Roadha Mihaaru
ހައްގު ނުގެއްލޭ ގޮތަށް ފަސޭހައިން ޝަރީއަތް ކުރެވެންޖެހޭ

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ކުރަންޖެހޭނީ ދައުވާ ލިބޭ މީހުންގެ ހައްގު ނުގެއްލޭ ގޮތަށް: ޝަމީމް

22 މެއި 2020

ދައުވާ ލިބޭ މީހުންގެ ހައްގު ނުގެއްލޭ ގޮތަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް، ފަސޭހައިން ޖިނާއީ މައްސަލަތައް ކުރިއަށް ގެންދެވޭ ގޮތަށް ހަމަޖައްސަން ޖެހޭ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިރޭ ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ދައުވާ ލިބޭ މީހުންގެ ހައްގު ނުގެއްލޭ ގޮތަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް، ފަސޭހައިން ޖިނާއީ މައްސަލަތައް ކުރިއަށް ގެންދެވޭ ގޮތަށް ހަމަޖައްސަން ޖެހޭ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިރޭ ވިދާޅުވެއްޖެ އެވެ.

ޚާއްސަ ހާލަތްތަކުގައި ވީޑިއޯ ކޮންފަރެންސްކޮށް، ޝަރީއަތް ކުރިއަށް ގެންދެވޭ ގޮތަށް ސަރުކާރުގެ ފަރާތުން ވަނީ ޖިނާއީ އިޖުރައާތުގެ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފަ އެވެ.

އެ ބިލް ދިރާސާކުރާ ކުރަމުންދާ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި މިރޭ ބޭއްވި ބައްދަލުވުމުގައި އެ ކޮމިޓީގެ މެމްބަރުން ވަނީ ފަނޑިޔާރުގެ ކުރިމައްޗަށް ސީދާ ހާޒިރުކުރަން ނުޖެހޭ ގޮތަށް ހެދުމުން އިތުރު މައްސަލަތަކެއް ނުކުމެދާނެ ކަމަށް ވިދާޅުވެފަ އެވެ. އެ މީހެއްގެ ހާޒިރުގައި ޝަރީއަތް ކުރެވުމުގެ ހައްގު ބައެއް ގައުމުތަކުގައި މާނަކުރަނީ ފަނޑިޔާރުގެ ކުރިމައްޗަށް ސީދާ ގެންނަންޖެހޭ ގޮތަށް ކަމަށް ބައެއް މެމްބަރުން ވިދާޅުވި އެވެ.

ވީޑިއޯ ކޮންފަރެންސް ނިޒާމެއް އޮތުމުން ޚަރަދު ކުޑަވިޔަސް، އާންމު އުސޫލުން އެކަން ނުކުރެވޭ ގޮތަށް ހަދަންޖެހޭ ކަމަށް ބައެއް މެމްބަރުން ވިދާޅުވި އެވެ. ދަތުރުފަތުރާއި ޚަރަދު ބޮޑުވިޔަސް، އަދިވެސް އިސްކަން ދޭންޖެހޭނީ ޝަރީއަތަށް ފިޒިކަލީ ހާޒިރުވާން ޖެހޭ ގޮތަށް ހެދުމަށް ކަމަށާއި އެހެން ގައުމުތަކުގައި ވެސް އެގޮތަށް އަމަލު ކުރަނީ ސަބަބުތަކެއް ހުރުމުން ކަމަށް ވެސް މެމްބަރުން ވިދާޅުވި އެވެ.

"ހުރިހާ މައްސަލަތަކުގެ ވާހަކައެއް ނޫން. ވަރަށް ކުދި ކުދި މައްސަލަތައް އެބަހުރޭ އިބްތިދާއީ އަޑުއެހުން ކުރިއަށް ގެންދެވޭނެ މައްސަލަތައް އަދި ބައެއް ޝަރީއަތްތައް ކުރިއަށް ގެންދެވޭނެ މައްސަލަތައް. މި ދައްކަނީ ހެކިން ހާޒިރުކޮށް، ހެކިންނާ ސުވާލު ކުރުމުގެ މުޅި ޕްރޮސެސް އެއްކޮށް އޮންލައިންކޮށް ގެންދާ ވާހަކައެއް ނޫން،" ޝަމީމް

