26 އެޕްރީލް 2020
މޫސާގެފާނާއި ޚިޟްރުގެފާނުގެ ވާހަކައިގައި ހިމެނޭ ކޮންމެ ހާދިސާ އަކީ ވެސް އެއިން އެތައް ފިލާވަޅުތަކަކާއި އިބުރަތްތަކެއް ލިއްބައިދޭ ހާދިސާ އެކެވެ. މިގޮތުން މި ލިޔުމުގައި މި ބަލައިލަނީ އެ ދެބޭފުޅުން އެކުގައި ކުރެއްވި އުނގެނުމުގެ ދަތުރުފުޅުގައި ހިނގި އެންމެ މުހިންމު ތިން ހާދިސާގެ ތެރެއިން ފުރަތަމަ ހާދިސާ ކަމުގައިވާ، މިސްކީނު ބައެއްގެ ނަވެއް ފޫދުއްވާލެވުނު ހާދިސާ އަށެވެ.
މޫސާގެފާނާއި ޚިޟްރުގެފާނުގެ ވާހަކައިގައި ހިމެނޭ ކޮންމެ ހާދިސާ އަކީ ވެސް އެއިން އެތައް ފިލާވަޅުތަކަކާއި އިބުރަތްތަކެއް ލިއްބައިދޭ ހާދިސާ އެކެވެ. މިގޮތުން މި ލިޔުމުގައި މި ބަލައިލަނީ އެ ދެބޭފުޅުން އެކުގައި ކުރެއްވި އުނގެނުމުގެ ދަތުރުފުޅުގައި ހިނގި އެންމެ މުހިންމު ތިން ހާދިސާގެ ތެރެއިން ފުރަތަމަ ހާދިސާ ކަމުގައިވާ، މިސްކީނު ބައެއްގެ ނަވެއް ފޫދުއްވާލެވުނު ހާދިސާ އަށެވެ.
އުނގެނުމުގެ ދަތުރުފުޅުގެ ހާދިސާތައް ފެށުނީ، ﷲ ގެ އަމުރުފުޅަށް ކިޔަމަންގަތުމުގެ ގޮތުން، މޫސާގެފާނު ޚިޟްރުގެފާނާ ބައްދަލު ކުރައްވައި ޚިޟްރުގެފާނަށް ﷲ ދެއްވާފައިވާ ޢިލްމުން އުނގަންނަވައި ދެއްވުމަށްޓަކައި އެކުގައި ވަޑައިގަތުމުގެ އިޒުނައަކަށް އެދިވަޑައިގަތް ހިސާބުންނެވެ. ދަތުރުފުޅު ފެއްޓެވުމުގެ ކުރިން ޚިޟްރުގެފާނު މޫސާގެފާނަށް ވަރަށް މުހިންމު ކަމެއް ހަނދުމަފުޅު ކޮށްދެއްވި އެވެ. އެއީ މިކަމުގައި މޫސާގެފާނަށް ކެތް ކުރައްވަން ކުޅަދާނަވެގެން ނުވާނެ ކަމުގެ ވާހަކަ އެވެ. (އަލްކަހްފު 67). ނަމަވެސް މޫސާގެފާނު ކަށަވަރު ކޮށްދެއްވީ ކެތްތެރިއަކު ކަމުގައި ދެކެވަޑައިގަންނަވާނެ ކަމާއި އެއްވެސް އަމުރަކަށް ނުކިޔަމަންތެރިވެ ވަޑައިނުގަންނަވާނެ ކަމެވެ. (އަލްކަހްފު 68). މިގޮތަށް މޫސާގެފާނު ވަޢުދުވެ ވަޑައިގެންނެވި ނަމަވެސް މިކަން މިހެން ނުވާނެކަން ޚިޟްރުގެފާނަށް އެނގިވަޑައިގަންނަވާތީ ޝަރުތެއް ވެސް ކުރެއްވެވި އެވެ. އެއީ ހިނގަމުންދާނެ ހާދިސާތަކުގައި އެކުލެވޭ ހަގީގަތްތައް ބަޔާންކޮށްދެއްވުމުގެ ކުރިން، އެކަންކަން ހިނގަމުންދާ ވަގުތުގައި އެއްވެސް ކަމަކާ ދޭތެރޭ ސުވާލު ނުކުރެއްވުމުގެ ޝަރުތެވެ.
ކީރިތި ޤުރްއާނުގައި މި ހާދިސާ ބަޔާން ކުރައްވާފައިވާ އާޔަތްތަކުގެ އިތުރުން ކީރިތި ނަބިއްޔާ، ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ހަދީސްފުޅުގެ އަލީގައި މި ހާދިސާ ޚުލާޞާ ކޮށްލާނަމެވެ.
