Roadha Mihaaru
ފަތިސް 05:06
އިރުއަރާ 06:20
މެންދުރު 12:24
އަސްރު 15:43
މަގްރިބް 18:21
ޢިޝާ 19:35
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
ޓެގުން ނިންމީ ކުރެއްދުއަށް ދިޔަ ވަކީލުން ޓެސްޓުނުކުރަން

ކުރެއްދުއަށް ދިޔަ ވަކީލުން ޓެސްޓު ނުކުރަން ޓެގް ޓީމުން ނިންމައިފި

14 އެޕްރީލް 2020

ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ފުރަތަމަ ޓޫރިސްޓު ފެނުނު، އޮރެންޖް އެލާޓްގައި އޮތް ކުރެއްދޫ ރިސޯޓަށް އެ ތަނުގެ ވަކީލުން ވަޑައިގެން މީހުންނާ ބައްދަލުކޮށްފައި ވިޔަސް އެ ބޭފުޅުން ކޮވިޑް-19 އަށް ޓެސްޓުކުރަން ނުޖެހޭ ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ނިންމާފައިވާ ކަމަށް ސަރުކާރުން ރޭ ބުނެފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ފުރަތަމަ ޓޫރިސްޓު ފެނުނު، އޮރެންޖް އެލާޓްގައި އޮތް ކުރެއްދޫ ރިސޯޓަށް އެ ތަނުގެ ވަކީލުން ވަޑައިގެން މީހުންނާ ބައްދަލުކޮށްފައި ވިޔަސް އެ ބޭފުޅުން ކޮވިޑް-19 އަށް ޓެސްޓުކުރަން ނުޖެހޭ ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ނިންމާފައިވާ ކަމަށް ސަރުކާރުން ރޭ ބުނެފި އެވެ.

ފުރަތަމަ ޕޮޒިޓިވްވި މީހާގެ ހަށިގަނޑުން ބަލީގެ އަލާމާތްތައް ފެނުނު އިރު ވެސް ކަމާބެހޭ ފަރާތްތަކަށް އެކަން ނާންގައި ފުރުވާލި ކަމަށް ތުހުމަތުކުރާ މައްސަލާގައި ރިސޯޓުގެ މައްޗަށް ހިންގާ ތަހުގީގުގައި ރިސޯޓްގެ ފަރާތުން މަސައްކަތްކުރައްވާ ތިން ވަކީލަކު އެ ރަށަށް ވަޑައިގަތީ މި މަހުގެ ތިން ވަނަ ދުވަހު އެވެ. ވަކީލުންނާއި ފުލުހުން ކުރެއްދު އަށް ދިޔައީ އެޗްޕީއޭގެ ހުއްދައާ އެކުގަ އެވެ. ވަކީލުން އެނބުރި މާލެ ވަޑައިގަތީ މި މަހުގެ އަށް ވަނަ ދުވަހު އެވެ.

"މިހާރު" އަށް މަބްރޫކް ވިދާޅުވީ އެޗްޕީއޭ އިން މަސައްކަތްކުރަމުން އަންނަނީ ފުލުހުންނާ ގުޅިގެން ކަމަށާއި ފުލުހުންގެ ޓީމުގެ ތަހުގީގަކަށް އިތުރު ބަޔަކު ގެންދަން ބޭނުންވެ އެކަމަށް އެދުމުން އެ ހުއްދަ ދީފައިވާނެ ކަމަށެވެ. އަދި މިކަމުގައި އަމަލުކުރަންވީ ގޮތް ފުލުހުންނަށް ސާފުކޮށްދީފައި ވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެގޮތުން، އެ މީހުން އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތަކާއި ބަލަން ޖެހޭ އެހެނިހެން ކަންކަމުގެ ތަފްސީލުތައް ވެސް ފުލުހުންނާ ހިއްސާކޮށްފައިވާނެ ކަމަށާއި އެ މީހުން ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް މަބްރޫކް ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވީ ތަހުގީގަށް ދާ ޓީމާއި މިކަމުގައި ބަލި މީހުން ގާތުގައި ހަރަކާތްތެރިވާ ސިއްހީ މާހިރުންނާ މެދު އަމަލުކުރާ ގޮތުގައި ތަފާތެއް ނުހުންނާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، ޑޮކްޓަރުން ވެސް ނުކުމެ އުޅޭހެން އެ ބޭފުޅުންނަށް ވެސް ނުކުމެ އުޅެވޭނެ އެވެ. އަދި އެ މީހުން އަމަލުކުރަން ޖެހޭ ސަލާމަތީ އުސޫލުތައް އޮންނާނީ އެހެން ކަމަށް ވިދާޅުވި އެވެ.

ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން ވިދާޅުވީ އެ ބޭފުޅުންގެ ތަހުގީގު ހަތް ވަނަ ދުވަހު ނިމިފައިވާ ކަމަށެވެ. ކުރެއްދޫން ޕޮޒިޓިވްވި ފަސް މީހުންނާ ވެސް ތަހުގީގުގެ ތެރޭގައި ކޮންޓެކްޓް ވެފައިވާ ކަމަށާއި އެ މީހުންގެ ބަޔާންތައް ވެސް ނަގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ވަކީލް މުހުތާޒް ވިދާޅުވީ ބަޔާން ނެގި އިރު އަމަލުކޮށްފައިވާނީ އެޗްޕީއޭ އިން އަންގާފައިވާ އުސޫލާ އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ކަމަށެވެ. ނަމަވެސް ކެއިންބުއިން ހަމަޖައްސާފައި އޮތީ އެއްތަނަކުން ކަމަށެވެ. އެހެންވީމާ ވަކީލުންގެ ޓީމާއި، އާންމުންގެ ރައްކާތެރިކަމަށް ވިސްނައި ދެން އަަލުކުރަންވީ ގޮތުގެ ލަފަޔަކަށް އެޗްޕީއޭއަށް ރަސްމީކޮށް ސިޓޯ ފޮނުވި ކަމަށާއި އެއަށް އަދިވެސް ޖަވާބެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވި ގޮތުގައި ވަކީލުން މާލެ ވަޑައިގަތުމުގެ ކުރިން، ރިސޯޓްގައި އެ ބޭފުޅުން އަމަލުކުރެއްވީ އެޗްޕީއޭގެ އުސޫލަށްތޯ ބަލާފައިވާނެ އެވެ. އެގޮތުން ފުލުހުންނާ ގުޅިގެން އެކަން ސާފުކޮށްފައިވާނެ ކަމަށާއި އުސޫލަށް އަމަލުކޮށްފައިވާކަން ޔަގީންކޮށްފައިވާނެ ކަމަށް ވިދާޅުވި އެވެ. މި ކަންކަން ޔަގީންކުރުމަށް ފަހު އެ ބޭފުޅުން ޓެސްޓުކުރަން ނުޖެހޭ ކަމާއި، އައިސޮލޭޓްކުރަން ވެސް ނުޖެހޭ ކަމަށް ޓެގް ޓީމުން ނިންމީ ކަމަށް މަބްރޫކް ވިދާޅުވި އެވެ.