29 އެޕްރީލް 2020
ބާސެލޯނާ (އޭޕްރީލް 29) - ބާސެލޯނާގެ ތަރި ލިއޮނަލް މެސީ ނެތް ދުވަހަކަށް އެ ޓީމުން ތައްޔާރުވާން ޖެހޭ ކަމަށް ނެދަލެންޑްސްގެ ކޯޗު އަދި ބާސެލޯނާގެ ކުރީގެ ކުޅުންތެރިޔާ ރޮނާލްޑް ކޫމަން ބުނެފި އެވެ.
ބާސެލޯނާ (އޭޕްރީލް 29) - ބާސެލޯނާގެ ތަރި ލިއޮނަލް މެސީ ނެތް ދުވަހަކަށް އެ ޓީމުން ތައްޔާރުވާން ޖެހޭ ކަމަށް ނެދަލެންޑްސްގެ ކޯޗު އަދި ބާސެލޯނާގެ ކުރީގެ ކުޅުންތެރިޔާ ރޮނާލްޑް ކޫމަން ބުނެފި އެވެ.
އުމުރުން 32 އަހަރުގެ މެސީ ނެތް ދުވަހަކަށް ބާސެލޯނާ ޓީމު ބައްޓަން ކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށް މީގެ ކުރިން އެ ކްލަބްގެ ރައީސް ޖޯސެފް ބާޓޮމެއު ވެސް ވަނީ ވިދާޅުވެފަ އެވެ. އެކަމަކު މިހާތަނަށް ވެސް ބާސެލޯނާ އިން ފެންނަން އޮތް ކަމަކީ މެސީ އަށް ބަރޯސާވެފައި އޮންނަ މިންވަރު ބޮޑުކަމެވެ. މެސީ ނުކުޅޭ މެޗުތަކުގައި ބާސެލޯނާ އަށް ނަތީޖާ ނެރެންވަނީ އުނދަގޫވެފަ އެވެ.
ކޫމަންގެ ނަޒަރުގައި މެސީ ނެތްތަން ފޫބެއްދުމަކީ ވަކި ކުޅުންތެރިއަކު ގެނެސްގެން ވާނެ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި ޓީމެއް ބިނާކުރަން ޖެހޭ ކަމަށާއި އެ މަސައްކަތް ލަސްކުރެވެން ވެސް ނެތް ކަމަށް ބުންޏެވެ.
"މެސީ އަކީ ފުޓްބޯޅަ ތާރީހުގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ. އެ ފެންވަރާ ގާތަށް ވެސް އެހެން ކުޅުންތެރިޔަކު ނެތް. އެކަމަކު ދެން ގަބޫލުކުރަންޖެހޭ ހަގީގަތަކީ މެސީ އަކީ ވެސް އިންސާނެއް. ދިމާވާ ހުރިހާ ކަމެއްގެ ހައްލަކަށް އަބަދު މެސީ ހުރުމަކީ ވާނެ ކަމެއް ނޫން. މެސީ ނެތް ދުވަހަކަށް ވެސް ބާސެލޯނާ ތައްޔާރުވާން ޖެހޭ،" މިިދިޔަ ޖެނުއަރީ މަހު ބާސެލޯނާ ކޯޗުކަމާ ހަވާލުވާން ލިބުނު ހުށަހެޅުން ދޫކޮށްލި ކޫމަން ބުންޏެވެ.