އުނގެނުމުގެ ދަތުރުގައި މޫސާގެފާނާއި ޚިޟްރުގެފާނު ކަނޑުގެ އައްސޭރިއާ ވީ ދިމާލުން ހިންގަވަމުން ވަޑައިގެންނެވި އެވެ. މިގޮތަށް ވަޑައިގަންނަވަނިކޮށް ދަތުރުކުރަމުން ދިޔަ ނަވެއް ފެނިވަޑައިގަތެވެ. އެ ނަވަށް އަރުވައިދެއްވުމަށް އޭގެ ވެރިންގެ ކިބައިން ޚިޟްރުގެފާނު އެދިވަޑައިގަތެވެ. އެމީހުން ޚިޟްރުގެފާނު ދަނެ އެވެ. އެހެންވެ އެއްވެސް އަގަކާ ނުލައި ޚިޟްރުގެފާނަށް އެ މީހުން މި ފުރުސަތު ދިނެވެ.
މިއިން ލިބިގަންނަންވީ ފިލާވަޅަކީ ޖަދަލު ކުރުމުގެ ބަދަލުގައި ކަންކަމުގެ ހިކުމަތް ދެނެގަތުމަށާއި ކަންކަމުގައި އެކުލެވޭ ހުރިހާ ހަގީގަތްތަކެއް ދެނެގަތުމަށް މަސައްކަތް ކުރުމެވެ. އޭރުން ތިމާ އަށް ހައިރާންކަން ގެނުވި ސަބަބު އެނގި ކަންކުރަން ޖެހޭ އެންމެ ސައްހަ ގޮތަކީ ކޮބައިކަން ފަހުމްވާނެ އެވެ.
ނަވަށް އަރައިވަޑައިގެން ދަތުރުފުޅު ފެއްޓެވިތަނާ ކުޑަކުޑަ ދޫންޏެއް އައިސް ނަވުގެ މަތިކަން މަތީ ޖައްސާލި އެވެ. އެ ދޫނި އެހެން އިނދެފައި އޭގެ ތުންގަނޑު ކަނޑަށް ގަންބާލައި ފެންފޮދެއް ބޯލި އެވެ. އެހިނދު ޚިޟްރުގެފާނު ވިދާޅުވި އެވެ. "އޭ މޫސާގެފާނެވެ. ﷲ ގެ ޢިލްމުފުޅާ އަޅާބަލާއިރު ކަލޭގެފާނާއި ތިމަން ކަލޭގެފާނުގެ ޢިލްމުގެ މަދު މިންވަރުގެ މިސާލަކީ، މިއޮތް ބޮޑު ކަނޑުގެ ފެންގަނޑުން މި ކުޑަކުޑަ ދޫނީގެ ތުނބުން އެ ނެގުނު މަދު މިންވަރު ފަދަ އެވެ." ދެން މޫސާގެފާނަށް ފެނިވަޑައިގަތީ ޚިޟްރުގެފާނު ކޯރާޑިއެއް ނަންގަވައި ނަވުގެ ފިލައެއްގައި ޖެއްސެވި ތަނެވެ. ހައިރާންކަން ލިބިވަޑައިގަންނަވާނެހާ ވަގުތުކޮޅެއް ވެސް ނުވަނީސް ޚިޟްރުގެފާނު އެ ނަވުން މަޑުލެއް ނައްޓާލައްވައި ބާގަނޑެއް ހައްދަވައިފި އެވެ. ފަހެ، އެހިނދު މޫސާގެފާނު ވިދާޅުވި އެވެ. "ކަލޭގެފާނު ތިޔަ ކުރެއްވެވީ ކޮންފަދަ ކަމެއްތޯ އެވެ؟ ތިމަންމެން އަތުން އެއްވެސް އުޖޫރައެއް ނުނަންގަވައި އެމީހުންގެ ނަވުގައި އުފުއްލައިދިން މީހުންގެ ނައު ކަލޭގެފާނު ގަސްދުގައި ތިޔަ ފޫދުއްވައިލެއްވީ އޭގެ އަހުލުވެރިން ޣަރަޤު ކޮށްލެއްވުމަށްތޯ އެވެ؟ ޔަގީނުން ވެސް ކަލޭގެފާނު ތިޔަކުރެއްވީ ބޮޑުވެގެންވާ ނުބައި ކަމެކެވެ.". (ބުޚާރީ).
