ލޯކަލް ކައުންސިލްތަކުގެ އިންތިިޚާބަށް ކުރިމަތިލުމުގެ ސަބަބުން ސަސްޕެންޝަންގައި ތިބި ސިވިލް ސާވިސް މުވައްޒަފުންނަށް އިއްޔެ އިން ފެށިގެން ރޯދަ މަހުގެ އިނާޔަތް ދޭނެ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ން މިއަދު ބުނެފި އެވެ.
11 މެއި 2020
ލޯކަލް ކައުންސިލްތަކުގެ އިންތިިޚާބަށް ކުރިމަތިލުމުގެ ސަބަބުން ސަސްޕެންޝަންގައި ތިބި ސިވިލް ސާވިސް މުވައްޒަފުންނަށް އިއްޔެ އިން ފެށިގެން ރޯދަ މަހުގެ އިނާޔަތް ދޭނެ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ން މިއަދު ބުނެފި އެވެ.
ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ސަބަބުން ގާނޫނުގެ ދަށުން ސަސްޕެންޝަންގައި ތިބި ސިވިލް ސާވިސް މުވައްޒަފުންގެ ސަސްޕެންޝަން އިއްޔެ ނިމުމަކަށް އައީ ކޮވިޑް-19 އާ ގުޅިގެން އެ އިންތިޚާބު އެއް އަހަރަށް ފަސްކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލް، އިއްޔެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރެއްވުމުންނެވެ. އެހެންވެ، އާންމު އުސޫލުން ރޯދަ މަސް ފެށުމުގެ ކުރިން ދޭންޖެހޭ ރޯދަ އިނާޔަތް އެ މުވައްޒަފުންނަށް އޮތީ ނުލިބި އެވެ.
އެކަމާ ގުޅިގެން ސީއެސްސީން ނެރުނު ބަޔާނެއްގައި ވަނީ ރޯދަ މަސް ފެށޭއިރު އޮފީހަށް ޚިދުމަތް ނުލިބޭ ގޮތަށް ހުރި މުވައްޒަފަކު ރޯދަ މަސް ފެށުނު ފަހުން މަސައްކަތަށް ނުކުމެއްޖެ ނަމަ، އެ މީހަކަށް ރޯދަ އިނާޔަތް ދޭނީ މަސައްކަތަށް ނުކުންނަ ދުވަހުން ފެށިގެން ރޯދަ މަސް ނިމޭ ދުވަހާ ހަމައަށްޖެހޭ އަދަދެއް ބެލުމަށް ފަހު، އެ އަދަދަކަށް ކަމަށް ފިނޭންސް މިނިސްޓްރީން އަންގާފައިވާ ކަމަށެވެ. އެހެންވެ، އިންތިޚާބަށް ކުރިމަތިލުމުން ސަސްޕެންޑްކުރި މުވައްޒަފުންނަށް އިއްޔެ އިން ފެށިގެން ރޯދަ މަހުގެ އިނާޔަތް ދެވޭނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން މި ދުވަސްވަރު އޮފީސްތަކުގެ މަސައްކަތްތައް ކުރަމުން ދަނީ ޚާއްސަ އުސޫލުތަކެއްގެ ތެރެއިން ކަމަށް ވާތީ، ސަސްޕެންޝަން އުވުމަށް ފަހު މަސައްކަތްކުރާ މުވައްޒަފުން ވެސް އެ އުސޫލުގެ މަތިން އޮފީސްތަކުގެ ވެރިން އަންގާ ގޮތަށް އަމަލުކުރަން ޖެހޭނެ ކަމަށް ސީއެސްސީން ބުނެ އެވެ. އަދި ގާނޫނު އޮތްގޮތުން އިންތިޚާބު އަލުން އިއުލާން ކުރެވެންދެން ކެމްޕެއިންގެ އެއްވެސް ހަރަކާތެއް ކުރިއަށް ނުގެންދެވޭނެ ކަން ވެސް އެ ކޮމިޝަނުން ކޮށްފައިވެ އެވެ.
އިންތިޚާބު ފަސް ކުރިޔަސް، އިންތިޚާބަށް ކުރިމަތިލި މުވައްޒަފުންގެ ސަސްޕެންޝަންގައި ތިބުމުން އެކަމަށް ހައްލެއް ހޯދަން ސީއެސްސީން ކުރިން ހައި ކޯޓަށް ވެސް މައްސަލައެއް ހުށަހެޅި އެވެ. އެކަމަކު ހައި ކޯޓުން އެ މައްސަލަ ބަލައެއް ނުގަތެވެ.
އިންތިޚާބު ފަސްކުރުމުގެ އިތުރުން މިހާރު ތިބި ކައުންސިލް މެމްބަރުންގެ ދައުރު އާ ކައުންސިލް މެމްބަރުން އިންތިޚާބު ކުރެވެންދެން ދެމިގެންދާ ގޮތަށް ވެސް މަޖިލީހަށް ބިލެއް އޮތީ ހުށަހަޅައިފަ އެވެ. އެކަމަކު އެ ބިލް އަދި ފާހެއް ނުކުރެ އެވެ.
ސިވިލް ސާވަންޓުންގެ މައްސަލަ ހައި ކޯޓުން ބަލައެއްނުގަތް
"ޕްރައިމަރީގައި ވާދަކުރިޔަސް، ސަސްޕެންޝަނެއް ނޯންނާނެ"
ސަސްޕެންޑްވި ސިވިލް ސާވަންޓުންނަށް ހައްލެއް ބޭނުން
ބިލް އޮތީ ސިވިލް ސާވަންޓުންގެ ސަސްޕެންޝަން އުވޭ ގޮތަށް
މިނިސްޓްރީތައް އެއްކުރުމުން 2ޕީއެސްގެ މަގާމު ގެއްްލިއްޖެ
ދިވެހި ބަހުގެ މިނިސްޓްރީ އަށް އާ ޕީއެސްއެއް
ޝޫޒާ ވަޒީފާއިން ވަކިވާން މަޖުބޫރުކުރި މައްސަލަ ބަލަނީ
ބުލީކުރާ ކަމަށް ބުނާ ޕީއެސްއެއްގެ މައްސަލަ ބަލަނީ
ސުލްތާނާ އަނެއްކާވެސް އޭޖީ އޮފީހުގެ ޕީއެސްގެ މަގާމަށް
ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކުރަން ހިމަނައިފި