Roadha Mihaaru
މެލޭޝިއާގައި ޕޮޒިޓިވްވި ދިވެހި މީހާ ރަނގަޅުވެއްޖެ

މެލޭޝިއާގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާ ރަނގަޅުވެއްޖެ

10 އެޕްރީލް 2020

މެލޭޝިއާގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި ދިވެހި މީހާގެ ހާލު ރަނގަޅުވެ، ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް ސަރުކާރުން މިރޭ ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މެލޭޝިއާގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި ދިވެހި މީހާގެ ހާލު ރަނގަޅުވެ، ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް ސަރުކާރުން މިރޭ ބުނެފި އެވެ.

ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ މެލޭޝިއާގައި ކޮވިޑް-19 އަށް ދިވެއްސަކު ޕޮޒިޓިވްވި ކަން އެ ގައުމުގެ ސަރުކާރުން ހާމަކުރީ މި ހަފުތާގަ އެވެ. އެހެންވެ، އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ދިވެހި ސަރުކާރުން އޮތީ ބުނެފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން އުފައްދާފައިވާ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަައި ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ މެލޭޝިއާގައި އެ ބައްޔަށް ޕޮޒިޓިވްވި ދިވެހި މީހާގެ މައުލޫމާތު ސާފު ކުރިއިރު ފަރުވާއަށް ފަހު އޭނާގެ ހާލު ރަނގަޅުވުމުން ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށެވެ.

އެކަމަކު އޭނާއާ ބައްދަލުވި ފަރާތްތަކަކީ ކޮބައިތޯ ބަލައި އަދި ރާއްޖެ އަށް މެލޭޝިއާއިން އައި މީހުންގެ ތެރޭގައި އޭނާއާ ބައްދަލުވި މީހަކު ހުރިތޯ ބެލުމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދާ ކަމަށް ވެސް ނަޒްލާ ވިދާޅުވި އެވެ.

މެލޭޝިއާގައި ހުރި ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމަށް ފަހު ފަރުވާއަށް ފަހު ރަނގަޅުވިއިރު، އިނގިރޭސިވިލާތުގައި ތިބި ތިން ދިވެއްސަކު ވެސް ވަނީ އެ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. އަދި އިނގިރޭސިވިލާތުން ރާއްޖެ އައި ހަތަރު މީހަކު ވެސް އެ ބައްޔަށް ޕޮޒިޓިވްވުމުން އެ މީހުން ކަރަންޓީންކޮށް، ދަނީ ފަރުވާ ދެމުންނެވެ.