21 މެއި 2020
ނިއު ދިއްލީ (މެއި 21) - ކޮރޯނާވައިރަހާ ގުޅިގެން އިންޑިއާގެ އެތެރޭގެ ވައިގެ ދަތުރުތައް ހުއްޓާލާފައި އޮންނަތާ ދެ މަސް ދުވަހަށް ފަހު މި މަހު 25 އިން ފެށިގެން ދަތުރުތައް އަލުން ފަށަން ނިންމައިފަ އެވެ.
ނިއު ދިއްލީ (މެއި 21) - ކޮރޯނާވައިރަހާ ގުޅިގެން އިންޑިއާގެ އެތެރޭގެ ވައިގެ ދަތުރުތައް ހުއްޓާލާފައި އޮންނަތާ ދެ މަސް ދުވަހަށް ފަހު މި މަހު 25 އިން ފެށިގެން ދަތުރުތައް އަލުން ފަށަން ނިންމައިފަ އެވެ.
ބައިނަލްއަގުވާމީ ދަތުރުތަކާ އެކު އިންޑިއާ އިން އެތެރޭގެ އުދުހުންތައް ހުއްޓާލީ މާޗް 25 ގަ އެވެ. އިންޑިއާ ލޮކްޑައުން ކުރީ ވެސް މާޗް 25 ގަ އެވެ. ލޮކްޑައުން މިހާރު ވަނީ މި މަހުގެ ނިޔަލަށް އިތުރުކޮށްފަ އެވެ.
ސިވިލް އޭވިއޭޝަން މިނިސްޓަރު ހަރްދީޕް ސިންގް ޕޫރީ ވިދާޅުވީ މެއި 25 ގައި އޮޕަރޭޝަން ފެށުމަށް ހުރިހާ އެއާޕޯޓްތަކަށާއި އެއާލައިންތަކަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް ބައިނަލްއަގުވާމީ ދަތުރުތައް ފަށާނެ އިރެއް އަދި ނޭނގެ އެވެ.
އިންޑިއާގެ އެތެރޭގެ ދަތުރުތަކުގައި މިދިޔަ އަހަރު ވަނީ 144 މިލިއަން މީހުން އުފުލައިފަ އެވެ.
މީގެ ހަފުތާއެއްހާ ދުވަސްކުރިން ވަނީ އިންޑިއާގެ އެއް ސްޓޭޓުން އަނެއް ސްޓޭޓަށް ރޭލް ދަތުރުތައް ވެސް ފަށައިފަ އެވެ. އިންޑިއާގެ ރޭލް ނެޓްވޯކް ދުވާލަކު 20 މިލިއަން މީހުން ބޭނުން ކުރެ އެވެ.
އިންޑިއާގެ އެތެރޭގެ ވައިގެ ދަތުރުތައް ހުޅުވާލާ އިރު 1.3 ބިލިއަން މީހުންގެ އާބާދީއެއް އޮތް އިންޑިއާ އިން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ ވަނީ ރެކޯޑް އަދަދެއް ކަމަށްވާ 5،611 މީހުން ޕޮޒިޓިވްވެފަ އެވެ. އިންޑިއާ އިން މިހާތަނަށް ވަނީ 112,028 މީހުން ޕޮޒިޓިވްވެ 3,434 މީހުން މަރުވެފަ އެވެ.
އިންޑިއާގެ އެއާލައިންތަކަށް އިންޒާރު ދޭތީ ފިޔަވަޅުއަޅަނީ
އިންޑިއާގެ އެއާލައިންތަކަށް މި ހަފްތާގައި 12 އިންޒާރު
މުއްދަތު ހަމަވެފައިވާ އައިޑީ ބޭނުން ނުކުރެވޭނެ
އިންޑިއާ އިން ބައިނަލްއަގުވާމީ ދަތުރުތައް ފަށަނީ
ޓާޓާ: އެއާއިންޑިއާ ވޯލްޑް ކްލާސް އެއާލައިނަކަށް ހަދާނެ
އިންޑިއާގެ ވައިގެ ސިފައިން އަބަދު އެކްސިޑެންޓެއްގައި!
އިންޑިއާގެ ވިސްތާރާގެ ދަތުރުތައް ރާއްޖެއަށް ފަށަނީ
ހާއްސަ ހުއްދައިގެ ދަށުން 3000 ދިވެހިން އިންޑިއާއަށް
ރާއްޖެ-އިންޑިއާގެ ވައިގެ ދަތުރުތައް އިތުރުކުރަނީ
ބޮޑެތި ބޯޓު ޖެއްސޭވަރަށް ހަނިމާދޫ އެއާޕޯޓް ބޮޑުކުރަނީ