ޖީމެއިލުން މީގެ ކުރިން 25އެމްބީ އަށް ވުރެ ބޮޑު އީމެއިލް އެޓޭޗްމަންޓެއް އެހެން އެކައުންޓަކަށް ނުފޮނުވެ އެވެ. މިއަށް ވުރެ ސައިޒް ބޮޑު ނަމަ އެ އެޓޭޗްމަންޓެއް ޖީމެއިލަކަށް ވެސް ނުލިބެ އެވެ. މާނަ އަކީ ޖީމެއިލް ބޭނުންކުރާ މީހާއަށް ވެސް އެ އެޓޭޗްމަންޓެއް ނުލިބުމެވެ.
05 މާޗް 2017
ޖީމެއިލުން މީގެ ކުރިން 25އެމްބީ އަށް ވުރެ ބޮޑު އީމެއިލް އެޓޭޗްމަންޓެއް އެހެން އެކައުންޓަކަށް ނުފޮނުވެ އެވެ. މިއަށް ވުރެ ސައިޒް ބޮޑު ނަމަ އެ އެޓޭޗްމަންޓެއް ޖީމެއިލަކަށް ވެސް ނުލިބެ އެވެ. މާނަ އަކީ ޖީމެއިލް ބޭނުންކުރާ މީހާއަށް ވެސް އެ އެޓޭޗްމަންޓެއް ނުލިބުމެވެ.
ގޫގުލުން ޖީމެއިލް އެޓޭޗްމަންޓް ސައިޒަށް ބަދަލުގެނެސްފި އެވެ. ޖީމެއިލް ނޫން އެހެން އީމެއިލް އެކައުންޓަކުން ޖީމެއިލް އަށް ފޮނުވާ އެޓޭޗްމަންޓެއް 50އެމްބީ އަށް ވުރެ ބޮޑު ނޫން ނަމަ، އެ އެޓޭޗްމަންޓެއް ޖީމެއިލަށް މިހާރު ލިބެ އެވެ.
ޖީމެއިލުން އެހެން އީމެއިލް އެކައުންޓަކަށް އަދި ވެސް 25އެމްބީ އަށް ބޮޑު އެޓޭޗްމަންޓެއް ނުފޮނުވެ އެވެ. ޖީމެއިލް އީމެއިލް އެޓޭޗްމަންޓް ސައިޒަށް ގޫގުލުން ގެނައި ބަދަލަކީ މިއީ އެވެ.
ޖީމެއިލުން ފޮނުވޭ އެޓޭޗްމަންޓްގެ ސައިޒު ކުޑަވުމަކީ ގޫގުލް އަށް މަލާމަތްކުރާ ވަރުގެ ކަމެއް ނޫނެވެ. ޖީމެއިލް އީމެއިލް މެދުވެރިކޮށް ބޮޑެތި ފައިލްތައް ނުފޮނުވުނަސް، ގޫގުލް ނެޓްވޯކުން އެކަން ކުރެވެ އެވެ. ޖީމެއިލް އެކައުންޓެއް އޮންނަ ކޮންމެ މީހަކަށް ވެސް ގޫގުލް ޑްރައިވް ބޭނުންކުރެވެ އެވެ.
ގޫގުލް ޑްރައިވުން ބޮޑު ޖާގައެއް ކޮންމެ މީހަކަށް ވެސް ހިލޭ ލިބެ އެވެ. އަދި ފައިސާ ދައްކައިގެން "1 ޓީބީ" ފައިލްތައް ވެސް ފޮނުވެ އެވެ. އެހެން ނޫނަސް ތިޔަ ބުނާހާ ބޮޑެތި ފައިލްތައް އީމެއިލް މެދުވެރިކޮށް ވިދުވަރެހެން ހިލޭ ފޮނުވައިދޭ ބަޔަކު އުޅޭ ނަމަ، ޖީމެއިލް ދޮށަށް އެއްވާނެ ބަޔަކު ނުވާނެ އެވެ.
ޖީމެއިލަށް އާ ލޯގޯއެއް
ކޮންމެ ދުވަހަކު ކޮވިޑާ ގުޅޭ 18 މިލިއަން ދޮގު މެއިލް
ޖީމެއިލްގެ އާ ލޭއައުޓު ހުތުރު، އެކަމަކު ބަދަލުކުރެވޭނެ
ކޮންމެ ފަސް މީހަކަށް ޖީމެއިލް އެކައުންޓެއް
ޖީމެއިލް "ކޮންފިޑެންޝަލް މޯޑް": ބޭނުމަކީ ކޮބާ؟
ޖީމެއިލް އަށް ބޮޑު ބަދަލެއް ގެންނަނީ
ގޫގުލް އިން އިސްތިހާރުކުރަން ޖީމެއިލް ދެނެއް ނުހުޅުވާނެ
ގޫގުލް އޮފީހާ އެކު މަސައްކަތްކުރަން މަޝްވަރާކޮށްފި
ގޫގުލްއިން މެލޭޝިއާގައި 2 ބިލިއަން އިންވެސްޓުކުރަނީ
ގޫގުލް އިން އަނެއްކާވެސް މުވައްޒަފުން މަދުކުރަނީ