30 މާޗް 2020
ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތް ކުރިއަށް ގެންދިއުމާ ބެހޭ އުސޫލެއް ކްރިމިނަލް ކޯޓުން އެކުލަވާލައި، އަމަލު ކުރަން ފަށައިފި އެވެ.
ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތް ކުރިއަށް ގެންދިއުމާ ބެހޭ އުސޫލެއް ކްރިމިނަލް ކޯޓުން އެކުލަވާލައި، އަމަލު ކުރަން ފަށައިފި އެވެ.
އިއްޔެ އެކުލަވާލައި އަމަލުކުރަން ފެށި އުސޫލުގައިވާ ގޮތުން އާންމު އުސޫލުން ޝަރީއަތްތައް ގެންދާނީ މައްސަލާގައި ހިމެނޭ ފަރާތްތައް ކޯޓަށް ހާޒިރު ކޮށްގެން ކަމަށް ވިިޔަސް، ބައެއް ހާލަތްތަކުގައި އަޑުއެހުންތައް ވީޑިއޯ ކޮންފަރެންސްކޮށް ކުރިއަށް ގެންދެވިދާނެ އެވެ. އެގޮތުން އިބްތިދާއީ އަޑުއެހުންތައް ވީޑިއޯ ކޮންފަރެންސްކޮށް ގެންދަން ދައުލަތުން ބޭނުންވާ ނަމަ ނުވަތަ ނުރައްކާތެރި ބައްޔެއް ނުވަތަ ގުދުރަތީ ކާރިސާއެއްގެ ދިމާވެފައިވާ ނަމަ، ކުށުގެ ތުހުމަތުގައިވާ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށާއި ހެކިބަސް ނެގުމަށާއި ދައުވާލިބޭ މީހާ އެހެން ރަށެއްގައި ހުރެއްޖެ ނަމަ، އެރަށު ކޯޓަށް އޭނާ ހާޒިރުކޮށް ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތް ކުރިއަށް ގެންދެވިދާނެ ކަމަށް އެ އުސޫލުގައިވެ އެވެ.
އެ އުސޫލުގައިވާ ގޮތުން ނުރައްކާތެރި ބައްޔެއް ނުވަތަ ގުދުރަތީ ކާރިސާއެއްގެ ސަބަބުން ވީޑިއޯ ކޮންފަރެންސްކޮށް ބަންދު މުއްދަތު މަޖިިލިސް ކުރިއަށް ގެންދަން އެދޭ ނަމަ، ދައުލަތާއި ދިފާއީ ވަކީލުންގެ އިތުރުން ތަހުގީގުކުރާ ފަރާތަށް ވެސް ވީޑިއޯ ކޮންފަރެންސްކޮށް އެ މަޖިލީހުގައި ބައިވެރިވެވިދާނެ އެވެ. އެކަމަކު އެގޮތަށް ކުރިއަށް ގެންދަން އެދޭ އަޑުއެހުން ފެށުމުގެ އެއް ގަޑިއިރު ކުރިން އެކަމަށް އެދި ކޯޓަށް ހުށަހަޅަން ޖެހޭނެ ކަމަށް އެ އުސޫލުގައިވެ އެވެ.
މީގެ އިތުރުން ދައުވާލިބޭ މީހާ އެހެން ރަށެއްގައި ހުންނަ ހާލަތްތަކުގައި ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތް ގެންދެވޭނީ ދައުވާލިބޭ މީހާ އެކަމަށް ގަބޫލުވާ ނަމަ ކަމަށް އެ އުސޫލުގައިވެ އެވެ. އަދި ވީޑިއޯކޮށް ބާއްވާ އަޑުއެހުންތައް ރެކޯޑް ކުރަންޖެހޭނެ ކަމަށް ވެސް އެ އުސޫލުގައިވެ އެވެ.
