ކޮރޯނާވައިރަސް ފެތުރެން ފެށުމާ އެކު އެކަމާ ބެހޭ ގޮތުން ކޮންމެ ދުވަހަކު، ޖީމެއިލް މެދުވެރިކޮށް ސައްހަ ނޫން މައުލޫމާތު ހިމެނޭ 18 މިލިއަން އީމެއިލް ދައުރުކުރާތީ އެފަދަ އީމެއިލުތައް ބްލޮކްކުރަމުން އަންނަ ކަމަށް ގޫގުލް އިން ބުނެފި އެވެ.
18 އެޕްރީލް 2020
ކޮރޯނާވައިރަސް ފެތުރެން ފެށުމާ އެކު އެކަމާ ބެހޭ ގޮތުން ކޮންމެ ދުވަހަކު، ޖީމެއިލް މެދުވެރިކޮށް ސައްހަ ނޫން މައުލޫމާތު ހިމެނޭ 18 މިލިއަން އީމެއިލް ދައުރުކުރާތީ އެފަދަ އީމެއިލުތައް ބްލޮކްކުރަމުން އަންނަ ކަމަށް ގޫގުލް އިން ބުނެފި އެވެ.
އެ ކުންފުނިން ބުނީ ސްކޭމަރުން އިސްކޮށް ތިބެގެން މިކަން ކުރަނީ މީސްމީހުންގެ ޒާތީ މައުލޫމާތު ހޯދުމުގެ ބޭނުމުގައި ކަމަށްވާތީ އެފަދަ ކޮވިޑް-19އާ ގުޅުވައިގެން ލިބޭ އީމެއިލްތަކަށް ފަރުވާތެރިވުމަށް ވެސް ގޫގުލް އިލްތިމާސްކޮށްފައިވެ އެވެ. އަދި އެފަދަ މެއިލްތައް ފޮނުވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އާއި އެމެރިކާގެ ސެންޓަ ފޮ ޑިޒީޒް ކޮންޓޯލް (ސީޑީސީ) ފަދަ ގިނަ ބަޔަކު އިތުބާރުކުރާ ތަންތަނުގެ ނަމުގަ އެވެ.
ގޫގުލް އިން ބުނީ ކޮވިޑް-19 ފެތެރުން ފެށި ފަހުން މިހާތަނަށް އެ ބައްޔާ ބެހޭ ގޮތުން ދައުރުކުރި 100 މިލިއަނަށް ވުރެ ގިނަ އީމެއިލް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ބްލޮކްކުރަން ޖެހެ އެވެ.
"އަހަރެމެންނަށް ފާހަގަކުރުނު ކަމަކީ ކޮވިޑަކީ މިހާރު އެންމެ ހޫނު މައުލޫ އަށް ވުމާ އެކު މި ދަނޑިވަޅުގެ ނާޖާއީޒު ފައިދާ ނަގައިގެން އެތައް ބައެއްގެ ޒާތީ މައުލޫމާތު ހޯދަން ސްކޭމަރުން ހުއްޓުމެއް ނެތި މަސައްކަތްކުރަމުންދާކަން." ގޫގުލް އިން ބުންޏެވެ.
ގޫގުލް ޖީމެއިލަކީ 1.5 ބިލިއަން މީހުން ބޭނުންކުރާ ވަސީލަތެކެވެ.
ކޮވިޑް-19އާ ގުޅިވައިގެން ދޮގު މައުލޫމާތު ފަތުރާތީ މީގެ ކުރިން ވެސް ބައެއް އެހެން ޕްލެޓްފޯމްތަކުން ވެސް ވަނީ ރައްކާތެރިކަމުގެ ހާއްސަ ފިޔަވަޅުތަކެއް އަޅައިފަ އެވެ.
ޖީމެއިލަށް އާ ލޯގޯއެއް
ޖީމެއިލަށް ލިބޭ އެޓޭޗްމަންޓް ސައިޒު ބޮޑުކޮށްފި
ޓުޓޮކް އެޕް ގޫގުލް އާއި އެޕަލް ސްޓޯރުން ބޭރުކޮށްލައިފި
ޖީމެއިލްގެ އާ ލޭއައުޓު ހުތުރު، އެކަމަކު ބަދަލުކުރެވޭނެ
ކޮންމެ ފަސް މީހަކަށް ޖީމެއިލް އެކައުންޓެއް
ޖީމެއިލް "ކޮންފިޑެންޝަލް މޯޑް": ބޭނުމަކީ ކޮބާ؟
ޖީމެއިލް އަށް ބޮޑު ބަދަލެއް ގެންނަނީ
ގޫގުލް އިން އިސްތިހާރުކުރަން ޖީމެއިލް ދެނެއް ނުހުޅުވާނެ
ފޭސްބުކް މާކެޓްޕްލޭސް ސްކޭމްތަކަށް ސަމާލުވާން އެދިއްޖެ
ސައިބާ ސެކިއުރިޓީއާ ގުޅޭ އެކްސްޕޯއެއް ބާއްވަނީ