Roadha Mihaaru

ނޫސްވެރިކަމުގެ މިނިވަން ކަމުގައި ރާއްޖެއިން ހޯދި ކުރިއެރުމަށް އެމެރިކާ އިން މަރުުހަބާ ކިޔައިފި

ނޫސްވެރި ކަމުގެ މިނިވަން ކަމުގެ އިންޑެކްސްގައި ރާއްޖެއިން ހޯދި ކުރިއެރުމަށް އެމެރިކާއިން މަރުހަބާ ކިޔައިފި އެވެ.

ޕްރެސްފްރީޑަމްގައި ރާއްޖޭގެ ކުރިއެރުމަށް މަރުހަބާކިޔައިފި
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

28 އެޕްރީލް 2020

ނޫސްވެރި ކަމުގެ މިނިވަން ކަމުގެ އިންޑެކްސްގައި ރާއްޖެއިން ހޯދި ކުރިއެރުމަށް އެމެރިކާއިން މަރުހަބާ ކިޔައިފި އެވެ.

ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ނެރޭ ޕްރެސް ފްރީޑަމް އިންޑެކްސްގައި މިއަހަރު ރާއްޖެއިން ވަނީ 19 ދަރަޖައިގެ ކުރިއެރުމެއް ހޯދައި، އެ އިންޑެކްސްގެ 79 ވަނަ އަށް އަރައިފަ އެވެ. މިދިޔަ އަހަރު ރާއްޖެ އޮތީ އެ އިންޑެކްސްގެ 98 ވަނައިގަ އެވެ.

އެކަމާ ގުޅިގެން އެމެރިކާގެ ޚާރިޖީ ވުޒާރާ ކަމަށްވާ ސްޓޭޓް ޑިޓާޕްމެންޓްގެ ދެކުނު އޭޝިއާއާ ބެހޭ ބިއުރޯއިން ކުރި ޓްވީޓްގައިވަނީ ނޫސްވެރިކަމުގެ މިިނިވަންކަމުގައި ރާއްޖެއިން ހޯދި ކުރިއެރުމަށް އެމެރިކާ އިން މަރުހަބާ ކިޔާ ކަމަށެވެ. އަދި ދެކުނު އޭޝިއާގެ އެހެން ގައުމުތަކުން ވެސް ރައްޔިތުންނަށް ފަސޭހައިން ހަބަރާއި މައުލޫމާތު ލިބޭނެ އިންތިޒާމް ހަމަޖައްސަން ގޮވާލާ ކަމަށް ވެސް އެ ޓްވީޓްގައިވެ އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓްގެ ޓްވީޓް

ނޫސްވެރިކަމުގެ މިނިވަންކަމުގެ މިއަހަރުގެ އިންޑެކްސްގައި ދެކުނު އޭޝިއާއިން ބޫޓާން ފިޔަވައި ދެން އެންމެ ކުރީގައި އޮތީ ރާއްޖެ އެވެ. ދެކުނު އޭޝިއާގެ އެހެން ގައުމުތައް އޮތީ މިދިޔަ އަހަރަށް ވުރެ ފަހަތުގަ އެވެ.

މިދިޔަ އަހަރު ވެސް ރާއްޖެއިން ވެސް ވަނީ އެ އިންޑެކްސްގައި 22 ދަރަޖައިގެ ކުރިއެރުމެއް ހޯދައި، 120 ވަނައިގައި އޮތުމަށް ފަހު 98 ވަނަ އަށް އަރައިފަ އެވެ.