މިގޮތަށް މޫސާގެފާނު ވިދާޅުވުމުން ޚިޟްރުގެފާނު ވިދާޅުވި އެވެ. "ހަމަކަށަވަރުން، ތިމަންކަލޭގެފާނާއި އެކުގައި ކަލޭގެފާނަށް ކެތްކުރެއްވުމަކަށް ކުޅަދާނައެއް ނުވާނެއޭ ތިމަންކަލޭގެފާނު ނުދަންނަވަންތޯ އެވެ؟" (އަލްކަހްފު 72). މޫސާގެފާނު އުޒުރު ދައްކަވައި ވިދާޅުވީ އެއީ ހަނދުމަފުޅު ނެތުމެއް ކަމަށެވެ. ވީމާ، އެކަން އެހާބޮޑު ކަމަކަށް ނުހައްދެވުމަށާއި އެކަލޭގެފާނުގެ ކަންތަކަށް ދަތިކަމެއް، އުނދަގުލެއް ނުޖެއްސެވުމަށް އެދިވަޑައިގަތެވެ. (އަލްކަހްފު 73). އެހެންކަމުން ދަތުރު ކުރިއަށް ދިޔަ އެވެ. ދަތުރުގެ މިހާ ހިސާބުން މި ހާދިސާ ނިމުނު ނަމަވެސް މިއާ ގުޅުންހުރި ވަރަށް މުހިންމު ކަމެއް މި އުނގެނުމުގެ ދަތުރުފުޅު ނިމުނު އިރު ހިނގައިދިޔަ އެވެ. އެއީ، ޚިޟްރުގެފާނު އެގޮތަށް ކަންކުރެއްވި ސަބަބު ބަޔާން ކުރުމެވެ. މޫސާގެފާނަށް އެކަންކަމުގެ މައްޗަށް ކެތްކުރެއްވުމަށް ކުޅަދާނަވެ ވަޑައިނުގެންނެވުނު ކަންކަމުގެ ތަފްސީރު ދެއްވަމޭ ވިދާޅުވެ މި ހާދިސާގެ ތަފްސީރެއްގެ ގޮތުގައި ޚިޟްރުގެފާނު ވިދާޅުވީ، "ނަވާ މެދު ދަންނާށެވެ! ފަހެ، އެ ނައު ވީ ކަނޑުގައި މަސައްކަތްކޮށް އުޅޭ މިސްކީނު ބައެއްގެ ނަވަކަށެވެ. ފަހެ ތިމަންކަލޭގެފާނު އެ ނައު ހަލާކުކޮށްލުމަށް ގަސްދު ކުރެއްވީ، (ސަލާމަތުންވާ) ކޮންމެ ނަވެއް ފޭރިގެން އަތުލާ ރަސްކަލު އެ މީހުންގެ ފަހަތުން އަންނާތީ އެވެ." (އަލްކަހްފު 111).
ﷲ އެބަޔަކަށް ޢިލްމު ދެއްވާފައިވާ ނުވަތަ ކަންކަން އެނގި ތަޖުރިބާ ކޮށްފައިވާ މީހުން ނިންމާ ނިންމުންތަކަށް ފާޑުކިޔުމުގައި އަވަސްވެ ނުގަތުމުގެ މުހިންމު ކަމެވެ. މި ނޫނަސް މިފަދަ އިތުރު ފިލާވަޅުތައް މި ހާދިސާ އިން ދަސްކޮށް އިބުރަތް ހޯދިދާނެ އެވެ.
މި ހާދިސާ އިން ދަސްވާ ފިލާވަޅުތަކަށް ބަލާއިރު އެއްކަމަކީ، އުނގެނުމާ ގުޅުންހުރި އަދަބުތަކެވެ. މިގޮތުން އުނގެނުމުގައި ތަވާޟުޢުވެރިވާން ޖެހޭނެ ކަމެވެ. ޢިލްމުން އިންސާނުންނަށް ﷲ ދެއްވާފައިވަނީ ވަރަށް ކުޑަ މިންވަރެއްކަން ދަނެ ކިބުރުވެރި ވެގެން ނުވާނެ ކަމެވެ. ޢިލްމު އުނގެނުމަށްޓަކައި ކިތަންމެ ބުރައެއް ވެސް އުފުލަން ޖެހިދާނެ ކަމެވެ. އަދި އެކަމުގައި ކެތްތެރިވާން ޖެހޭނެ ކަމެވެ.
