އެމްޑީޕީގެ ވެރިކަމުގައި އެޗްޑީސީގެ ބިމާއި މުދަލާއި ހިދުމަތްތަކުން 200 މިލިއަނެއްހާ ރުފިޔާއަށް ހިޔާނާތްތެރިވެފައިވާ މައްސަލައެއް ތަހުގީގުކުރަން ކަމާބެހޭ ފަރާތްތަކަށް އެ ކުންފުނިން ހުށަހަޅައިފި އެވެ.
02 އޮކްޓޯބަރ 2025
އެމްޑީޕީގެ ވެރިކަމުގައި އެޗްޑީސީގެ ބިމާއި މުދަލާއި ހިދުމަތްތަކުން 200 މިލިއަނެއްހާ ރުފިޔާއަށް ހިޔާނާތްތެރިވެފައިވާ މައްސަލައެއް ތަހުގީގުކުރަން ކަމާބެހޭ ފަރާތްތަކަށް އެ ކުންފުނިން ހުށަހަޅައިފި އެވެ.
އެޗްޑީސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ 2019 އިން 2023 އާ ދެމެދުގައި އެ ކޯޕަރޭޝަނުގެ މިލްކިއްޔާތުގައިވާ ބިމާއި މުދަލާއި ހިދުމަތުން 200 ވަރަކަށް މިލިއަން ރުފިޔާއަށް ބައެއް ފަރާތްތަކުން ހިޔާނާތްތެރިވެފައިވާ ކަމަށް ފާހަގަކުރެވޭ ކަމަށެވެ. އެހެންވެ، އެކަމުގެ ފުރިހަމަ ތަހުގީގެއް ހިންގުމަށް ކަމާބެހޭ އިދާރާތަކަށް އެ ކޯޕަރޭޝަނުން ހުށަހަޅަމުންދާ ކަމަށް ބުންޏެވެެ.
އެކަމަކު އެކަމުގައި ބައިވެރިވަނީ ކޮން ބައެއް ކަމެއް އެޗްޑީސީން ހާމައެއް ނުކުރެ އެެވެ.
އެޗްޑީސީން ބުނި ގޮތުގައި އެ ހިޔާނާތުގެ ތެރޭގައި އެ ކޯޕަރޭޝަނުގެ މުދަލުން ވައްކަން ކުރުމާއި ކޯޕަރޭޝަނުގެ މުދާ އަމިއްލަ ބޭނުމަށް ބޭނުންކުރުމާއި ކޯޕަރޭޝަނަށް ގެއްލުންވާ ގޮތަށް ކޯޕަރޭޝަނުގެ ބިންތައް ކުއްޔަށް ދިނުން ފަދަ މައްސަލަތައް ހިމެނެ އެވެ. އަދި އެތަނުގެ އިޖުރާއަތްތަކާއި އުސޫލުން ބޭރުން ބިން ވިއްކާފައި ހުރިކަން ވެސް ސަމާލުކަމަށް އައިސްފައިވާ ކަމަށް ބަޔާނުގައިވެ އެވެ.
އެހެންވެ، އެކަން ތަހުގީގުކޮށް ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެ ކޯޕަރޭޝަނުން އެއްބާރުލުން ދޭނެ ކަމަށް ވެސް ބުންޏެވެ.
އެޗްޑީސީން ކޮރަޕްޝަނުގެ މައްސަލަތަކެއް ކަމާ ބެހޭ ފަރާތްތަކަށް ހުށަހެޅިއިރު އެމްޑީޕީގެ ވެރިކަމުގައި ފެނަކަ އާއި ވެމްކޯ ފަދަ ކުންފުނިތަކުގައި ހިންގި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް އޮޑިޓްތަކުން ހާމަވެ، އެ މައްސަލތައް ކަމާބެހޭ އިދާރާތަކުން ދަނީ ބަލަމުންނެެވެ.
ގޯތި ސްކީމްގެ ތަހުގީގަށް 16 މީހަކު މައުލޫމާތު ދީފި
ގޯތި މައްސަލަ:އިލެކްޓްރޯނިކް ސާމާނުތަކެއް ހިފަހައްޓައިފި
ކެމްޕެއިނަށް ޖެހި ހޮޅިތައް ބޭރުކުރަނިކޮށް ހުއްޓުވައިފި
އެޗްޑީސީން ހެކި ނައްތާކަމުގެ ތުހުމަތު، ފިޔަވަޅު އަޅާ!
"ތެޔޮބޯޓާ ގުޅޭގޮތުން ރައީސަށް ކުރަނީ ދޮގު ތުހުމަތެއް"
އޭސީޕީ ދާއޫދަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު ވެސް އޭސީސީއަށް
ކުރީގެ މިނިސްޓަރު ފައްޔާޒް އޭސީސީއަށް ހާޒިރުކޮށްފި
ކުރީގެ މިނިސްޓަރު އަމީރު އޭސީސީއަށް ހާޒިރުކޮށްފި
އޭސީސީއަށް ހާޒިރު ކުރަނީ ފަހަތަށް ޖައްސަން: އިބޫ