Roadha Mihaaru
10 ވެންޓިލޭޓަރާ އެކު ޗައިނާގެ އެހީ ރާއްޖެ ގެނެސްފި

10 ވެންޓިލޭޓަރާ އެކު ޗައިނާގެ އެހީ ރާއްޖެ ގެނެސްފި

02 މެއި 2020

ކޮވިޑް-19އާ ދެކޮޅަށް ރާއްޖެ އިން ކުރާ މަސައްކަތުގައި އެހީވުމަށް ޗައިނާ އިން ދިން 10 ވެންޓިލޭޓަރާއި ސިއްހީ ދާއިރާ އަށް އެ ގައުމުގެ ސަރުކާރުންނާއި ޗައިނާގެ ބައެއް އަމިއްލަ ކުންފުނިތަކުން ރާއްޖެ އަށް ހަދިޔާ ކުރި އެހީތައް މިއަދު ގެނެސްފި އެވެ

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑް-19އާ ދެކޮޅަށް ރާއްޖެ އިން ކުރާ މަސައްކަތުގައި އެހީވުމަށް ޗައިނާ އިން ދިން 10 ވެންޓިލޭޓަރާއި ސިއްހީ ދާއިރާ އަށް އެ ގައުމުގެ ސަރުކާރުންނާއި ޗައިނާގެ ބައެއް އަމިއްލަ ކުންފުނިތަކުން ރާއްޖެ އަށް ހަދިޔާ ކުރި އެހީތައް މިއަދު ގެނެސްފި އެވެ

ޗައިނާއިން މިއަދު ހަވީރު އައި މަތިންދާބޯޓުން ރާއްޖެ ގެނައީ އެ ގައުމުގެ ފޮރިން މިނިސްޓްރީން ދިން ތަކެއްޗާއި އަލީ ބާބާގެ ފައުންޑަރު ޖެކްމާ ހަދިޔާ ކުރެއްވި ތަކެއްޗާއި ޗައިނާގެ ގުއާންޒީ ސިޓީން މާލެ އަށް ހަދިޔާކުރި ތަކެއްޗެވެ.

ޗައިނާއިން ގެނައި ބައެއް ތަކެތި:

10 ވެންޓިލޭޓަރު

ޑިސްޕޯސަބުލް ޕްރޮޓެކްޓިވް މާސްކް (20،9080)

އެން 95 ޕްރޮޓެކްޓިވް 11،500 މާސްކް

ކޭއެން 95 ޕްރޮޓެކްޓިވް 20،000 މާސްކް

އިންފްރާރެޑް ތާމޯމީޓަރު (50)

ގޮގުލް (500)

ފަރުވާދޭ 20 އެނދު

ޓެސްޓިން ކިޓް 10،000)

ޗައިނާއިންް ދިން އެހީގެ ތަކެތި ހިފައިގެން އައިި މަތިންދާބޯޓް ވެލާނާ އިންޓަނޭަޝަނަލް އެއާޕޯޓްގައި

ޗައިނާއިންް ދިން އެހީގެ ތަކެތި ހިފައިގެން އައިި މަތިންދާބޯޓް ވެލާނާ އިންޓަނޭަޝަނަލް އެއާޕޯޓްގައި

ޗައިނާ އިން ގެނައި މި އެހީއާ ގުޅޭ ގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ނެރުއްވި ބަޔާނެއްގަަައި ވިދާޅުވީ ރާއްޖެއަށް ކުރިމަތިވެފައިވާ އިންސާނީ އަދި އިގުތިސާދީ ގޮންޖެހުމުގައި އެކުވެރި ޗައިނާ އިން ވެދެމުންދާ ދީލަތި އެހީތެރިކަމަށްޓަކައި އެ ގައުމުގެ ސަރުކާރާ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. ޗައިނާގެ ރައީސް ޝީޖިންޕިން އާއި ފޮރިން މިނިސްޓަރު ވާންޔީ ރާއްޖޭގެ ހާލަތު ދެނެވަޑައިގެން ކުރައްވާ މަސައްކަތް ފާހަގަ ކުރައްވާ ކަމަށް ވެސް ބަޔާނުގައި ޝާހިދު ވިދާޅުވެފައި ވެ އެވެ.

އެހީގެ ތަކެތި ރާއްޖެއާ ހިސާބަށް ގެނައުމަށް ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޖާންލިޖޮން ކުރައްވާ މަސައްކަތް ފާހަގަ ކުރައްވާ އޭނާއަށް ވެސް ޝާހިދު ޝުކުރު އަދާ ކުރެއްވި އެވެ.

"ރާއްޖެ އަށް ކުރިމަތިވެފައިވާ މި އުނދަގޫ ވަގުތުގައި އެ ބޭފުޅުން ވެވަޑައިގެންނެވި ދީތި އެހީއަށް އިޚުލާސްތެރިކަމާ އެކު ޝުކުރު އަދާކުރަމެވެ،" ޝާހިދު ވިދާޅުވި އެވެ.

ރާއްޖެ އަށް އެހީވި ޗައިނާގެ އަމިއްލަ ކުންފުނިތައް:

1- އަލީ ބާބާ ފައުންޑޭޝަން/ ޖެކް މާ ފައުންޑޭޝަން.

2- ޗައިނާ މާޝަންޓްސް ޕޯޓް ގްރޫޕް ކޯ ލިމިޓެޑް.

3- ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން.

4- ބެއިޖިން އާބަން ކޮންސްޓްރަކްޝަން އިންވެސްޓްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޯ ލިމިޓެޑް.

5- ޑޮންފެންގް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަން.

6- ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑް.

7- ޗައިނާ ކޮމިއުނިކޭޝަންސް ސެކަންޑް ނެވިގޭޝަނަލް ބިއުރޯ.

8- ސެކަންޑް އިންޖިނިއަރިން ކޯ ލިމިޓެޑް.

9- ވާވޭ ޓެކްނޮލޮޖީސް ކޯ ލިމިޓެޑް.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ، ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަނުން ކުޑަކުދިންނަށް ޚާއްސަ 5،000 މާސްކް މިދިޔަ މަހު ހަދިޔާ ކޮށްފައިވާ ކަމަށެވެ. އަދި އެހީގެ ތަކެތި ގެނައި މަތިންދާބޯޓު ޗާޓަރު ކުރުމުގައި ވެސް އެ ކުންފުނިން ގިނަ މަސައްކަތްތަކެއް ކުރި ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

މީގެ އިތުރުން، ސަރުކާރުން ގާއިމުކުރާ އިމަޖެންސީ މަރުކަޒުތައް ބިނާކުރުމުގައި ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާއި ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑުން ބުރަ މަސައްކަތްތަކެއް ކުރާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެ އެވެ.

ޝާހިދު ވިދާޅުވި ގޮތުގައި، ޗައިނާގެ ސަރުކާރާއި އެ ގައުމުގެ ރައްޔިތުންނަކީ އަބަދުވެސް ރާއްޖެއާ ގާތްގުޅުމެއް ބާއްވާ، ދިވެހިންގެ އެކުވެރި ރަހުމަތްތެރި އެކެވެ. ކޮވިޑް-19 އާ ގުޅިގެން ޗައިނާ އަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ދަތިތަކާ އެކު ވެސް، ދިވެހިންނަށް އެހީވުމުގައި ދިވެހިންނާ އެކު އަތާއިއަތް ގުޅުވާލައި، އެ ގައުމުގެ ރައްޔިތުން ތިބުމުން ޝާހިދު އެ ކަމަށްޓަކައި ޝުކުރު އަދާކުރެއްވި އެވެ.

"ރާއްޖޭގައި މިވަގުތު ތިއްބެވި ޖައިނާގެ ފަރާތްތަކުން ފޯރުކޮށްދެއްވާ މިފަދަ އަގުހުރި ޚިދުމަތްތައް ބަލައިގަންނަނީ ޝުކުރުވެރިކަމާއި, އަދަބުވެރިކަމާއި އެކުގަ އެވެ،" ޝާހިދުގެ ބަޔާނުގައި ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ޗައިނާގެ ސަރުކާރާއި އެ ގައުމުގެ ރައްޔިތުންނަކީ އަބަދުވެސް ރާއްޖެއާ ގާތްގުޅުމެއް ބާއްވާ، ދިވެހިންގެ އެކުވެރި ރަހުމަތްތެރި އެކެވެ. ކޮވިޑް-19 އާ ގުޅިގެން ޗައިނާ އަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ދަތިތަކާ އެކު ވެސް، ދިވެހިންނަށް އެހީވުމުގައި ދިވެހިންނާ އެކު އަތާއިއަތް ގުޅުވާލައި، އެ ގައުމުގެ ރައްޔިތުން ތިބުމުން ޝާހިދު އެ ކަމަށްޓަކައި ޝުކުރު އަދާކުރެއްވި އެވެ.

"މިއީ އުނދަގޫ ދަތުރެކެވެ. ނަމަވެސް އެކީ އެކުގައި ހޭރިޔާކޮށް އަމާން ބަނދަރަކަށް ވާސިލް ވުމުގެ އުންމީދާއި ޔަގީންކަން އެބައޮތެވެ،" ޝާހިދުގެ ބަޔާނުގައި ވިދާޅުވި އެވެ.

ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރުގެ ޓުވީޓް

އޭނާ ވިދާޅުވީ، ހަމައެކަނި ޓޫރިޒަމަށް ބަރޯސާވެފައިވާ ރާއްޖެ އަށް ކޮވިޑް-19 ގެ ސަބަބުން ލިބޭ އިގްތިސާދީ ގެއްލުން ނުހަނު ބޮޑު ކަމަށާއި މެދު އާމްދަނީ ލިބޭ ގައުމުތަކުގެ ތެރެއިން އެންމެ ބާރު މިނުގައި ތަރައްގީ ވަމުންދިޔަ ރާއްޖެ މިއަދު މިވަނީ އެއްވެސް އާމްދަނީއެއް ލިބެން ނެތް ގައުމަކަށް ބަދަލުވެފައި ކަމަށެވެ.

"ނަމަވެސް ބައިނަލްއަގްވާމީ މުޖުތަމައުގައި ތިބި އަޅުގަނޑުމެންގެ އެކުވެރިންނާ އެކު, މި ދަތި އުނދަގޫ ދުވަސްތައް ފަހަނައަޅައި ދިޔުމުގެ އަޒުމާއި, ހިތްވަރު އަދި އެ ސާބިތުކަން ރާއްޖޭގައި އެބަހުއްޓެވެ،" މިނިސްޓަރު ވިދާޅުވި އެވެ.