެއް ނެތް ގޮތަކަށް ކުރި އަމަލެއް ކަމަށް ގާނޫނުލްއުގޫބާތުގެ ދަށުން ބެލިދާނެ ކަމަށް ވެސް އޭނާގެ ޓްވީޓްގައިވެ އެވެ.
ޤޢ ގެ 120(ހ): މީހަކު ފަރުވާލެއްނެތި ކުރާ ޢަމަލެއްގެ ސަބަބުން، (އެހެން)މީހަކަށް، އޭނާ މަރުވެދާނެކަމުގެ ނުވަތަ އޭނާގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެކަމުގެ ބިރެއް ކުރިމަތިކުރުވައިފިނަަމަ، އެ ޢަމަލު ހިންގި މީހާ އެކުރަނީ ކުށެކެވެ. @PoliceMv @niyaf @HPA_MV @Faisalnaifaru https://t.co/vBX6qPZCAz
— Hussain Shameem (@HuShameem) March 16, 2020
ޕީޖީގެ ޓްވީޓް
ގާނޫނުލް އުގޫބާތު ބުނާގޮތުން، ފަރުވާލެއް ނެތިި ކުރާ ކަމަކުން މީހަކު މަރުވެދާނެ ކަމުގެ ނުވަތަ އަނިޔާއެއް ލިބިދާނެ ކަމުގެ ބިރެއް ކުރިމަތިކުރުވައިފި ނަމަ، އެއީ ޖުނަހްގެ އެއް ވަނަ ދަރަޖައިގެ ކުށެކެވެ. އެ ކުށުގެ އަދަބަކީ ހަތަރު މަހާއި 24 ދުވަހުގެ ޖަލަށްލުމެވެ.
މީގެ އިތުރުން، އެ އަމަލު ހިންގީ އިންސާނާގެ ފުރާނަ އަށް ފަރުވާލެއް ނެތް ކަން ރަމްޒުކޮށްދޭ ފަދަ ގޮތަކަށް ކަމަށް ވާ ނަމަ، އެއީ ޖިނާޔަތުގެ ހަތަރު ވަނަ ދަރަޖައިގެ ކުށެއް ކަމަށް ވެސް ގާނޫނުލް އުގޫބާތުގައިވެ އެވެ. ޖިނާޔަތުގެ ހަތަރު ވަނަ ދަރަޖައިގެ ކުށުގެ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމެވެ.
އިޓަލީ މީހާއާ މެދު އިހުމާލުވިތޯ އެބަ ބަލަން: ފުލުހުން
ސެޓްފިކެޓް ނެތި ކާބޯތަކެތީ ކްލިއަރެންސް ދިނުމުން ދައުވާ
ޕީޖީގެ މަގާމަށް އައްބާސް ކުރިމަތިލައްވައިފި
ޕީޖީގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި
އާ ޕީޖީއަކު ނަގަން ދައުރުން ބޭރު ޖަލްސާއެއް
ޝަމީމް މަގާމުން ވަކިކުރަން މަޖިލީހުން ފާސްކޮށްފި
ޕީޖީގެ މަގާމުން ޝަމީމް އިސްތިއުފާ ދެއްވައިފި
ޕީޖީ ހާޒިރު ކުރާ ކޮމިޓީ ލައިވް ކޮށްދޭން އެދިއްޖެ
ޕީޖީ ޝަމީމް ވަކިކުރަން މަޖިލީހަށް ހުށަހަޅައިފި
ކުށުގެ ޒިންމާ އުފުލާ އުމުރު ދަށްކުރުމަކީ ހައްލެއް ނޫން