Roadha Mihaaru
ތުއްތު ކުއްޖާގެ ހާލަތު ނޭނގި އާއިލާ ހާސްކަމުގައި

ތުއްތު ކުއްޖާގެ ހާލަތު ނޭނގި ބެލެނިވެރިން ހާސްކަމުގައި!

19 މެއި 2020

ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި އުމުރުން 17 ދުވަހުގެ ތުއްތު ކުއްޖާގެ ނަތީޖާ ޔަގީން ނުވެ އާއިލާއިން ހާސްކަމެއްގައި ތިބި ކަމަށް ކުއްޖާގެ މައިންބަފައިން މިރޭ ބުނެފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި އުމުރުން 17 ދުވަހުގެ ތުއްތު ކުއްޖާގެ ނަތީޖާ ޔަގީން ނުވެ އާއިލާއިން ހާސްކަމެއްގައި ތިބި ކަމަށް ކުއްޖާގެ މައިންބަފައިން މިރޭ ބުނެފި އެވެ.

އެންމެ 17 ދުވަސްވީ ކުއްޖަކު މި ބައްޔަށް ޕޮޒިޓިވްވިކަން އެޗްޕީއޭ އިން ހާމަކުރީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެ ކުއްޖާ އަކީ ޕޮޒިޓިވް ކޭސްއެއްގެ ޑައިރެކްޓް ކޮންޓެކްޓެއް ކަމަށް ވެސް އެޗްޕީއޭ އިން އޭރު ބުނެއިވެ އެވެ.

ކުއްޖާގެ ދެވަނަ ޓެސްޓެއް ހަދާފައިވާއިރު، އެ ޓެސްޓުގެ ނަތީޖާއާ ގުޅިގެން މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި "މިހާރު" ން ކުރި ސުވާލަށް އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ކުއްޖާގެ ނަތީޖާ ސާފު ނޫން ކަމަށެވެ.

"[ސުވާލާ ގުޅިގެން އެހެން މީހަކާ ވާހަކަ ދައްކަމުން] ކުއްޖާގެ ނަތީޖާ ނެގެޓިވް.... ނޫން؟ އޯކޭ، ތި ސުވާލުގެ ޖަވާބު ފަހުން ދޭނަން،" ޑރ. އަފްޒަލް ވިދާޅުވި އެވެ.

ނަމަވެސް މިރޭގެ ޕްރެސް ބްރީފިން ނިމިގެން ދިޔައީ ސުވާލުގެ ޖަވާބު ސާފު ނުވެ އެވެ.

މިކަމާ ގުޅިގެން ބެލެނެވެރިންގެ ހުރި ކަންބޮޑުވުންތައް ކުއްޖާގެ މަންމަ ވަނީ "މިހާރު"އާ ހިއްސާކޮށްފަ އެވެ.

އޭނާ ބުނި ގޮތުގައި ބައްޔަށް ޕޮޒިޓިވްވެ ކުއްޖާއާ ޑައިރެކްޓް ކޮންޓެކްޓްވެފައި ވަނީ ކުއްޖާގެ ބޮޑު ބޭބެއެއް ކަމަށެވެ. އެކަން އެޗްޕީއޭ އަށް ގުޅާފައި އެންގީ ވެސް އަމިއްލަ އަށް ކަމަށް ބުންޏެވެ.

"މި މަހުގެ 11 ވަނަ ދުވަހު އެންގީ، ވަގުތުން ގެ މޮނިޓަރިން އަށް ލި. އެކަމަކު ޓެސްޓެއް ނުކުރޭ ބުނީ ސިމްޓަމްސް އަށް [އަލާމަތްތަކަށް] ބަލަން" ކުއްޖާގެ މަންމަ ކިޔައިދިނެވެ.

"ސަތާރަ ވަނަ ދުވަހު ގެއިން ދައްތައެއް ގުޅާފައި ބުނީ ގޭ އެންމެންގެ ނަތީޖާ ނެގެޓިވްއޭ، އަޅުގަނޑާއި ފިރިމީހާގެ ވެސް ނެގެޓިވްއޭ، އެކަމަކު ބޭބީ އަށް ވާގޮތެއް ނޭނގެއޭ. އެކަމަކު އަޅުގަނޑުމެންނަށް އެކަމާ ގުޅޭ އެއްވެސް އެއްޗެއް ނާންގާ، އެންމެ ކުޑަމިނުން އަޅުގަނޑުމެންގެ ނަތީޖާ ވެސް ނާންގާ،" ކުއްޖާގެ މަންމަ

އޭނާ ކިޔައިދިން ގޮތުގައި، ބައްޔަށް ޕޮޒިޓިވްވި ބޮޑުބޭބެއަކީ ވެސް އެސިމްޓޮމެޓިކް ކޭސް އެކެވެ. އެހެންވީމާ ކުއްޖާގެ ބަލަންވީ ކޮން ކަންކަމަކަށްތޯ އެހުމުން އެކަން ސާފުކޮށްދީފައިވާ ކަމަށް ބުންޏެވެ. ކުއްޖާ ޓެސްޓު ކުރީ އޭގެ ތިން ދުވަސް ފަހުން ކުއްޖާ ނޭވާލާއިރު އަޑުކިޔާތީ (ވީޒިން) ކަމަށް ބުންޏެވެ. ކުއްޖާގެ ފުރަތަމަ ޓެސްޓު ހެދިއިރު، މަންމަ އާއި ބައްޕަގެ ޓެސްޓު ވެސް ހަދަައިދޭން އެދުމުން ވެސް އެޗްޕީއޭ އިން އެއްބަސްނުވި ކަމަށް ބުންޏެވެ.

