Roadha Mihaaru
ލޮކްޑައުން ލުއިކުރާނީ އާންމުގެ ތައްޔާރީއަށް ބަލާފައި

ލޮކްޑައުން ލުއިކުރާނީ އާންމުންގެ ތައްޔާރީއަށް ބެލުމަށް ފަހު: އެޗްޕީއޭ

18 މެއި 2020

ކޮވިޑް-19 ފެތުރޭތީ ރާއްޖޭގައި މިހާރު އަަޅާފައިވާ ލޮކްޑައުންގެ އުސޫލުތަކަށް ލުޔެއް ގެންނާނީ އާންމުން އެ ކަމަށް ތައްޔާރުވެފައިވާ ވަރަށް ބަލާފައި ކަމަށާއި ގޮތެއް ނިންމޭނީ ލޮކްޑައުންގެ މުއްދަތު ހަމަވާއިރު، ކަންކަން ހުންނަ ބޮތަށް ބަލާފައި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑް-19 ފެތުރޭތީ ރާއްޖޭގައި މިހާރު އަަޅާފައިވާ ލޮކްޑައުންގެ އުސޫލުތަކަށް ލުޔެއް ގެންނާނީ އާންމުން އެ ކަމަށް ތައްޔާރުވެފައިވާ ވަރަށް ބަލާފައި ކަމަށާއި ގޮތެއް ނިންމޭނީ ލޮކްޑައުންގެ މުއްދަތު ހަމަވާއިރު، ކަންކަން ހުންނަ ބޮތަށް ބަލާފައި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ބޭއްވި މީޑިއާ ބްރީފިންގައި "މިހާރު"ން ކުރި ސުވާލަކާ ގުޅިގެން، އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ މިހާރު އޮތް ލޮކްޑައުންގެ މުއްދަތު ނިމޭ އިރު އެއްކުރެވޭ ޑޭޓާތަކުން، ކޮވިޑް-19 ރާއްޖޭގައި ފެތުރުމުގެ ހާލަތު އޮތް ގޮތުގެ ކޮންމެވެސް ވަރެއްގެ މައުލޫމާތު ތަކެއް ލިބޭނެ ކަމަށެވެ. ލޮކްޑައުންގެ މުއްދަތު ނިމޭ އިރު އަންނާނެ ކަމަށް ކުރިން ލަފާކުރި ސާޖް އަތުވެއްޖެ ނަމަ އެ މުއްދަތު ފަހަރެއްގައި އިތުރު ވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެޗްޕީއޭ އިން އެންމެ ފަހުން ކަނޑައަޅާފައިވާ ގޮތުން، މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި މިދިޔަ މަހުގެ 15 ން ފެށިގެން އިއުލާން ކޮށްފައިވާ ލޮކްޑައުންގެ މުއްދަތު ހަމަވާނީ މި މަހުގެ 28 ގަ އެވެ.

އަފްޒަލް ވިދާޅުވި ގޮތުގައި، ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅުތައް ލުއިކުރާ ނަމަ އާއްމުން ތިބީ އެ ކަމަށް ތައްޔާރުވެފައިތޯ ވެސް ބަލަން ޖެހެ އެވެ. އާއްމުންނަށް އެ ހާލަތުގައި ލިބެން ޖެހޭ އިރުޝާދުތަަކަށް އަމަލުކުރާ މިންވަރާއި ލޮކްޑައުން ދޫކޮށްލާނީ ފިޔަވަހިތަކަށް ބަހާލައިގެންތޯ ނުވަތަ ނޫންތޯން ވެސް ނިންމަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ އެ ކަންތައްތައް އަޅުގަނޑުމެންގެ އެންއީއޯސީގެ ލެވެލްގައި ވަރަށް ބޮޑަށް މަޝްވަރާ ކުރެވިގެން ޑެސިޝަނަކަށް އާދެވޭނީ،" އަފްޒަލް ވިދާޅުވި އެވެ.

