20 އެޕްރީލް 2020
ކޮރޯނާވައިރަހާ ހެދި ކުރިމަތިވި ހާލަތާ ގުޅިގެން، އެމެރިކާގެ މަޝްހޫރު ވޯލްޓް ޑިޒްނީ ކުންފުނީގެ 100،000 އެއް މުވައްޒަފުންނަށް މުސާރަ ނުދޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ކޮރޯނާވައިރަހާ ހެދި ކުރިމަތިވި ހާލަތާ ގުޅިގެން، އެމެރިކާގެ މަޝްހޫރު ވޯލްޓް ޑިޒްނީ ކުންފުނީގެ 100،000 އެއް މުވައްޒަފުންނަށް މުސާރަ ނުދޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފައިނޭންޝަލް ޓައިމްސް އިން ބުނިގޮތުގައި ފިލްމު ހެދުމުގެ އިތުރަށް ދުނިޔޭގެ އެކި ހިސާބުތަކުގައި ތީމް ޕާކާއި ހޮޓާ ފަދަ ތަންތަން ވެސް ހިންގަމުން އަންނަ ޑިޒްނީން ވަނީ މުސާރަ ނުލިބޭ ގޮތަށް މުވައްޒަފުންނަށް ޗުއްޓީ ދީފަ އެވެ. އޭގެ ތެރޭގައި އެމެރިކާ އާއި ޔޫރަޕާއި އޭޝިއާގެ ގައުމުތަކުތަކުގައި ހިންގާ ތަންތަނުގައި މަސައްކަޔްކުރާ މުވައްޒަފުން ހިމެނެ އެވެ.
ކޮރޯނާވައިރަސް ފެތުރެން ފެށުމާ އެކު ޑިޒްނީގެ ވަރަށް ގިނަ ތަންތަން ވަނީ ވަގުތީ ގޮތުން ބަންދުކޮށްފަ އެވެ. ނަމަވެސް ޗައިނާގައި މިދިޔަ މަހުގެ ތެރޭގައި ވަނީ ޑިޒްނީގެ ބައެއް ފެސިލިޓީތައް އަލުން ހުޅުވައިފި އެވެ.
ނޫސްތަކުން ބުނިގޮތުގައި ޑިޒްނީގައި ވަޒީފާ އަދާކުރަމުން އަންނަ މީހުންގެ ދެބައިކުޅަ އެއްބައި މީހުންނަށް މުސާރަ ނުލިބޭ ގޮތަށް ޗުއްޓީ ދިނުމުން އެ ކުންފުންޏަށް 500 މިލިއަން ޑޮލަރު ރައްކާކުރެވޭނެ އެވެ.
މުސާރަ ނުލިބޭ ގޮތަށް ޗުއްޓީ ދިނުމަށް ފަހު ޑިޒްނީން ވަނީ އެ ކުންފުނީގެ އެމެރިކާގެ މުވައްޒަފުން ސަރުކާރުން ރައްޔިތުންނަށް ދޭން އިއުލާންކުރި ސްޓިމިއުލަސް ޕެކެޖަށް ކުރިމަތިލާން އަންގައިފަ އެވެ. އަދި މުސާރަ ނުދިނަސް މުވައްޒަފުންނަށް ހެލްތު އިންޝޫރަންސްގެ ދަށުން ލިބެން ޖެހޭ ހުރިހާ ހިދުމަތެއް ލިބޭނެ ކަމަށް ބުންޏެވެ.
ފައިނޭންޝަލް ޓައިމްސް އިން ބުނިގޮތުގައި މުސާރަ ނުލިބޭ ގޮތަށް މުވައްޒަފުންނަށް ޗުއްޓީ ދިން އިރު، މިދިޔަ އަހަރުގެ ފަހު ތިން މަހުގައި އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 1.4 ބިލިއަން ޑޮލަރު ލިބިފައިވެ އެވެ.
ޗައިނާގައި ހުންނަ ޑިޒްނީގެ ފެސިލިޓީއެއް.
ޑިޒްނީގައި 223،000 އަށް ވުރެ ގިނަ މުވައްޒަފުން ވަޒީފާއަދާކުރާ އިރު އެ ކުންފުނީގެ މިލްކިއްޔާތު 93 ބިލިއަން ޑޮލަރަށް އަރަ އެވެ.
ކޮރޯނާ ވައިރަހާ ދިމާކޮށް ހަރަދުތައް ކުޑަކުރުމުގެ ގޮތުން ޑިޒްނީގެ ޗެއާމަން ބޮބް އައިގާ ވަނީ މި ހާލަތުގައި އޭނާގެ މުސާރަ ނުނަގާ ގޮތަށް ނިންމައިފަ އެވެ. މީގެ އިތުރުން ޗީފް އެކްޒެކެޓިވް ބޮބް ޝެޕެކް ވަނީ އޭނާގެ މުސާރައިގެ ދެބައިކުޅަ އެއްބައި ނުނަގާ ގޮތަށް ނިންމައިފަ އެވެ.
ޑިޒްނީގެ އެންމެ އިސް މަގާމަށް އަލަށް އަންހެނެއް
"އެޓާނަލްސް" އިން ހެރީ ސްޓައިލްސް ވެސް ފެންނާނެ
ޑިޒްނީގެ ބާނީ އަށް އެ ސްޓޫޑިއޯ އިން ފިލްމެއް ހަދަނީ
"ސްޓާ ވޯސް" ހޮޓަލުގެ އަގު ބޮޑުކަމުން ފާޑުކިޔަނީ
ޑިޒްނީން އީދު ތީމަށް ފިލްމެއް ގެނެސްދެނީ
ޗައިނާގެ ޓޫރިޒަމް ލޯގޯއެއް ޑިޒްނީގެ ލޯގޯއާ ވައްތަރު
"ޑެއާޑެވިލް" ގެނެސްދެނީ އަންނަ އަހަރު މާޗުގައި
މުފާސާއަށް އަޑު އެޅި ޖޭމްސް އާލް ޖޯންސް މަރުވެއްޖެ
ބިލިއަން ޑޮލަރު ހޯދި ދެވަނަ ފިލްމަކަށް "ޑެޑްޕޫލް"
މެންޑަލޯރިއަން އާއި ގްރޮގޫގެ ފިލްމެއް އުފައްދަނީ