މަޝްހޫރު ކޯޗު ކޫމަން: ބާސެލޯނާ އިން އޭނާ ގެންނަން ބޭނުންވޭ. -- ފޮޓޯ: އޭއެފްޕީ
"މެސީ ނުލައި ބާސެލޯނާގެ ވަރަށް ގިނަ ކަންތައްތައް ފުރިހަމަނުވާނެ. އެއީ ހަގީގަތް. އެކަމަކު އެއަށް ތައްޔާރުވެ ތިބުން އެއީ މިހާރު ކުރެވޭނެ ކަމެއް،"
ބާސެލޯނާ އިން އަންނަނީ މެސީއާ އެކު ހަދާފައިވާ ކޮންޓްރެކްޓް އާ ކޮށް ކެރިއަރު ނިމެންދެން އޭނާ އެ ކްލަބްގައި ބަހައްޓަން މަސައްކަތްކުރަމުންނެވެ. ކޫމަންގެ ނަޒަރުގައި މެސީ ކެރިއަރު އެއްކޮށް ބާސެލޯނާގައި މަޑުކުރިޔަސް އޭނާ ރިޓަޔާކުރާނެ ދުވަހެއް ޔަގީންކަމާ އެކު އެއްވެސް ފަރާތަކަށް ނުބުނެވޭނެ ކަމަށާއި އެ ނިންމުން އަވަސްވުން ވެސް ނުވަތަ ލަސްވުން ވެސް އޮތީ ދިމާވާ ހާލަތްތަކުގެ މައްޗަށް ކަމަށެވެ.
ކޫމަން ވަނީ ބާސެލޯނާ އިން މީގެ ކުރިން މޮޅެތި ކުޅުންތެރިން ކްލަބުން ދާއިރު ބަދަލުގައި ފެންވަރު ރަނގަޅު އެހެން ކުޅުންތެރިންތަކެއް ނެރެފައިވާކަން ފާހަގަކޮށްފަ އެވެ. އެ ގޮތުން ޔޯހަން ކްރައިފާއި ރޮނާލްޑީނިއޯ ފަދަ ކުޅުންތެރިން ނެތްތަން ފޫބެއްދީ ރަނގަޅު މެނޭޖްމަންޓެއްގެ ތެރެއިން ކަމަށް އޭނާ ބުންޏެވެ.
ފަހަކަށް އައިސް ބާސެލޯނާގެ ޓްރާންސްފާ ޕޮލިސީ އޮތީ ވަރަށް އާދައިގެ ގޮތަަކަށެވެ. ބޮޑު އަގުގައި ގެންނަ ކުޅުންތެރިންނަށް ބޭނުންވާ ވަރަށް ނުކުޅެވި ކްލަބް ދޫކޮށްލަން ވަނީ ޖެހިފަ އެވެ. ކޫމަންގެ ނަޒަރުގައި ބާސެލޯނާ އިން ޓްރާންސްފާ ބާޒާރުގައި ކުރިއަށް އޮތްތަނުގައި އަމަލުކުރަން ޖެހޭނީ ވިސްނުންތެރިކަމާ އެކު އެވެ. އެހެން ނޫންނަމަ ކްލަބް ފަހަތަށް ދިއުމުގެ ބިރު ބޮޑު ކަމަށް އޭނާ ދެކެ އެވެ.
މެސީ ނެތަސް ބާސާ އަށް ހިންދެމިލެވޭނެކަން އެނގިއްޖެ
މެސީއަށްފަހު ބާސާގެ ފުރަތަމަ ފްރީކިކް ގޯލުޖެހީ ޓޮރޭޒް
ބާސާ އަށް މެސީ ނުގެންދެވުމުން އެމެރިކާގެ މަޔާމީ އަށް
މެސީ ގެންދަން ބާސާއާ އެކު އިތުރު ދެ ޓީމެއް
"ސައުދީއަށް އިހުތިރާމް ކުރަން، މެސީގެ ގެއަކީ ބާސާ"
އަންނަ ސީޒަން މެސީއާ އެކު ކުޅެން ބޭނުން: ލެވަންޑޯސްކީ
ބާސެލޯނާ ސަޕޯޓަރުންގެ ލޯބި މެސީ އަށް
ޕީއެސްޖީގައި މެސީ މަޑުކުރުމުގެ ފުރުސަތު ބޮޑު
އަންނަ ސީޒަނުގައި މެސީ ގެންނަން މާލީގޮތުން ހުރަހެއްނެތް
އަލުން މެސީ ގެނެސްދޭން ޒަވީ އެދިއްޖެ