މިދިޔަ އަހަރުގެ ރާއްޖޭގެ ވިމެންސް ފުޓްބޯލް ޗެމްޕިއަންޝިޕުގައި ސަން ހޮޓެލްސް އެންޑް ރިޒޯޓްސްގެ ޓީމަށް ކުޅުނު ޕާކިސްތާން ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ފޯވާޑް ޝަހްލީލާ ބަލޯޗް، ކާރު އެކްސިޑެންޓެއްގައި ރޭ ޕާކިސްތާނުގެ ކަރާޗީގައި މަރުވެއްޖެ އެވެ.
13 އޮކްޓޯބަރ 2016
މިދިޔަ އަހަރުގެ ރާއްޖޭގެ ވިމެންސް ފުޓްބޯލް ޗެމްޕިއަންޝިޕުގައި ސަން ހޮޓެލްސް އެންޑް ރިޒޯޓްސްގެ ޓީމަށް ކުޅުނު ޕާކިސްތާން ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ފޯވާޑް ޝަހްލީލާ ބަލޯޗް، ކާރު އެކްސިޑެންޓެއްގައި ރޭ ޕާކިސްތާނުގެ ކަރާޗީގައި މަރުވެއްޖެ އެވެ.
އުމުރުގެ 20 އަހަރުގެ މި ކުޅުންތެރިއާ މަރުވި އެކްސިޑެންޓް ހިނގީ އޭނާގެ ދެބެންގެދެދަރި ބޭބެއާ އެކު ކާރުގައި ދަތުރުކުރަނިކޮށް، ކާރު އަނބުރާލި ވަގުތު ކޮންޓްރޯލުން ނެއްޓި ހޮޅި ދަނޑިއެއްގައި ޖެހިގެންނެވެ.
ޕާކިސްތާނުގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ވަނީ މިދިޔަ އަހަރުގެ ވިމެންސް ޗެމްޕިއަންޝިޕުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. ޕާކިސްތާން ގައުމީ ޓީމުގެ ކެޕްޓަން ހަޖްރާ ހާންގެ ލަފާގެ މަތިން ސަން ޓީމަށް ގެނައި ޝަހްލީލާ އެ މުބާރާތުގައި ހެދި ހެޓްރިކާ އެކު އޭނާ ވެފައިވަނީ ފުޓްބޯޅަ މެޗެއްގައި ތިން ލަނޑު ޖެހި ޕާކިސްތާނުގެ ފުރަތަމަ އަންހެން ކުޅުންތެރިޔާ އަށެވެ.
ޝަހްލީލާ ޕާކިސްތާނުގެ ގައުމީ ޖާޒީގައި.
ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު އަދި ފުޓްބޯޅަ ފެޑެރޭޝަނުގެ އަންހެން ގޮފީގެ ޗެއާޕާސަން ރުބީނާ އިރްފާނުގެ ދަރިއެއް ކަމަށްވާ ޝަހްލީލާ ވިދާލީ 2014 ވަނަ އަހަރު ޕާކިސްތާނުގައި ބޭއްވި ވިމެންސް ސާފް ޗެމްޕިއަންޝިޕުގަ އެވެ. އޭނާގެ މޮޅު ކުޅުމާ އެކު ޕާކިސްތާނުގައި އަންހެން ފުޓްބޯޅައިގެ ފޯރި އާލާވި އެވެ.
އުމުރުން ހަތް އަހަރުގައި ފުޓްބޯޅަ ކުޅެން ފެށި ޝަހްލީލާ އަކީ ޕާކިސްތާނުގެ ބަލޮޗިސްތާން ޔުނައިޓެޑުގެ ވެސް މުހިއްމު ކުޅުންތެރިއެކެވެ. އޭނާ ހިމެނެނީ ދެކުނު އޭޝިއާގެ އެންމެ އުއްމީދީ ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގަ އެވެ.
ޕާކިސްތާން އަންހެން ގައުމީ ޓީމުގެ ކޯޗު ތޯރިގް ލުތުފީ ވިދާޅުވީ ޝާލިޔާ އަކީ ޕާކިސްތާނުގެ ތާރީހު ދުށް އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށާއި އޭނާ މަރުވުމަކީ ޕާކިސްތާން ފުޓްބޯޅައަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށެވެ.
ޕާކިސްތާނަށް ފީފާގެ ސަސްޕެޝަނުގައި ހެޓްރިކެއް
ޕާކިސްތާނުގެ ފްރެންޗައިޒް ލީގު އަންނަ މަހު ލޯންޗުކުރަނީ
ޕާކިސްތާނުގައި މެޗު ނުކުޅެން ރާއްޖެއިން ނިންމައިފި
ޕާކިސްތާނުން ރާއްޖެ ބަލިކޮށްފި، ބަންގްލަދޭޝަށް އެއްވަނަ
ވެޓަރަންސް މެޗުގައި ލެޖެންޑް ޝާހްއަށް ބޮޑު އަނިޔާއެއް
ތަށީގެ އުއްމީދު ގެއްލުނީއޭ ބުނަން އާޓެޓާ ބޭނުމެއް ނޫން
ވިކްޓަރީގެ ބިންގާ ރަނގަޅު، ދެން އޮތީ ހިފެހެއްޓުން
ފީފާ އިން ޕާކިސްތާން ފުޓްބޯޅައިގެ ސަސްޕެންޝަން އުވާލައިފި
ފަހު 10 އަކާ ދިމާވާތީ ރާއްޖޭގެ މެޗު ފިލިޕީންސަށް
ލިވަޕޫލުގެ ފޭނުން ކިޔާ ލަވަ ސްލޮޓަށް ގަބޫލެއް ނުކުރެވޭ