Roadha Mihaaru
ޕީޕީއީ ލައިގެން ވައްކަންކުރަން އުޅުނު މައްސަލައެއް!

ޕީޕީއީ ލައިގެން ވައްކަން ކުރަން އުޅުނު ކަމަށް ބުނާ މައްސަލައެއް ބަލަނީ

08 މެއި 2020

ކޮވިޑް-19 އާ ދެކޮޅަށް ފްރޮންޓްލައިންގައި މަސައްކަތްކުރާ މީހުން ބޭނުންކުރާ ޕާސަނަލް ޕްރޮޓެކްޓިވް އިކްއިޕްމެންޓް (ޕީޕީއީ) ލައިގެން މާލޭގެ ގެއަކަށް ވަދެ ވައްކަންކުރަން އުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑް-19 އާ ދެކޮޅަށް ފްރޮންޓްލައިންގައި މަސައްކަތްކުރާ މީހުން ބޭނުންކުރާ ޕާސަނަލް ޕްރޮޓެކްޓިވް އިކްއިޕްމެންޓް (ޕީޕީއީ) ލައިގެން މާލޭގެ ގެއަކަށް ވަދެ ވައްކަންކުރަން އުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ މައްޗަންގޮޅި ގެއަކަށް މީހަކު ވަދެ މޯބައިލް ފޯނެއް ވަގަށް ނަގާފައިވާ ކަމަށް މިއަދު މެންދުރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެ މައްސަލައިގައި މިހާތަނަށް އަދި މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.

ސީސީޓީވީ ފުޓޭޖެއް ސޯޝަލް މީޑިއާގައި އާންމުވެފައި ވާއިރު އޭގައި ފެންނަނީ ޕީޕީއީ ލައިގެން ހުރި މީހަކު ގެއަކުން ނުކުމެގެންދާ ތަނެވެ. އޭނާގެ އަތުގައި ކެމިކަލް ސްޕްރޭކުރާ ކަހަލަ ފުޅިއެއް ވެސް އޮވެ އެވެ. ސޯޝަލް މީޑިއާގައި ހުރި ޕޯސްޓްތަކުގައި ބުނެފައިވާ ގޮތުގައި، ވީޑިއޯ އިން ފެންނަ ގެނައިން، ޕީޕީއީ ލައިގެން ހުރި މީހާ އިއްޔެ ފޯނެއް ވަގަށް ނަގާފައިވާ ކަމަށް ބެލެވެ އެވެ. އެކަމަކު އިއްޔެ ހުރީ ޕީޕީއީ ލައިގެން ނޫން ކަމަށްވެ އެވެ.

ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާ ވީޑިއޯއިން ފެންނަނީ ޕީޕީއީ ލައިގެން ހުރި މީހަކު ގެއަކުން ނުކުމެގެން ގޮސް އޮބާލާ މަންޒަރެވެ. އޭނާގެ އަތުގައި ސްޕްރޭ ފުޅިއެއް ފާޑު އެއްޗެއް އޮވެ އެވެ. މި މީހާ ވަން ގޭގެ މީހުންނާ ހަވާލާދީ ބައެއް ނޫސްތަކުގައި ބުނެފައިވަނީ އެ މީހާ ގެޔަށް ވަނީ ޑިސްއިންފެކްޓް ކުރަން ކަމަށް ބުނެ އެވެ.