02 މެއި 2020
ކޮވިޑް-19 ރާއްޖޭގައި ފެތުރެމުންދާއިރު، މިހާރަށް ބޭނުންވާ މިންވަރަށް އޮކްސިޖަން އެބަހުރި ކަމަށް، އައިޖީއެމްއެޗުގެ މެޑިކަލް ޑިރެކްޓަރު ޑރ. އަލީ ނަޒީމް ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 ރާއްޖޭގައި ފެތުރެމުންދާއިރު، މިހާރަށް ބޭނުންވާ މިންވަރަށް އޮކްސިޖަން އެބަހުރި ކަމަށް، އައިޖީއެމްއެޗުގެ މެޑިކަލް ޑިރެކްޓަރު ޑރ. އަލީ ނަޒީމް ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19އާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަލީ ނަޒީމް ވިދާޅުވީ ކޮވިޑް-19 އަށް ހާއްސަކޮށް މިހާރު ބޭނުންކުރަން ހަމަޖައްސާފައިވާ ދެ ހޮސްޕިޓަލަކީ އައިޖީއެމްއެޗާއި، ހުޅުމާލެ ޓްރީޓޮޕް ހޮސްޕިޓަލް ކަމަށެވެ. އަދި މި ދެ ހޮސްޕިޓަލަށް ބަލާއިރު ވެސް ބަލި މީހުންނަށް ބޭނުންވާ ވަރަށް އޮކްސީޖަން ދެވޭނެ ކެޕޭސިޓީ އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
އެގޮތުން ދަރުމަވަންތަ ހޮސްޕިޓަލުގައި އޮކްސިޖަން އުފެއްދުމަށް ޑައިރެކްޓް ޕްލާންޓެއް ހުންނަ ކަމަށް ވިދާޅުވި އެވެ. އަދި ޓްރީޓޮޕް ހޮސްޕިޓަލުން އޮކްސިޖަން ފޯރުކޮށްދެނީ އޮކްސިޖަން ބޭންކެއް ހަދައި ޖަމްބޯ ސިލިންޑަރުގައި ފީޑްކޮށްގެން ކަމަށާއި އެ ހޮސްޕިޓަލުގެ ކެޕޭސިޓީގެ ތެރެއިން މިހާރުގެ ޕޭޝަންޓް ލޯޑަށް ބޭނުންކޮށްފައި ވަނީ ވަރަށް ކުޑަ މިންވަރެއް ކަމަށް ވިދާޅުވި އެވެ.
"މިހާރުގެ ކެޕޭސިޓީގައި އަޅުގަނޑުމެންނަށް ވަރަށް އީޒިލީ މެންޓެއިން ކުރެވޭނެ، ދަރުމަވަންތަ ހޮސްޕިޓަލުގައި އެއީ ގާތްގަނޑަކަށް 23 ވަރަކަށް ފްލޯ، އެއީ 55 ވަރަކަށް އެނދު އެތާ މި އުޅެނީ އަދި އަށް ވަރަކަށް ޕޭޝަންޓުން ގިނަވެގެން، އެހެންވީމަ އަދި މެނޭޖް ކުރެވޭނެ" ޑރ. އަލީ ނަޒީމް ވިދާޅުވި އެވެ.
ޑރ. އަލީ ނަޒީމް ވިދާޅުވީ މިބަލި ފެތުރޭ މިންވަރަށް ބަލާއިރު ރާއްޖޭގައި އެންމެ ޕީކަށް ދާއިރު ބޭނުންވާނެ ކަމަށް ބެލެވެނީ 4130 އޮކްސިޖަން ސިލިންޑަރު ކަމަށެވެ. އެއީ ޔޫސް 1000 ސިލިންޑަރާއި ފިލިންގައި 1000 ސިލިންޑަރު އަދި ޓްރެވަލްގައި 1000 ސިލިންޑަރުގެ ރޭޓުން ބަލައިގެން ކަމަށް ވިދާޅުވި އެވެ. އެގޮތަށް ބަލައި މި ސަޕްލައިތައް މެއިންޓެއިން ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
ޑރ. އަލީ ނަޒީމް ވިދާޅުވީ އޮކްސިޖަން ނެގުމަށް ދާ ޕްރޮސީޖާގައި މޯލްޑިވްސް ގޭސް އަށް ވަރަށް ބޮޑަށް ބަރޯސާވާ ކަމަށެވެ. އަދި މި މަސައްކަތްކުރަން އައިޖީއެމްއެޗުގައި ވެސް ކުޑަ ޕްލާންޓެއް ހުންނަ ކަމަށެވެ.
ރާއްޖެ އަށް ބޭނުންވާ އޮކްސިޖަން ސިލިންޑަރުތައް ރާއްޖެއިން ބޭރުން އެތެރެކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ އިރު މި މޭ މަހުގެ ފުރަތަމަ ހަފްތާ ތެރޭގައި ވެސް އެއްބައި ލިބޭނެ ކަމަށް ސަރުކާރުން މީގެ ކުރިން ހާމަކޮށްފައި ވެއެވެ.
ކޮވިޑް-19ގެ ބަލި މީހުންނަށް އިންޓެންސިވް ކެއާ ދިނުމަށް ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް-11 ފެސިލިޓީ ހާއްސަކޮށްފައިވާއިރު މިހާރު އެތަނުގައި އެޑްމިޓްކޮށްފައި ވަނީ ޖުމްލަ ފަސް މީހުންނެވެ. އެއީ އުމުރުން 88 އަހަރުގެ ފިރިހެންނަކާއި، 49 އަހަރުގެ ފިރިހެނަކާއި، 58 އަހަރުގެ އަންހެނަކާއި، 80 އަހަރުގެ ފިރިހެނެއްގެ އިތުރަށް، 70 އަހަރުގެ ފިރިހެނެކެވެ.
ހާލުބޮޑު 3 މީހުން ބަދަލުކުރީ އެއްބަސްވުން ބާތިލްވުމުން
ޓްރީ ޓޮޕް އަށް ކޮވިޑް ބަލީގެ މީހުން ގެންދަން ފަށައިފި
އައިޖީއެމްއެޗް ކިއު ކުޑަކުރަން ޖީޕީ ކްލިނިކްތައް ހަދަނީ
ކެންސަރު ހޮސްޕިޓަލަށް 25 ބުރީގެ ޓަވަރެއް
އެނދު އިތުރުކޮށް، ދަރުމަވަންތަ އެއްކޮށް ބޭނުންކުރަނީ
ދަރުމަވަންތައިގެ ހައިބްރިޑްތިއޭޓަރު ބޭނުންކުރަން ފަށައިފި
މެޑިސިން ކެމްޕަސް ބަދަލު ނުކުރަން ރައީސް ނިންމަވައިފި
ދަރުމަވަންތަ ބޭނުންކުރެވޭނެ ކަމުގެ އުންމީދު އާވެއްޖެ
ދަރުމަވަންތަ މަޝްރޫއުއަށް ޓެކްސް ދޭންޖެހެނީ ސަރުކާރުން
4 އަހަރަށް ފަހު އައިޖީއެމްއެޗުގެ މިސްކިތް ހުޅުވައިފި