ލޯންޗުގެ ހިދުމަތް ދޭ ކުންފުންޏެއް މެދުވެރިކޮށް ފެނަކަ ކޯޕަރޭޝަނަށް ބޭނުންވާ އެއް މިލިއަން ޑޮލަރު ގަންނަން ވެގެން ދިން 17 މިލިއަން ރުފިޔާ އަށް ވީ ގޮތް ނޭނގުމާއި ޑޮލަރު ވެސް ލިބޭ ގޮތް ނުވި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) އިން ތަހުގީގުކުރަން ފަށައިފި އެވެ.
10 އޮކްޓޯބަރ 2016
ލޯންޗުގެ ހިދުމަތް ދޭ ކުންފުންޏެއް މެދުވެރިކޮށް ފެނަކަ ކޯޕަރޭޝަނަށް ބޭނުންވާ އެއް މިލިއަން ޑޮލަރު ގަންނަން ވެގެން ދިން 17 މިލިއަން ރުފިޔާ އަށް ވީ ގޮތް ނޭނގުމާއި ޑޮލަރު ވެސް ލިބޭ ގޮތް ނުވި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) އިން ތަހުގީގުކުރަން ފަށައިފި އެވެ.
އޭސީސީގެ ނައިބު ރައީސް މުއައްވިޒް ރަޝީދު މިއަދު ވިދާޅުވީ އެ މައްސަލާގައި ފުލުހުންގެ ތަހުގީގުގެ އިތުރުން، އޭސީސީން ބަލަމުން އަންނަނީ ނުފޫޒުން ކޮރަޕްޝަންގެ އެއްވެސް ކަމެއް ހިންގާފައި ވޭތޯ ކަމަށެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި 17 މިލިއަން ރުފިޔާގެ ޗެކެއް، ލޯންޗް ދުއްވާ ކުންފުންޏަކަށް ފެނަކައިން ދޫކުރީ 15.42 ގެ ރޭޓުން ޑޮލަރު ގަތުމަށެވެ. އަދި ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ފެނަކަ އަށް ޑޮލަރު ދޭން އެއްބަސްވެފައި އޮތީ 30 ދުވަހުގެ ތެރޭގަ އެވެ. އެ މުއާމަލާތަކީ އޮޅުވާލުމެއްކަން ފަޅާއެރީ 30 ދުވަސް ހަމަވެ، ޑޮލަރު ތިން ޗެކު ވެސް ބައުންސްވި ހިސާބުންނެވެ.
އެ މައްސަލާގައި ލޯންޗުގެ ހިދުމަތް ދޭ ކުންފުނީގެ އިސް ވެރިއަކު ހައްޔަރުކުރި އެވެ. އެކަމަކު، އެނގިފައިވާ ގޮތުގައި، އޭނާ މިހާރު ވަނީ ގޭބަންދަށް ދޫކޮށްލައިފަ އެވެ.
ފެނަކަގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް މިދިޔަ ހަފުތާގައި ވިދާޅުވީ އެ ކުންފުންޏަށް ބޭނުންވާ އެއް މިލިއަން ޑޮލަރު ގަންނަން 17 މިލިއަން ރުފިޔާ ދޫކުރީ އެ ކުންފުނީގެ ބޯޑުން ނިންމައިގެން ކަމަށެވެ. އެ ފައިސާ އަށް އަދިވެސް އެ ޑޮލަރު ނުލިބޭ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ޝަރީފް ވިދާޅުވެފައިވާ ގޮތުގައި އެކަމުގައި އިހުމާލުވަނީ ކޮން ބައެއް ކަން އެނގޭނީ ތަހުގީގަށް ފަހު އެވެ.
ފައިސަލަށް ތުހުމަތުވާ މައްސަލަތަކެއް އޭސީސީން ބަލަނީ
ސައީދަށް ކުރާ ދެވަނަ ދައުވާ ކުރިއަށް ގެންދެވޭނެ: ކޯޓް
އޭސީޕީ ދާއޫދަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް
މިދިޔަ ވެރިކަމުގައި 200މިލިއަނަށް ހިޔާނާތްވި:އެޗްޑީސީ
"ފެނަކައާ ގުޅޭ 161 މައްސަލަ ތަހުގީގު އެބަކުރަން"
ޕޮލްކޯގެ މައްސަލައިގެ ހިލުންގަނޑާއެކު، ވަކި ސެކްޝަނެއް
ޝުޖާއުއާ ގުޅޭ ރިޕޯޓުގެ މައްސަލަ ބަލާތާ ދުވަސްތަކެއް!
ޕޮލްކޯގެ ހިޔާނާތުން ހޯދި މުދާތައް އަތުލަން ހުށަހަޅަނީ
ޝަމްއާން ބަންދުކުރި ގޮތާ މެދު ސުވާލު އުފައްދައިފި
އޭސީސީން އެގްރިކަލްޗާ މިނިސްޓްރީއަށް ވަދެއްޖެ