Roadha Mihaaru
އަނެއްކާ ވެސް ހަ މީހަކު ޕޮޒިޓިވްވެއްޖެ

އަނެއްކާ ވެސް ހަ މީހަކު ޕޮޒިޓިވްވެ މިއަދުގެ ޖުމްލަ 12 އަށް

27 އެޕްރީލް 2020

މާލޭގައި ކޮވިޑް-19 ފެތުރެން ފެށިފަހުން ވޭތުވެދިޔަ ދެ ހަފުތާ ތެރޭގައި ފެނުނު ކްލަސްޓާތައް ވަރަށް ބޮޑަށް އިތުރުވެ، އެއް ކްލަސްޓާގައި އެކަނި ވެސް 517 މީހުން ހިމެނޭ ކަމަށް ނެޝެނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ރޭ ބުނެފި އެވެ.

މާލޭގައި ކޮވިޑް-19 ފެތުރެން ފެށިފަހުން ވޭތުވެދިޔަ ދެ ހަފުތާ ތެރޭގައި ފެނުނު ކްލަސްޓާތައް ވަރަށް ބޮޑަށް އިތުރުވެ، އެއް ކްލަސްޓާގައި އެކަނި ވެސް 517 މީހުން ހިމެނޭ ކަމަށް ނެޝެނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ރޭ ބުނެފި އެވެ.

ރާއްޖެ އިން 73 މީހުންނާ އެކު މި ބައްޔަށް ރެކޯޑު އަދަދަކަށް މީހުން ޕޮޒިޓިވްވީ އިއްޔެ އެވެ. މި އަދަދާ އެކު ރާއްޖެއިން ފެނުނު ކޭސްތަކުގެ ޖުމްލައަކީ 214 އެވެ. މީގެތެރެއިން ގިނަ މީހުން ބައްޔަށް ޕޮޒިޓިވްވީ މާލެއިންނެވެ.

ކޮވިޑް-19ގެ ހާލަތު އޮޅުންފިލުވައިދޭ ސިލްސިލާ މީޑިއާ ބްރީފިންގައި، މިހާތަނަށް އެ އަދަދުތަކުން ފެންނަ މަންޒަރު ކިޔައިދެއްވަމުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވި ގޮތުގައި މި ކްލަސްޓާތަކުން ފެންނަނީ އެކަކު އަނެކަކާ ދިމާވެފައިވާ މިންވަރު ވަރަށް ބޮޑަށް އިތުރުކަމެވެ.

މާލޭގައި މީހުން ޕޮޒިޓިވްވަމުންދާ އަދަދަށް ބަލައި މިދިޔަ ހަފުތާގައި އާއްމުކޮށްފައިވާ ގޮތުގައި، އޭރު ފެނުނު ހަަތަރު ކްލަސްޓާގެ ތެރެއިން އެންމެ ގިނަ ކޮންޓެކްޓްސް ތިބީ ފުރަތަަމަ ފެނުނު (ރާއްޖޭގެ 21 ވަނަ ކޭސް) ހިމެނޭ ކްލަސްޓާ ގަ އެވެ. އެ ކްލަސްޓާގައި އޭރު 200 އަށް ވުރެ ގިނަ މީހުން ތިބި ކަމަށް ޑޮކްޓަރުން ވަނީ ވިދާޅުވެފަ އެވެ. މާލޭގައި ކާފިއު ހިންގައި، އެހެން ވެސް ފިޔަވަޅުތައް އެޅިއިރު، އެކެއްގެ ކޮންޓެކްޓްސް 200 އަށް އެރުމަކީ އޭރު ޑޮކްޓަރުން ވެސް ކަންބޮޑުވުންފާޅުކުރެއްވި ކަމެކެވެ.

އަފްޒަލް ރޭ އާއްމުކުރެއްވި މައުލޫމާތުތަކުގައިވާ ގޮތުން މިހާރު ފެނިފައިވާ ކްލަސްޓާސްތަކުގެ ތެރެއިން އެންމެ ބޮޑީ އެމްއެޗްއެފް ކްލަސްޓާ އެވެ. އޭގައި ހިމެނޭ މީހުންނަކީ ކޮން ތަނަކަށް ނިސްބަތްވާ މީހުން ކަން ނޭނގޭ ގޮތަށް ކްލަސްޓާސްތަކަށް ވަނީ ވަކި ނަންތަކެއް ދީފަ އެވެ.

ދެ ވަނަ އަށް އެންމެ ބޮޑީ އޭއެމްއެޗް ކްލަސްޓާ އެވެ. އެ ކްލަސްޓާ އިން 21 މީހުން ވަނީ ފެނިފަ އެވެ. މީގެ އިތުރުން ބީއެންސީ ކްލަސްޓާ އިން އެކަކާއި އާރުއެންސީ ކްލަސްޓާ އިން ދެ މީހުންނާއި ބީއެންޒެޑް ކްލަސްޓާ އިން ދެ މީހުން ވަނީ ފެނިފަ އެވެ. އެއްވެސް ކްލަސްޓާއަކަށް ނުހިމެނޭ ގޮތަށް 11 މީހަކު ވަނީ ފެނިފައިވާ ކަމަށް ވެސް އަފްޒަލް ވިދާޅުވި އެވެ.