ދެވަނަ ކަމަކީ، ވަޢުދާއި އަހުދާއި ޝަރުތުތަކަށް އިހުތިރާމް ކުރަން ޖެހޭނެ ކަމެކެވެ. މޫސާގެފާނަށް މިފަހަރު އެކަން ނުކުރެއްވުނީ ހނަދުމަފުޅު ނެތިގެންނެވެ. ގަސްދުގައެއް ނޫނެވެ. މިކަން އެނގެނީ، މި ހާދިސާގެ ފަހަތުގައި ފޮރުވިފައިވާ ސިއްރުތައް މޫސާގެފާނަށް އެނގިވަޑައިނުގަތަސް މިކަމަށް މަޢާފަށް އެދިވަޑައިގަތުމުންނެވެ.
ތިންވަނަ ކަމަކީ، އަނިޔާވެރިކަން ނައްތާލުމަށް އަބަދުވެސް މަސައްކަތް ކުރަން ޖެހޭނެ ކަމެވެ. ހަގީގަތުގައި މޫސާގެފާނުގެ ވަޢުދު ހަނދުމަފުޅު ނެތިވަޑައިގަތީ އަނިޔާވެރިކަން އިންކާރު ކުރެއްވުމަށް ދެއްވުނު އިސްކަމެއްގެ ސަބަބުންނެވެ. ފެންނަން ހުރި ހެކި ތަކަށް ބަލާއިރު ހަގީގަތުގައި ވެސް މި ހާދިސާގައި އަނިޔާވެރިކަން ފާހަގަވެ އެވެ. އެއީ، ހެޔޮކޮށް ހިތައި އިހުތިރާމުކޮށް އެއްވެސް އަގަކާ ނުލައި މުހިންމު ޚިދުމަތެއް ދިން އާދައިގެ ބައެއްގެ މުދާ ހަލާކުކޮށްލުމާއި، އެބައިމީހުންގެ ފުރާނައަށް ނުރައްކާވާ ފަދަ ޢަމަލެއް ހިނގައި ދިއުމެވެ.
ހަތަރުވަނަ ކަމަކީ، އަމިއްލަ ނަފްސަށްވުރެ އަނެކާ އިސްކުރުމުގެ މުހިންމު ކަމެވެ. މޫސާގެފާނަކީ އެފަދަ ބޭފުޅެކެވެ. ޚިޟްރުގެފާނުގެ އެ ޢަމަލުފުޅަށް އިންކާރު ކުރެއްވީ އެއްގޮތަކަށް ވެސް އެކަލޭގެފާނުގެ އަމިއްލަ ނަފްސުފުޅަށްޓަކައެއް ނޫނެވެ. އެކަން އެނގެނީ އެކަލޭގެފާނު ވިދާޅުވި "ތިޔަ ފޫދުއްވައިލެއްވީ އޭގެ އަހުލުވެރިން ޣަރަޤު ކޮށްލެއްވުމަށްތޯ އެވެ؟" މި ބަސްފުޅުންނެވެ. "ތިމަންމެން ޣަރަޤުކޮށްލެއްވުމަށްތޯ" އޭ ވިދާޅެއް ނުވެ އެވެ. އެހެންމީހަކު ނަމަ "ނަފްސީ، ނަފްސީ" އޭ ގޮވާނެ ފަދަ ހާލަތެއްގައި މޫސާގެފާނު އެ އިސްކަން ދެއްވީ އެކަލޭގެފާނު ނުވެސް ދަންނަ އަނެކުންނަށެވެ. މިއީ ހައްގު ކަށަވަރު ކޮށްދިނުމާއި އީޘާރާއި (އަނެކާއަށް އިސްކަންދިނުމާއި) އިޙުސާންތެރި ކަމުގެ މަތިވެރި ދަރަޖައެއްކަން ޔަގީނެވެ.
ފަސްވަނަ ކަމަކީ، ޚިޔާލު ތަފާތުވާއިރު ޒުވާބު ކުރުމާއި ބޭކާރު ޖަދަލު ކުރުމުން ދުރުހެލިވުމެވެ. ހާދިސާގެ ފަހަތުގައި ފޮރުވިފައިވާ ކަންކަން ބަޔާންކޮށްދެއްވައި ސަބަބު ދެއްކެވުމުގެ ބަދަލުގައި، ޚިޟްރުގެފާނު ހަމައެކަނި ވިދާޅުވީ "ތިމަންކަލޭގެފާނާ އެކުގައި ކަލޭގެފާނަށް ކެތްކުރެއްވުމަކަށް ކުޅަދާނައެއް ނުވާނޭ އޭ ތިމަންކަލޭގެފާނު ނުދަންނަވަންތޯ އެވެ؟" މިހެންނެވެ. އެހެންނަމަވެސް މޫސާގެފާނު ޚިޟްރުގެފާނާ ޖަދަލު ނުކުރައްވަ އެވެ. މިއީ އަޅުގަނޑުމެން ފަދަ މީހުންނަށް ދަތި އުނދަގޫ ކަމެކެވެ. ވީމާ މިއިން ލިބިގަންނަންވީ ފިލާވަޅަކީ ޖަދަލު ކުރުމުގެ ބަދަލުގައި ކަންކަމުގެ ހިކުމަތް ދެނެގަތުމަށާއި ކަންކަމުގައި އެކުލެވޭ ހުރިހާ ހަގީގަތްތަކެއް ދެނެގަތުމަށް މަސައްކަތް ކުރުމެވެ. އޭރުން ތިމާ އަށް ހައިރާންކަން ގެނުވި ސަބަބު އެނގި ކަންކުރަން ޖެހޭ އެންމެ ސައްހަ ގޮތަކީ ކޮބައިކަން ފަހުމްވާނެ އެވެ.
