Roadha Mihaaru
ރާއްްޖޭން މެލޭޭޝިއާއަށް ދިޔަ ދަރިވަރަކު ކޮވިޑަށް ޕޮޒިޓިވް

ރާއްޖޭން މެލޭޝިއާ އަށް ދިޔަ ދަރިވަރަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

23 އޯގަސްޓް 2020

މިދިޔަ ހުކުރު ދުވަހު ރާއްޖެ އިން މެލޭޝިއާ އަށް ދިޔަ ދިވެހި 50 ދަރިވަރުންގެ ތެރެއިން ކުއްޖަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މިދިޔަ ހުކުރު ދުވަހު ރާއްޖެ އިން މެލޭޝިއާ އަށް ދިޔަ ދިވެހި 50 ދަރިވަރުންގެ ތެރެއިން ކުއްޖަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

މެލޭޝިއާގެ ވެރިރަށް ކުއާލަަލަމްޕޫރުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން މިއަދު ބުނީ، އެ ދަރިވަރު ކޮވިޑަށް ޕޮޒިޓިވްވިކަން އެ ގައުމުގެ ހެލްތު މިނިސްޓްރީން ކަށަވަރު ކޮށްދީފައިވާ ކަަމަށެވެ. ރާއްޖޭގެ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ފޯކަލް ޕޮއިންޓަށް ވެސް މިހާރު އެ މައުލޫމާތު ދީފައިވާނެ ކަމަށް ހައި ކޮމިޝަނުން ބުންޏެވެ.

ކޮވިޑް ޖެހޭ މީހުންގެ މައުލޫމާތު ހާމަކުރުމަކީ މަނާ ކަމަކަށް ވާތީ، ދަރިވަރުގެ ޒާތީ މައުލޫމާތު އެޗްޕީއޭ އަށް ވެސް ދީފައި ނުވާނެ ކަމަށް ހައި ކޮމިޝަނުން ބުނެ އެވެ.

މެލޭޝިއާގައި ކޮވިޑްގެ 10 ކޭސް މިއަދު ރިޕޯޓް ކުރިއިރު، އޭގެ ތެރެއިން އަށް ކޭހަކީ އެހެން ގައުމުތަކުން އެ ގައުމަށް ދަތުރުކުރި މީހުންނެވެ.

ދިވެހި 50 ދަރިވަރަކު ހުކުރު ދުވަހު މެލޭޝިއާ އަށް ދަތުރުކުރީ އޭސް ޓްރެވެލްސް އިން ޗާޓަރު ކުރި މޯލްޑިވިއަންގެ ފްލައިޓަކުންނެވެ. ޓިކެޓަށް ހަރަދުކުރީ ދަރިވަރުން އަމިއްލަ އަށެވެ.

އޭސް ޓްރެވެލްސް އިން ކުރިން ބުނެފައިވާ ގޮތުގައި މޯލްޑިވިއަންގެ މަތިންދާބޯޓުގައި އިށީނދެ ތިބުމުގެ އިންތިޒާމު ހަމަޖއްސާފައި ވާނީ ސޯޝަލް ޑިސްޓެންސިން އަށް ވެސް ސަމާލުކަން ދީގެންނެވެ.

އާބާދީގައި 33 މިލިއަނަށް ވުރެ ގިނަ މީހުން ތިބި މެލޭޝިއާގައި މިހާތަނަށް ރިޕޯޓްކޮށްފައި ވަނީ ކޮވިޑްގެ 9،267 ކޭހެވެ. އޭގެ ތެރެއިން 8،959 މީހަކު މިހާރު ވަނީ އެ ބަލިން ރަނގަޅުވެފަ އެވެ. ކޮވިޑް ޖެހިގެން އެ ގައުމުން މިހާތަނަށް 125 މީހަކު ވަނީ މަރުވެފަ އެވެ.

ރާއްޖޭން 6،60 މީހަކަށް ކޮވިޑް ޖެހުނު އިރު އޭގެ ތެރެއިން ރަނގަޅުވީ 4،141 މީހެކެވެ. އަދި 26 މީހަކު ވަނީ މަރުވެފަ އެވެ.