Roadha Mihaaru
އިންޑިއާގައި ތާށިވި ބޭސް ޝިޕްމަންޓް ރާއްޖެ ގެންނަނީ

އިންޑިއާގައި ތާށިވި ބޭސް ޝިޕްމަންޓް ބުރާސްފަތި ދުވަހު ގެންނަނީ

31 މާޗް 2020

އިންޑިއާގައި ކޮރޯނާވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އަޅާ ފިޔަވަޅެއްގެ ގޮތުން، އެ ގައުމު 21 ދުވަހަށް ލޮކްޑައުން ކުރުމާ ގުޅިގެން، އިންޑިއާ އިން ރާއްޖެ ނުގެނެވި ހުރި ބޭސް ޝިޕްމަންޓް އަންނަ ބުރާސްފަތި ދުވަހު ރާއްޖެ ގެންނަނަން ފޮރިން މިނިސްޓްރީން ނިންމައިފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

އިންޑިއާގައި ކޮރޯނާވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އަޅާ ފިޔަވަޅެއްގެ ގޮތުން، އެ ގައުމު 21 ދުވަހަށް ލޮކްޑައުން ކުރުމާ ގުޅިގެން، އިންޑިއާ އިން ރާއްޖެ ނުގެނެވި ހުރި ބޭސް ޝިޕްމަންޓް އަންނަ ބުރާސްފަތި ދުވަހު ރާއްޖެ ގެންނަނަން ފޮރިން މިނިސްޓްރީން ނިންމައިފި އެވެ.

ކޮވިޑް-19އާ ގުޅިގެން މުޅި އިންޑިއާ ލޮކްޑައުންއަކަށް ގޮސް އެ ގައުމުގެ އެތެރޭގެ ދަތުރުތައް ވެސް ވަނީ ހުއްޓާލައިފަ އެވެ. އެ ގައުމުން އެ ފިޔަވަޅު އެޅިއިރު، އެސްޓީއޯ އިން އޯޑަރު ކޮށްފައިވާ އަށް ޓަނުގެ ބޭސް ހުރީ އެ ގައުމުގައި ނުގެނެވި ތާށިވެފަ އެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ، އެ ބޭސްތައް ރައްކާތެރިކަމާ އެކު، ރާއްޖެ ގެނައުމުގެ މަސައްކަތް ރާއްޖޭގެ ދިފާއީ ބާރާއި އިންޑިއާގެ އަސްކަރިއްޔާ ގުޅިގެން ފަށާފައިވާ ކަމަށެވެ. އެ ބޭސްތައް ތާށިވެފައި ހުރީ އިންޑިއާގެ އެކި ސިޓީތަކުގަ އެވެ.

ފޮރިން މިނިސްޓްރީން ބުނިގޮތުގައި، ނިއުދިއްލީ، މުމްބާއީ، ޗެންނާއީ އަދި މަދޫރާއީގައި ހުރި އަށް ޓަނުގެ ބޭސް ރާއްޖެ ގެނައުމަށްޓަކައި އިންޑިއަން އެއާފޯސްގެ މަތިންދާބޯޓުތަކުން އެއްތަނަކަށް މާދަމާގެ ވަގުތެއްގައި ގެންދާނެ އެވެ. އަދި ބުރާސްފަތި ދުވަހު އިންޑިއަން އެއާފޯސްގެ މަތިންދާބޯޓެއްގައި މި ބޭސްތައް ރާއްޖެ ގެންނާނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

އެސްޓީއޯގެ މީޑިއާ ކޯޑިނޭޓަރު އަބްދުﷲ މުހައްމަދު މިއަދު ވިދާޅުވީ، މިއީ މީގެ ކުރިން އެ ކުންފުނިން އޯޑަރުކޮށްފައިވާ ބޭސް ޝިޕްމަންޓެއް ކަމަށެވެ. އަދި އެއީ ވަކިން ކޮވިޑް-19އާ ގުޅިގެން ރާއްޖެ ގެންނަން އޯޑަރު ކުރި ޝިޕްމަންޓެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ފޮރިން މިނިސްޓްރީން ބުނިގޮތުގައި، ނިއުދިއްލީ، މުމްބާއީ، ޗެންނާއީ އަދި މަދޫރާއީގައި ހުރި އަށް ޓަނުގެ ބޭސް ރާއްޖެ ގެނައުމަށްޓަކައި އިންޑިއަން އެއާފޯސްގެ މަތިންދާބޯޓުތަކުން އެއްތަނަކަށް މާދަމާގެ ވަގުތެއްގައި ގެންދާނެ އެވެ. އަދި ބުރާސްފަތި ދުވަހު އިންޑިއަން އެއާފޯސްގެ މަތިންދާބޯޓެއްގައި މި ބޭސްތައް ރާއްޖެ ގެންނާނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

އިންޑިއާގައި ނުގެނެވި ތާށިވެފައި ހުރި އަށް ޓަނުގެ ބޭސް ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނައިރު، އެ ގައުމުން ވަނީ ކޮވިޑް-19އާ ގުޅިގެން ރާއްޖެ އަށް ތިން މަހުގެ ބޭސް ހިލޭ އެހީގެ ގޮތުގައި ދޭން ނިންމައިފަ އެވެ. ރާއްޖެ އަށް މިކަމުގައި އިންޑިއާ އިން އެހީތެރިކަން ފޯރުކޮށްދިން ނަމަވެސް އެ ގައުމުން ވަނީ ބޭސް އެކްސްޕޯޓު ކުރުން މެދުކަނޑާލައިފަ އެވެެ.

އިންޑިއާގެ މި ނިންމުމާ ގުޅިގެން ބޭހުގެ އިތުރަށް އެ ގައުމުން އޯޑަރު ކޮށްފައިވާ ކާބޯތަކެތި ވެސް ވަނީ ތާށިވެފަ އެވެ. އޭގެ ތެރެއިން ބައެއް ތަކެތި ގެނެސްފައިވާއިރު، އެ ގައުމުގެ ޓުޓިކޮރިން މަގުން ރާއްޖެ އަށް ގެނައީ 500 މެޓްރިކް ޓަނުގެ ހަކުރާއި 993 މެޓްރިކް ޓަނުގެ ހަނޑުލެވެ. އިތުރު 1،500 މެޓްރިކް ޓަނުގެ ހަނޑުލާއި 500 މެޓްރިކް ޓަނުގެ ހަކުރުގެ ޝިޕްމަންޓެއް ވަނީ އަައުމުގެ މަގުމަތީގަ އެވެ.