"މި ގޮތަށް އަޅުގަނޑުމެންނަށް ފެންނަ ނަމްބަރު އޮފް ކޭސަސް ޑެއިލީކޮށް މަދުވަމުންދާ ކަމަށް ވެއްޖިއްޔާ އެ އިން ދޭހަކޮށްދޭ އެކައްޗަކީ އަޅުގަނޑުމެންގެ ކޮންޓެއިންމެންޓް މެޝާސްގެ އިފެކްޓިވްނަސް އެބަ ރަނގަޅުވެއޭ. މާނައަކީ ހުރިހާ ދިމާލަކުން ހަރަކާތްތެރިވާ މީހުން މި ނަގާ ފިޔަވަޅުތައް، އިފެކްޓިވްކޮށް އަޅުގަނޑުމެން ދޭ އިރުޝާދަށް ގައުމުގެ މީހުން އަމަލުކުރަން ފަށައިފިއޭ،" - ޑރ. އަފްޒަލް

އޭނާ ވިދާޅުވިގޮތުގައި މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ރަނގަޅު އަސަރު ފެންނަ ކަމަށް ބެލެވޭނީ ކޮވިޑްގެ ކޭސްތައް ފެންނަ މިންވަރު ދުވަހުން ދުވަހަށް މަދުވާ ނަމަ އެވެ. އޭރުން އެ ދައްކައިދެނީ ފިޔަވަޅުތަކަށް މީހުން އަހުލުވެރިވެ، އަމަލު ކުރަމުންދާ ކަން ކަމަށާއި އެއީ ލޮލްޑައުން ފިިޔަވަޅު އުވައިލުމާ މެދު މަޝްވަރާ ކުރެވިދާނެ ހާލަތެއް ކަމަށް ވެސް ވިދާޅުވި އެވެ.

ނެޝަަނަލް އިމަޖެެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި މީޑިއާ ބްރީފިން ގައި އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވާހަކަ ދައްކަވަނީ. އޭނާ ވިދާޅުވީ ލޮކްޑައުންއާ މެދު ގޮތެއް ނިންމާނީ މުއްދަތު ހަމަވާއިރު ހާލަތު އޮންނަ ގޮތަށް ބަލާފައި ކަމަށް.

ނެޝަަނަލް އިމަޖެެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި މީޑިއާ ބްރީފިން ގައި އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވާހަކަ ދައްކަވަނީ. އޭނާ ވިދާޅުވީ ލޮކްޑައުންއާ މެދު ގޮތެއް ނިންމާނީ މުއްދަތު ހަމަވާއިރު ހާލަތު އޮންނަ ގޮތަށް ބަލާފައި ކަމަށް.

"މި ގޮތަށް އަޅުގަނޑުމެންނަށް ފެންނަ ނަމްބަރު އޮފް ކޭސަސް ޑެއިލީކޮށް މަދުވަމުންދާ ކަމަށް ވެއްޖިއްޔާ އެއިން ދޭހަކޮށްދޭ އެކައްޗަކީ އަޅުގަނޑުމެންގެ ކޮންޓެއިންމެންޓް މެޝާސްގެ އިފެކްޓިވްނަސް އެބަ ރަނގަޅުވެއޭ. މާނައަކީ ހުރިހާ ދިމާލަކުން ހަރަކާތްތެރިވާ މީހުން މި ނަގާ ފިޔަވަޅުތައް، އިފެކްޓިވްކޮށް އަޅުގަނޑުމެން ދޭ އިރުޝާދަށް ގައުމުގެ މީހުން އަމަލުކުރަން ފަށައިފިއޭ،" އަފްޒަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މާލެ ސަރަހައްދުގެ ލޮކްޑައުން ދަމަހައްޓަން އެންމެ ފަހު ކަނޑައެޅި 14 ދުވަހުގެ މުއްދަތު ހަމަވާ އިރު، މަންޒަރު އެ ގޮތަށް ފެންނަ ނަމަ ލޮކްޑައުން އިތުރަށް ދަމަހައްޓާނީތޯ ނުވަތަ ނޫންތޯ އެންއީއޯސީން މަތީ ފެންވަރުވައި މަޝްވަރާ ކުރާނެ ކަމަށެވެ.

އެޗްޕީއޭއިން ކުރިން ލަފާކޮށްފައިވާ ގޮތުގައި މިމަސް ނިމޭ އިރު ރާއްޖޭގައި ކޮވިޑްގެ ޕީކަށް ދާނެ އެވެ. އެ ހިސާބަށް ދާއިރު އެއް ފަހަރާ 6،000 މީހުންނަށް ބަލިޖެހިފައި ތިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އެކަމަކު، މިހާރުގެ ހާލަތަށް ބަލައި އެ އަންދާޒާ މުރާޖައާ ކުރާނެ ކަމަށް ކުރިން ވަނީ ބުނެފަ އެވެ. ރާއްޖޭން ބަލި ޖެހުނު މީހުންގެ އަދަދަކީ މިހައިތަނަށް 1،090 އެވެ. އޭގެ ތެރެއިން 59 މީހަކު ރަނގަޅުވި އިރު ހަތަރު މީހަކު ވަނީ މަރުވެފަ އެވެ.