Roadha Mihaaru
73 ވަނަ ވޯލްޑް ހެލްތު އެސެމްބްލީ ފަށައިފި

ވޯލްޑް ހެލްތު އެސެމްބްލީ ފަށައިފި، މައުލޫއަކީ ކޮވިޑް-19

18 މެއި 2020

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ސިޔާސަތުތައް ކަނޑައަޅަން، މެމްބަރު ހުރިހާ ގައުމެއްގެ ސިއްހީ އިސްވެރިން ބައިވެރިިކޮށްގެން ބާއްވާ 73 ވަނަ ވޯލްޑް ހެލްތު އެސެމްބްލީ މިއަދު ފަށައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ސިޔާސަތުތައް ކަނޑައަޅަން، މެމްބަރު ހުރިހާ ގައުމެއްގެ ސިއްހީ އިސްވެރިން ބައިވެރިިކޮށްގެން ބާއްވާ 73 ވަނަ ވޯލްޑް ހެލްތު އެސެމްބްލީ މިއަދު ފަށައިފި އެވެ.

ކޮވިޑް-19 ފެތުރޭތީ ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކާ އެކު، ބޮޑަށް ވާޗުއަލްކޮށް ކުރިއަށް ގެންދާ މި އަހަރުގެ ވޯލްޑް ހެލްތު އެސެމްބްލީގައި ރާއްޖޭގެ ފަރާތުން ބައިވެރިވި ވަފްދުގައި އިސްކޮށް ހުންނެވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ. އެ މިނިސްޓްރީގެ އިސް އެހެން ބައެއް ބޭފުޅުންނާއި ކޮވިޑް-19އާ ގުޅިގެން ފަންނީ ލަފާއަރުވާ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ގެ ޑޮކްޓަރުންނާއި ޖެނީވާގައި ހުންނަ ރާއްޖޭގެ މިޝަންގެ ބޭފުޅުން ވެސް ރާއްޖޭގެ ވަފުދުގައި ހިމެނެ އެވެ.

ޖެނީވާގައި މިއަދު ފެށި ވޯލްޑް ހެލްތު އެސެމްބްލީ. މިފަހަރުގެ މައުލޫއަކީ ކޮވިޑް-19 ރެސްޕޮންސް

ޖެނީވާގައި މިއަދު ފެށި ވޯލްޑް ހެލްތު އެސެމްބްލީ. މިފަހަރުގެ މައުލޫއަކީ ކޮވިޑް-19 ރެސްޕޮންސް

މި ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަމީން ތަގުރީރު ކުރައްވާނީ މިރޭގެ އިރާކޮޅުގެ ވަގުތެއްގަ އެވެ.

މި އަހަރުގެ ބައްދަލުވުމުގައި މިނިސްޓަރުންނާއި ހާއްސަ މެހުމާނުންގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާ މާހިރުުން ތަގްރީރުކުރައްވާނީ "ކޮވިޑް-19 ރެސްޕޮންސް" (ކޮވިޑް ފެތުރެން ފެށުމުން އަމަލުކުރި ގޮތް) ބެހޭގޮތުންނެވެ.

ވޯލްޑް ހެލްތު އެސެމްބްލީ އަކީ މީގެ ކުރިން ސްވިޓްޒަރލޭންޑްގެ ޖެނީވާ ކޮންމެ އަހަރަކު ވެސް ހަފްތާއެއްހާ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ބައްދަލުވުމެކެވެ. އެކަމަކު މި އަހަރު އެ އެސެމްބްލީ ބާއްވާނީ މިއަދުން ފެށިގެން ދެ ދުވަހުގެ މުއްދަތަށެވެ. އެ ގޮތުން ދުވާލަކު ތިން ސެގްމެންޓް ކުރިއަށް ގެންދާނެ އެވެ.

ހެލްތު މިނިސްޓްރީގެ ޓުވީޓް

ޑަބްލިއުއެޗްއޯގެ މެމްބަރު 194 ގައުމު ބައިވެރިވެގެން ބާއްވާ މި އަހަރުގެ ބައްދަލުވުމުގައި ކޮވިޑް-19އާ ގުޅޭގޮތުން ހެލްތު މިނިސްޓަރުން އެކުލަވައިލައްވާ އެއްބަސްވުމެއްގައި ސޮއިކުރައްވާނެ އެވެ.