އެ އުސޫލުގައިވާ ގޮތުން ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތް ގެންދިޔަޔަސް، ޝަރީއަތުގެ އާންމު އުސޫލުތައް އެފަދަ އަޑުއެހުންތަކުގައި ވެސް ހިނގާނެ އެވެ. އެގޮތުން ފަނޑިޔާރުގެ ހުއްދަ ނެތި އެތަނުން ނިކުތުމާއި އިތުރު ބަޔަކު އެތަނަށް ގެނައުމާއި ޝަރީއަތަށް ދަތިވާ ފަދަ ކަމެއް ކޮޮށްފި ނަމަ، އެކަމަށް ފިޔަވަޅު އެޅޭނެ ކަމަށް އެ އުސޫލުގައިވެ އެވެ. އަދި ކޯޓުގެ ހުރުމަތް ކެނޑޭ އަމަލެއް ކުރިޔަސް، ވަގުތުން އެކަމަށް އަދަބު ކަނޑައެޅިދާނެ ކަމަށް އެ އުސޫލުގައިވެ އެވެ.
ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތްތައް ގެންދިއުމާ ބެހޭ އުސޫލެއް ކްރިމިނަލް ކޯޓުން އެކުލަވާލިއިރު، އެ ކޯޓުން ދާދިފަހުން ވަނީ ބަންދު މުއްދަތު މަޖިލިސްތަކެއް ވީޑިއޯ ކޮންފަރެންސްކޮށް ކުރިއަށް ގެންގޮސްފަ އެވެ. އެ މަޖިލިސް ކުރިއަށް ގެންދިޔައީ ކޯޓާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އިތުރުން ފުލުހުންގެ މަރުކަޒަކާ ވީޑިއޯކޮށް ގުޅާލައިގެންނެވެ.
ކޮރޯނާވައިރަސް މުޅި ދުނިޔެ އަށް ފެތުރި ރާއްޖޭން ވެސް ފެނިފައި ވާތީ، މުހިންމު އެކި ހިދުމަތްތައް އޮންލައިންކޮށް އަންނަނީ ދެމުންނެވެ. ރާއްޖޭން މިހާތަނަށް މި ވައިރަސް ހުރި 17 މީހަކު ފެނިފައި ވާއިރު އޭގެ ތެރޭގައި ދެ ދިވެއްސަކު ވެސް ހިމެނެ އެވެ. ވައިރަހަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 13 މީހަކު ވަނީ ރަނގަޅުވެފަ އެވެ. ރަނގަޅު ނުވެ ތިބި ހަތަރު މީހުންގެ ތެރެއިން ދެ މީހަކީ ދިވެހިންނެވެ. އަނެއް ދެ މީހުންނަކީ އިޓަލީ ދެ މީހުންނެވެ. އެ މީހުން ޕޮޒިޓިވްކަން އެނގުނީ ރާއްޖޭން ފުރުވާލި ފަހުންނެވެ.
ބަންދުުގައިި ތިބި މީހުންގެ ޝަރީއަތްތައް ވީޑިއޯކޮށް ފަށަނީ
ބަންދު ކޮޓަރިއަކުން ދުނިޔެއަށް: މި ހިސާބުން ނިމުނީތަ؟
ޝަމީމަށް ހަމަލާދިން މައްސަލައިގެ ޝަރީއަތް ފަށައިފި
ކޭއެފްސީއަށް ގެއްލުންދިން މީހާގެ ބަންދަށް 30 ދުވަސް
ލޮކްކޯޑް ނުދޭތީ ހިފެހެއްޓި ފޯނު އަނބުރާދޭން އަމުރެއް
މާލޭގައި މީހަކު ރަހީނުކޮށް އިނގިއްޔެއް ބުރިކޮށްލައިފި
"ހައްދު ޖަހަނީ ކޯޓުން ނޫން ކަމަށް ބުނެވުނީ އޮޅިގެން"
ދޮޅުލައްކަ ރުފިޔާގެ މުދާ އޮޅުވާލައިގެން ހޯދުމުން ޖަލަށް
މާރާމާރީއެއްގެ ވީޑިއޯ ގެއްލި، އެންމެން ސަލާމަތްވެއްޖެ
ވަގަށް ނެގި އަގުބޮޑު ގަޑިއެއް ވިއްކި މީހަކު ޖަލަށް