ސަރުކާރުން ކެފޭ ރެސްޓޯރަންޓުތަކުގެ ހިދުމަތް ހަމައެކަނި ޓޭކްއަވޭ އާއި ޑެލިވަރީ އަށް ބަދަލު ކުރަން އެންގި ދުވަހުން ފެށިގެން އެ ހާލަތު ބަދަލުވަންދެން ފުޑް ކޯޓުތަކުގެ ކުލި ނުނަގާގޮތަށް އެސްޓީއޯއިން ނިންމައިފި އެވެ.
24 މާޗް 2020
ސަރުކާރުން ކެފޭ ރެސްޓޯރަންޓުތަކުގެ ހިދުމަތް ހަމައެކަނި ޓޭކްއަވޭ އާއި ޑެލިވަރީ އަށް ބަދަލު ކުރަން އެންގި ދުވަހުން ފެށިގެން އެ ހާލަތު ބަދަލުވަންދެން ފުޑް ކޯޓުތަކުގެ ކުލި ނުނަގާގޮތަށް އެސްޓީއޯއިން ނިންމައިފި އެވެ.
އެސްޓީއޯއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ސަރުކާރުގެ މި ނިންމުމާއެކު އެސްޓީއޯގެ ފުޑްކޯޓުތައް ވެސް ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ. އަދި ވިޔަފާރިތަކަށް ވަރަށް ބޮޑަށް ގެއްލުން ވަމުން ދާ ކަމަށެވެ.
އެސްޓީއޯއިން ބުނީ މި ނިންމުމަކީ ވިޔަފާރިތަކަށް ލިބޭ ގެއްލުން ކުޑަކުރުމަށާއި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން އެސްޓީއޯގެ މެނޭޖްމަންޓުން ނިންމި ނިންމުމެއް ކަމަށެވެ.
ރާއްޖެއިން ކޮވިޑް-19 ފެނުމާ އެކު ވަނީ ކުއްލި ހާލަތު އިއުލާނުކޮށްފަ އެވެ. ރާއްޖެއިން މިހާތަނަށް މީގެ 13 ކޭސްއެއް ފެނި އިތުރު ބަޔަކު ޕޮޒިޓިވް ނުވާތާ ނުވަ ދުވަސް ވަނީ ވެފަ އެވެ. އަދި ބަލި ޖެހުނު 13 މީހުންގެ ތެރެއިން ފަސް މީހަކު ވަނީ ރަނގަޅުވެފަ އެވެ.
އެހެންނަމަވެސް ސިއްހީ މާހިރުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދެތިން ހަފްތާއަކީ ރާއްޖޭގައި މިބަލި އެންމެ ޕީކްވާނެ ކަމަށް ބެލެވޭ ދެތިން ހަފްތާކަމުން އަދިވެސް ސަރުކާރުން އަންނަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރަމުންނެވެ.
އެގޮތުން ހަފްތާއަކަށް ސްކޫލްތަކާއި ކޮލެޖުތަކުގެ އިތުރަށް ސަރުކާރު ވެސް ބަންދުކޮށްފައިވާއިރު މީހުން އެއްވެ އުޅޭ ޕާކުފަދަ ތަންތަން ވެސް ވަނީ ބަންދުކޮށްފަ އެވެ. އަދި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ވެސް ހަފްތާއަކަށް ވަނީ ހުއްޓާލާފަ އެވެ.
މީގެ އިތުރަށް މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން ކެފޭ ރެސްޓޯރަންޓުތަކުގައި ޑައިން އިން ކުރުން ހުއްޓުވާފައިވާއިރު، ޓޭކްއަވޭ އާއި ޑެލިވަރީގެ ހިދުމަތް ދިނުން އަދިވެސް ވަނީ ހުޅުވާލާފަ އެވެ.
ފުޑް ކޯޓުގައި ސިނގިރޭޓް ބުއިން މަނާކުރަން އެދެފި
ކޮވިޑާ ގުޅިގެން ހަރަދުކުރާ ގޮތުގެ އޮޑިޓެއް ފަށައިފި
ރާއްޖޭން ނުލިބޭ ބޭސް އެސްޓީއޯ އިން ގެނެސްދެނީ
އިންޑިއާގައި ތާށިވި ބޭސް ޝިޕްމަންޓް ރާއްޖެ ގެންނަނީ
ފުޑް ކޯޓުގައި ދުންފަތާ ދެކޮޅު ބޮޑެތި ބޯޑުތަކެއް
ހާބަރު ފުޑް ކޯޓްތަކުގައި ސިނގިރޭޓް ބުއިން މަނާ
ގަވައިދުތައް ނުހިނގާ ޝީޝާ ކެފޭތަކުން މާލެ ފުރިފައި
ލިބެންހުރި ބޭސްތައް ޑޮކްޓަރުންނަށް ފެންނާނެ ނިޒާމެއް ހަދަނީ
މަގުމައްޗަށް ނަޖިސް ބޭރުކުރާ ގެ ކައުންސިލުން ހޯދައިފި
ފައިބަރު މަސައްކަތުގެ ނުރައްކާ ކުޑަކުރަން ގަވާއިދެއް