Roadha Mihaaru
ބަންދުުގައިި ތިބި މީހުންގެ ޝަރީއަތްތައް ވީޑިއޯކޮށް ފަށަނީ

ބަންދުގައި ތިބި މީހުންގެ ޝަރީއަތްތައް ވީޑިއޯ ކޮޮންފަރެންސްކޮށް ކުރިއަށް ގެންދަން ނިންމައިފި

08 މެއި 2020

ޝަރީއަތްތައް މެދުކަނޑާލާފައި ވިޔަސް، ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ޝަރީއަތްތައް ވީޑިއޯ ކޮންފަރެންސްކޮށް ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޝަރީއަތްތައް މެދުކަނޑާލާފައި ވިޔަސް، ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ޝަރީއަތްތައް ވީޑިއޯ ކޮންފަރެންސްކޮށް ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މާލެ ސަރަހައްދު ލޮކްޑައުން ކުރުމުން ޝަރީއަތްތައް މެދުކަނޑާލިޔަސް، ބަންދާ މެދު ގޮތެއް ނިންމުމާއި ކޮންމެހެން ނެރެންޖެހޭ އަމުރުތައް ނެރުމުގެ މަސައްކަތްތައް ކޯޓުތަކުން ކުރިއަށް ގެންދެ އެވެ.

ކްރިމިނަލް ކޯޓުން ނެރުނު ބަޔާނެއްގައިވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ މައްސަލަތަކުގެ ތެރެއިން ވީޑިއޯ ކޮންފަރެންސްކޮށް ކުރިއަށް ގެންދެވެން ހުރި ޝަރީއަތްތައް އަންނަ އާދިއްތަ ދުވަހުން ފެށިގެން ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތް ކުރުމާ ބެހޭގޮތުން ސުޕްރީމް ކޯޓުން ހަދާފައިވާ ގަވާއިދުގެ ދަށުން އެގޮތަށް ޝަރީއަތްތައް ކުރިއަށް ގެންދާނީ ދައުވާލިބޭ މީހާ އެގޮތަށް އެއްބަސްވާ ނަމަ ކަމަށް އެ ބަޔާނުގައިވެ އެވެ.

ސަބަބެއްގެ ގޮތުގައި އެ ބަޔާނުގައިވަނީ އެ މީހެއްގެ ހާޒިރުގައި ޝަރީއަތް ކުރެވުމަކީ ގާނޫނު އަސާސީން ލިބިދޭ އަސާސީ ހައްގެއް ކަމަށް ވެފައި އެ ހައްގު ގާނޫނަކުން ހަނިކޮށްފައި ނެތީސް، ދައުވާލިބޭ މީހާ ފަނޑިޔާރުގެ ކުރިމައްޗަށް ހާޒިރުނުވާ ހާލަތްތަކުގައި އޭނާގެ ނުރުހުމުގައި ޝަރީއަތް ކުރިއަށް ނުގެންދެވޭނެތީ އެވެ. އެކަމަކު ވީޑިއޯ ކޮންފަރެންސްކޮށް ކުރިއަށް ގެންދަން އޭނާ އެއްބަސްވާ ނަމަ، އެ ހައްގު އޭނާ ދޫކޮށްލީ ކަމަށް ބަލައިގެން އަޑުއެހުން ކުރިއަށް ގެންދެވޭނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވާ ގޮތުން ލޮކްޑައުންއާ އެކު ޝަރީއަތްތައް މެދުކަނޑާލިޔަސް، އިދާރީ މަސައްކަތްތައް މުވައްޒަފުން ގޭގައި ތިބެގެން ވެސް ދަނީ ކުރިއަށް ގެންދަމުންނެވެ.