"ސާދަ ވަނަ ދުވަހު ސާމްޕަލް ނެގީ، ބުނީ ހައިރިސްކް ކޭސް އެކޭ ބޭބީއެއްވީމަ، އެންމެ ލަސްވެގެން 24 ގަޑި އިރު ތެރޭ ނަތީޖާ ދޭނަމޭ، އެކަމަކު 16 ވަނަ ދުވަހު ވެސް ނަތީޖާ ނުލިބޭ. އެންމެ ފަހުން އަޅުގަނޑު ގުޅާފައި އެހީމާ ބުނީ ނަތީޖާ ޕޮޒިޓިވް ކަމަށް،" މަންމަ ކިޔައިދިނެވެ.

ކުއްޖާގެ ނަތީޖާ ޕޮޒިޓިވް ވުމުން ވަގުތުން ގޮސް އެ ގޭގެ އެހެން ފްލޯތަކުގައި އުޅޭ އާއިލާގެ މެމްބަރުންނާ އެކު ޖުމްލަ އަށް މީހުންގެ ސާމްޕަލް އެޗްޕީއޭ އިން ނަގައި އެރޭ ފަތިހު މަންމަ ބައްޕަ އަދި ދަރިފުޅު ކަރަންޓީން ފެސިލިޓީ އަށް ގެންދިޔަ ކަމަށް މަންމަ ބުންޏެވެ. އެ ސާމްޕަލް ތެރޭގައި ކުއްޖާގެ ދެވަނަ ސާމްޕަލް ވެސް ނެގި ކަމަށް ބުނެ އެވެ.

ކުއްޖާގެ ދެވަނަ ޓެސްޓެއް ހަދާފައިވާއިރު، އެ ޓެސްޓުގެ ނަތީޖާއާ ގުޅިގެން މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި "މިހާރު" ން ކުރި ސުވާލަށް އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ކުއްޖާގެ ނަތީޖާ ސާފު ނޫން ކަމަށެވެ.

"ސަތާރަ ވަނަ ދުވަހު ގެއިން ދައްތައެއް ގުޅާފައި ބުނީ ގޭ އެންމެންގެ ނަތީޖާ ނެގެޓިވްއޭ، އަޅުގަނޑާއި ފިރިމީހާގެ ވެސް ނެގެޓިވްއޭ، އެކަމަކު ބޭބީ އަށް ވާގޮތެއް ނޭނގެއޭ. އެކަމަކު އަޅުގަނޑުމެންނަށް އެކަމާ ގުޅޭ އެއްވެސް އެއްޗެއް ނާންގާ، އެންމެ ކުޑަމިނުން އަޅުގަނޑުމެންގެ ނަތީޖާ ވެސް ނާންގާ،" އޭނާ ކިޔާދިނެވެ.

"އެ ހިސާބުން އަޅުގަނޑު އަނެއްކާ ވެސް އެޗްޕީއޭ އަށް ގުޅިން، ބުނީ އާއިލާ އެންމެންގެ ނަތީޖާ ނެގެޓިވްއޭ އެކަމަކު ބޭބީގެ އެއްވެސް އަޕްޑޭޓެއް ނެތޭ."

އެ ދުވަހުން ފެށިގެން އެޗްޕީއޭއާ ގުޅައި ނަތީޖާ އަށް އެދޭތާ ދެ ދުވަސްވެފައިވާއިރު އަދިވެސް ކުއްޖާގެ އެއްވެސް އަޕްޑޭޓެއް ލިބިފައި ނުވާ ކަމަށް މަންމަ ބުންޏެވެ.

"ނަތީޖާ ނޭނގި މިހެން ތިބެން ޖެހުމުން ކަންބޮޑުވާ ވަރު ބުނެދޭން ވެސް ނޭނގޭ. އެއީ އަޅުގަނޑުމެންގެ ފުރަތަމަ ދަރިފުޅު. އޭނާ އަށް ތަނަކަށް ތަދުވިޔަސް ކަމެއް ވިޔަސް ކިޔައިދޭން ވެސް ނޭނގޭނެ" ކުއްޖާގެ މަންމަ ބުންޏެވެ.

އޭނާ ބުނީ މިފަދަ ހައްސާސް ވަގުތުތަކުގައި މައްސަލައެއް ދިމާވެދާނެކަން ގަބޫލުކުރާ ކަމަށެވެ. އެހެންވެ، އެދެނީ ކޮންމެ ކަމެއްވީ ކަމުގައިވިޔަސް ހަގީގަތަށް ކިޔައިދިނުމަށެވެ. ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް ވެސް ދޭނެ ކަމަށް މަންމަ ބުންޏެވެ.