Roadha Mihaaru
ލޮކްޑައުން މި މަހުގެ 28 ގެ ނިޔަލަށް އިތުރުކޮށްފި

ލޮކްޑައުންގެ މުއްދަތު މި މަހުގެ 28 ގެ ނިޔަލަށް އިތުރުކޮށްފި

14 މެއި 2020

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން މާލެ ސަރަހައްދުގެ ލޮކްޑައުންގެ މުއްދަތު މި މަހުގެ 28 ގެ ނިޔަލަށް ދަންމަން ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ދެންމެ ނިންމަވައިފި އެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން މާލެ ސަރަހައްދުގެ ލޮކްޑައުންގެ މުއްދަތު މި މަހުގެ 28 ގެ ނިޔަލަށް ދަންމަން ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ދެންމެ ނިންމަވައިފި އެވެ.

މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގެ ލޮކްޑައުންގެ މުއްދަތު އިތުރު ކުރުމަށް މީގެ ކުރިން މައިމޫނާ ނެރުއްވި އެންގުންތަކާ ޚިލާފަށް މި ފަހަރުގެ އެންގުމުގައި ވަނީ، ލޮކްޑައުން ދެންމުމުގެ ނިންމުމަށް ބަދަލު ގެނެސް ލުއިތަކެއް ގެނެވޭނެ ކަމަށެވެ.

ލޮކްޑައުންގެ މުއްދަތުގައި މަނާ ކަންކަން:

- އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗަށް ނުކުމެ އުޅުން.

- ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތް ދިނުން.

- މާލެ، ވިލިމާލެ، ހުޅުމާލެ އަދި ތިލަފުއްޓާއި ގުޅިފަޅަށް މީހުން އަރައި ފޭބުން.

އިސްތިސްނާ ފަރާތްތައް:

- ސިފައިންނާއި ފުލުހުން.

- ސިއްހީ ޚިދުމަތް ދޭ މުވައްޒަފުންނާއި އެ މީހުން ދުއްވާ އުޅަނދުފަހަރު.

- އެމްބިއުލާންސް.

- ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ފާސް ލިބިފައިވާ މީހުން.

- ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ފާސް ލިބިފައިވާ މީޑިއާގެ މީހުން.

- ފުލުހުން ހުއްދަ ދީފައިވާ ފަރާތްތައް.

މާލެ ސަރަހައްދުގެ ލޮކްޑައުން އިތުރު ކުރިކަން އަންގައި ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ މިރޭ އާންމު ކުރެއްވި އެންގުން.

މާލެ އިން ކޮވިޑް-19 ގެ މީހަކު ފުރަތަމަ ފަހަރަށް ފެނުމާ ގުޅިގެން، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މާލެ ސަރަހައްދު ފުރަތަމަ ލޮކްޑައުން ކުރީ މިދިޔަ މަހުގެ 15 ން ފެށިގެން 24 ގަޑިއިރަށެވެ. އެކަމަކު، އެ މުއްދަތު ހަމަވުމާ އެކު، މިދިޔަ މަހުގެ 17 ން ފެށިގެން އިތުރު 14 ދުވަހަށް ލޮކްޑައުން ދަންމައިލި އެވެ. އެއީ މިދިޔަ މަހުގެ 30 އާ ހަމއަށެވެ. ނަމަވެސް އެ މަހުގެ 30 ން ފެށިގެން މި މަހުގެ 14 އަށް ލޮކްޑައުންގެ މުއްދަތު އިތުރުކުރީ އެވެ. އެހެންކަމުން މިއީ މާލެ ސަރަހައްދުގައި ލޮކްޑައުންގެ މުއްދަތު އެޗްޕީއޭ އިން އިތުރުކުރި ހަތަރުވަނަ ފަހަރެވެ. އެހެންވެ، ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުން "ގޭބަންދު" މަހަކަށް ވުރެ ގިނަ ދުވަސް ވަންދެން ތިބޭނެ އެވެ.

މާލޭގެ ލޮކްޑައުންގެ މުއްދަތުގައި މިހާތަނަށް ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 900 އަށް ވުރެ މަތިވެފަ އެވެ. މިދިޔަ މާޗް 7 ން ފެށިގެން މިހާތަނަށް ރާއްޖެ އިން 955 މީހަކު އެ ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު އެންމެ ގިނައީ މާލެ އިން އެ ބަލި ޖެހުނު މީހުންނެވެ. ކޮވިޑް-19 އަށް ޕޮޒިޓިވްވި ދިވެހިންގެ އަދަދު 300 ގައި އުޅޭއިރު، ރާއްޖޭގައި މަސައްކަތް ކުރާ މީހުންގެ އަދަދު މިހާރު ވަނީ 500 އަށް ވުރެ މަތިވެފަ އެވެ. ރާއްޖެ އިން އެންމެ ގިނައިން ޕޮޒިޓިވްވް ވީ ވެސް ބަންގްލަދޭޝްގެ މީހުންނެވެ. ދެން އެންމެ ގިނައީ އިންޑިއާގެ މީހުންނެވެ. އެ ގައުމުގެ 98 މީހަކަށް މިހާތަނަށް ވަނީ ކޮވިޑް-19 ޖެހިފަ އެވެ.