ގަވައިދާހިލާފަށް ރާއްޖޭގައި އުޅެމުން ދިޔަ ބަންގްލަދޭޝްގެ 67 މީހަކު މިއަދު އަނބުރާ އެ ގައުމަށް ފޮނުވާލައިފި އެވެ.
17 މެއި 2020
ގަވައިދާހިލާފަށް ރާއްޖޭގައި އުޅެމުން ދިޔަ ބަންގްލަދޭޝްގެ 67 މީހަކު މިއަދު އަނބުރާ އެ ގައުމަށް ފޮނުވާލައިފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ އެ މީހުން އެނބުރި ބަންގްލަދޭޝް އަށް ދިޔައީ ކާނާ އާއި ސިއްހީ ބައެއް ތަކެތި ހިފައިގެން ރާއްޖެ އަށް އިއްޔެ އައި ބަންގްލަދޭޝްގެ ވައިގެ ސިފައިންގެ މަތިންދާބޯޓުގައި ކަމަށެވެ.
ސައްހަ ލިޔެކިއުން ނެތި ރާއްޖޭގައި އުޅުނު ބަންގްލަދޭޝްގެ 335 މީހަކު އިއްޔެ ވެސް ވަނީ އެ ގައުމަށް ފޮނުވާލައިފަ އެވެ. އެ މީހުން ފޮނުވާލާފައި ވަނީ ރާއްޖޭން ޗާޓަރުކުރި ބަންގްލާދޭޝްގެ ގައުމީ އެއާލައިން ބިމާންގެ ފްލައިޓެއްގަ އެވެ. ފޮރިން މިނިސްޓްރީން އިއްޔެ ބުނީ ބަންގްލަދޭޝްގެ ވައިގެ ސިފައިންގެ މަތިންދާބޯޓް މިއަދު ފުރާ އިރު އެ ގައުމުގެ 70 މީހުން ދާނެ ކަމަށެވެ. އޭގެ ތެރެއިން ތިން މީހަކަށް އެކި ސަބަބުތަކާ ހެދި ފުރޭގޮތް ނުވީ ކަމަށް އެ މިނިސްޓްރީން މިއަދު ބުންޏެވެ.
ސަރުކާރުން ކުރިން ބުނެފައި ވަނީ ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އާއި ބަންގްލަދޭޝްގެ ގައުމީ އެއާލައިން، ބިމާން އެއާލައިން ގުޅިގެން ކުރާ ދަތުރުގައި 500 އަށް ވުރެ ގިނަ މީހުން ބަންގްލަދޭޝް އަށް ގެންދާނެ ކަމަށެވެ. އިއްޔެ ފޮނުވައިލި 335 މީހުންނަކީ އޭގެ ތެރެއިން ބައެެކެވެ.
ރާއްޖޭގައި މަސައްކަތް ކުރާ ބަންގަލަދޭޝްގެ 1،500 މީހަކު އަނބުރާ ފޮނުވައިލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ. ކޮވިޑް-19 ފެތުރޭތީ އެންމެ ފަހުން ގައުމާ މުހާތަބު ކުރެއްވި ދުވަހު އެ މަނިކުފާނު ވިދާޅުވީ ބަންގްލަދޭޝްގެ މީހުން ފޮނުވައިލުމުގެ މަސައްކަތް ކުރިއަށް ގެންދަނީ އެ ގައުމުގެ ސަރުކާރާ ވާހަކަ ދައްކައިގެން ކަމަށެވެ.
ސައްހަ ލިޔެކިއުންތައް ނެތި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު 60،000 އަށް ވުރެ ގިނަ އެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ބަންްގްލަދޭޝް މީހުންނެވެ.
ބުޅާ މަހުން ކާތަކެތި ތައްޔާރުކުރާ ބިދޭސީއަކު ހޯދަނީ
ބަންގްލަދޭޝްގެ 3،300 އަށްވުރެ ގިނަ މީހުން ގައުމަށް
ބަންގްލަދޭޝްގެ އިތުރު 200 މީހަކު ފޮނުވާލައިފި
ބަންގްލަދޭޝްގެ 1،000 މީހުން މިހާތަނަށް ފޮނުވާލައިފި
300 އަށް ވުރެ ގިނަ ބަންގްލަދޭޝް މީހުން ފޮނުވާލައިފި
ބަންގްލާދޭޝްގެ އިތުރު 353 މީހަކު ފޮނުވާލައިފި
ބަންގްލަދޭޝްގެ 500 އަށް ވުރެ ގިނަ މީހުން ފޮނުވާލަނީ
ފުރުވާލާ ބަންގްލަދޭޝް މީހުން ހުޅުމާލެއަށް ގެންގޮސްފި
ބަންގްލަދޭޝް ލޭބަރުން ގެނައުން އަނެއްކާ ހަރުކަށިކޮށްފި
23 އަންހެނަކު ގެނެސް ހަށިވިއްކި ނެޓްވޯކެއް އަތުލައިފި