ހަވަނަ ކަމަކީ، ދިރިއުޅުމުގައި ދިމާވަމުންދާ ކަންކަމުގެ ހުރިހާ ހަގީގަތްތައް އަހަރެމެންނަށް ނޭނގޭނެ ކަން ގަބޫލު ކުރުމާއި، ކަންކަމުގެ ހަގީގަތްތައް އެނގޭ މިންވަރަކުން އެކަމަކާ މެދު ނިންމާ ނިންމުންތައް ފުރިހަމަވެފައި ހިކުމަތްތެރިވާނެ ކަމެވެ. ޚިޟްރުގެފާނު މި ހާދިސާގައި ކަންކުރެއްވީ އެފަދައިން އެންމެ ހިކުމަތްތެރި ކޮށެވެ. އެއީ އެހެން ނޫންނަމަ ދެން ދިމާވާ ކަންކަން މާ ގޯސްވާނެތީ އެވެ. މިކަން މޫސާގެފާނު ވެސް ގަބޫލުފުޅު ކުރައްވާކަން ހާދިސާ އިން ދޭހަވެ އެވެ.
ހަތްވަނަ ކަމަކީ، ކަމެއްގައި ލިބެން އޮތް ގެއްލުމަކުން ސަލާމަތްވާން ބޭނުންވާ އިރު އެކަމުން ސަލާމަތްވެވެން އޮތީ އެހެން ގެއްލުމަކަށް އަރައިގަނެގެން ކަމަށްވާނަމަ ބޮޑު ގެއްލުމުން ސަލާމަތްވުމަށްޓަކައި ކުޑަ ގެއްލުމަކަށް އަރައިގަތުމަކީ ހުއްދަކަމެއް ކަމެވެ.
ހަތްވަނަ ކަމަކީ، ﷲ އެބަޔަކަށް ޢިލްމު ދެއްވާފައިވާ ނުވަތަ ކަންކަން އެނގި ތަޖުރިބާ ކޮށްފައިވާ މީހުން ނިންމާ ނިންމުންތަކަށް ފާޑުކިޔުމުގައި އަވަސްވެ ނުގަތުމުގެ މުހިންމު ކަމެވެ. މި ނޫނަސް މިފަދަ އިތުރު ފިލާވަޅުތައް މި ހާދިސާ އިން ދަސްކޮށް އިބުރަތް ހޯދިދާނެ އެވެ.
ރޯދައިގެ އެންމެ އަގުހުރި ޣަނީމާ: ތަޤުވާ އާއި ތަޒުކިޔާ
ސީދާމަގު އެނގި، ޝައްކުތައް ފިލުމުން ހަމަޖެހުން ލިބޭ
ފިޠުރަތަށް އިޖާބަ ދިނުމަކީ ހިތްހަމަޖެހުން ލިބޭ ކަމެއް
ރޯދައިގެ މަދަރުސާގެ އަޚްލާޤީ މުޢާހަދާ (ދެވަނަ ބައި)
ރޯދައިގެ މަދަރުސާގެ އަޚްލާޤީ މުޢާހަދާ (ފުރަތަމަ ބައި)
ޚިޟްރުގެފާނު، ފާރެއް ތެދުކުރެއްވި ހާދިސާގެ ފިލާވަޅުތައް
ސުލޫކު ދެމެހެއްޓޭނީ ނަފްސު ހާނުވައިގެން
ޚިޟްރުގެފާނު، ކުއްޖަކު ގަތުލުކުރެއްވި ހާދިސާގެ ފިލާވަޅު
ސުލޫކު ބަދަލުކުރަން ބޮޑު ދައުރެއް އަދާކުރަނީ ހިތް
މުސީބާތުގެ ހާލަތުގައިވެސް ރޯދަމަހުގެ ހެޔޮކަން ލިބިގަތުން