"މި ކްލަސްޓާތަކުން ދޭހަވާ މާނަތަކެއް ހުރޭ، މިސާލަކަށް އެ ލޮކޭޝަނެއްގެ ސަބަބުން ކްލަސްޓާސްތައް އިތުރުވުމާއި ނުވަތަ އެ ކްލަސްޓާތަކުން ފެންނަ މީހުންގެ ބާވަތާއި ކޮން ކަހަލަ މަސައްކަތެއް ކުރާ ބައެއް ކަމާއި އެކަކު އަނެކަކާ ދިމާވެފައި ވަނީ ކިހިނެއް ކަމާއި މި ކަހަލަ ބައިވަރު މައުލޫމާތުތަކެއް މީގެއިން ލިބޭނެ،" އަފްޒަލް ވިދާޅުވި އެވެ.

ޑެލިވަރީ ޚިދުމަތުގައި ސަމާލުވާން ޖެހޭ

މި ކްލަސްޓާތަކުގެ ސީދާ ތަފްސީލު ނުދެއްވިޔަސް ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކެއްގެ އިރުޝާދު ދެއްވި އިރު އޭނާ ގުޅުވީ ޑެލިވަރީ ޚިދުމަތުގައި މިހާރަށްވުރެ ވެސް އިތުރަށް ސަމާލުކަން ދޭން ޖެހިފައިވާ ބައެއް ކަންކަމާ އެވެ.

ފުރަތަމަ ކަމެއްގެ ގޮތުގައި އަފްޒަލް ފާހަގަކުރެއްވީ ޑެލިވަރީކުރާ މީހުން ރައްކާތެރި ކަމުގެ ފިޔަވަޅު ވަރުގަދަކޮށް، އެ މީހުންނާ ހަވާލުވެ މަސައްކަތް ކުރުވާ މީހުން ވެސް އެ މީހުންގެ ހާލު ގާތުން ބެލުމެވެ. މި ޚިދުމަތުގައި އެޅެން ހުރި އެއްވެސް ފިޔަވަޅަކާ މެދު ފަރުވާކުޑަނުކުރަން އޭނާ އިލްތިމާސްކުރެއްވި އެވެ.

"ކޮންމެ ދުވަހަކު އެ މީހުންގެ މައުލޫމާތު ނަގައި، ސިއްހީ ހާލަތު ހުރީ ކިހިނެއްތޯ ބަލައި ކިރިޔާވެސް އަލާމާތެއް ފެންނަ މީހަކު ހުރެއްޖެ ނަމަ އަޅުގަނޑުމެންނަށް އަންގަންވާނެ،" އަފްޒަލް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މިހާރުގެ ކްލަސްޓާތަކަށް ބަލައިފިއްޔާ ހަގީގަތުގައި، އާއްމުކޮށް އުޅޭ އެންމެން މި އުޅެނީ ގޭގައި. ނަމަވެސް މަގުމަތީގައި މި އުޅޭވޭ މީހުންނަކީ ކޮންމެހެން ވެސް އުޅެން ޖެހޭ ބައެއް. އެއީ ޑެލިވަރީ ހިދުމަތަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް. އެ މީހުން މީގެތެރޭގައި ގިނައިން މި އުޅެނީ."

ޓެކްނިކަލް އެޑްވައިޒަރީ ޓީމް (ޓެގު)ން ކުރިން ބުނެފައިވާ ގޮތުގައި އެންމެ ރަނގަޅު ގޮތަކީ ޑެލިވަރީގެ ޚިދުމަތް ދޭ މީހާ އާއި ތަކެއްޗާ ހަވާލުވާ މީހާއާ މެދު ވެސް މަދުވެގެން ތިން ފޫޓުގެ ދުރުމިން ބެހެއްޓުމެވެ. ތަކެއްޗާ ހަވާލުވާ އިރު ވެސް އެއްގޮތަކީ، ދޮރު ކައިރީގައި ގޮނޑިއެއް ނުވަތަ މޭޒެއް ބަހައްޓައި އޭގެ މަތީގައި ކޮތަޅުތައް ބެހެއްޓުމެވެ.

ޑެލިވަރީގެ ޚިދުމަތް ހޯދާ މީހުން ވެސް އެ ތަކެއްޗާ ހަވާލުވުމުގައި ފިޒިކަލް ޑިސްޓެންސިން އަށް ސަމާލުވެ، އެ ގެންނަ ސާމާނުތައް ގެންނަ ކޮތަޅުތައް އުކާލުމާ އެކު ގެނައި ތަކެތީގެ ތެރެއިން ދޮވެވެން ހުރި ރަނގަޅަށް ދޮވެ ސާފުކޮށް، އަތް ދޮވުމަށް ހަނދާންކޮށްދެއްވި އެވެ.

އަފްޒަލް ވިދާޅުވީ ރަށްރަށަށް މުދާ އުފުލާ މީހުންގެ ރައްކާތެރިކަމަށް ވެސް ޚާއްސަ އިސްކަމެއް ޖެހިފައިވާ ކަމަށެވެ.