ޕީޖީ ޝަމީމް ވިދާޅުވީ ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތްތައް ކުރިއަށް ގެންދާ ގޮތަށް ހަމަޖައްސާއިރު، ދައުވާ ލިބޭ މީހާގެ ހައްގުތައް ނުގެއްލޭ ގޮތަށް އުސޫލުތަކެއް އޮންނަން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެކަމަކު ފަސޭހައިން ޝަރީއަތް ކުރެވޭނެ އިންތިޒާމްތަކެއް ވެސް އޮންނަން ޖެހޭ ކަމަށެވެ. އެފަދަ ނިޒާމެއް ގެނައުމުން މާލެ އިން ވަކީލުން ގެންދިއުމުގެ ބަދަލުގައި ޚަރަދު ކުޑަކޮށް ފަސޭހައިން ދިފާއީ ވަކީލުން ހޯދަން ފުރުސަތު ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޖިނާއީ މައްސަލައެއްގައި ޑިފެންސްގައި އެންމެ އަސާސީ ކަމަކީ އޭނާ ދިފާއުވުމަށް ވަކީލަކު ލިބުން. އެކަން އެބަ ހާސިލްވޭ،" ޝަމީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެ ބަދަލު ގެނަޔަސް، ދައުވާ ލިބޭ މީހާ ބޭނުންވާ ނަމަ، ފަނޑިޔާރުގެ ކުރިމައްޗަށް ސީދާ ހާޒިރުވުމުގެ ފުރުސަތު އޮންނާނެ އެވެ. އެ ބަދަލު ގެންނަނީ މުޅި ޝަރީއަތް ވީޑިއޯ މެދުވެރިކޮށް ކުރިއަށް ގެންދާ ގޮތަށް ނޫން ކަމަށް ޝަމީމް ވިދާޅުވި އެވެ. މާލެއިން ދިފާއީ ވަކީލުން ގެންދަން ދައުވާ ލިބޭ މީހާ ކުރަންޖެހޭ ޚަރަދުތައް ސަލާމަތްވުމުގެ އިތުރަށް މައްސަލަތައް އަވަހަށް ނިމިގެން ދިއުމަކީ ވެސް މުހިންމު ކަމެއް ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"ހުރިހާ މައްސަލަތަކުގެ ވާހަކައެއް ނޫން. ވަރަށް ކުދި ކުދި މައްސަލަތައް އެބަހުރޭ އިބްތިދާއީ އަޑުއެހުން ކުރިއަށް ގެންދެވޭނެ މައްސަލަތައް އަދި ބައެއް ޝަރީއަތްތައް ކުރިއަށް ގެންދެވޭނެ މައްސަލަތައް. މި ދައްކަނީ ހެކިން ހާޒިރުކޮށް، ހެކިންނާ ސުވާލު ކުރުމުގެ މުޅި ޕްރޮސެސް އެއްކޮށް އޮންލައިންކޮށް ގެންދާ ވާހަކައެއް ނޫން،" ޝަމީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިބްތިދާއީ އަޑުއެހުންތަކަށް ވީޑިއޯ ކޮންފަރެންސްކޮށް ގެންދެވޭ ގޮތަށް މިހާރު ގާނޫނުގައި އޮތަސް، ގިނަ އަޑުއެހުންތަކަށް ރަށްރަށަށް ވަކީލުން ފޮނުވަން ޖެހެ އެވެ. އެހެންވެ، އެކަމަށް ގިނަ ޚަރަދުތަކަކާއި ވަގުތުތަކެއް ހޭދަވާ ކަމަށާއި އަދި ކޮންމެ އަތޮޅެއްގައި ވަކީލުން ދާއިމީކޮށް ބޭތިއްބުމަށް ވެސް ބޮޑެތި ޚަރަދުތަކެއް ހިނގާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމިޓީގައި ވާހަކަ ދައްކަވުން ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ މައްސަލަތައް އަހަރުން އަހަރަށް އިތުރުވާ އިރު، މައްސަލަތައް އަވަސް ކުރުމަށްޓަކައި ފަސޭހައިން ޝަރީއަތް ކުރެވޭނެ ގޮތްތަކެއް ހަމަޖައްސަން ޖެހޭ ކަމަށެވެ. އެކަން އެންމެ ފަސޭހައިން ކުރެވެން އޮތީ ޓެކްނޮލޮޖީ ބޭނުން ކޮށްގެން ޝަރީއަތް ކުރިއަށް ގެންދިއުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ޑރ. ނަޒީރު: އޭނާ ވިދާޅުވީ، ގިނަ ރަށްރަށުގައި ވެސް ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތް ކުރިއަށް ގެންދެވޭ ވަަސީލަތްތައް އެބަހުރި ކަމަށް.---ފައިލް ފޮޓޯ: މިހާރު

ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ޑރ. ނަޒީރު: އޭނާ ވިދާޅުވީ، ގިނަ ރަށްރަށުގައި ވެސް ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތް ކުރިއަށް ގެންދެވޭ ވަަސީލަތްތައް އެބަހުރި ކަމަށް.---ފައިލް ފޮޓޯ: މިހާރު

"ކޮންމެ ކަމެއްގައި ވެސް އޮންނާނެ ނެގެޓިވް ފެކްޓާސްތަކެއް ހުންނާނެ. އޯޕަން ކޯޓު ރޫމެއްގައި، ފަނޑިޔާރެއްގެ ކުރިމަތީގައި ހިނގާއިރު ވެސް. ގިނަ ޖުޑިސްޓްރިކްޝަންތަކުގައި ވެސް އެ ދައްކަނީ ނުފޫޒުތަކުގެ ވާހަކަ،" ނަޒީރު ވިދިާޅުވި އެވެ.

އޭނާ ވިދާޅުވީ، ވީޑިއޯ ކޮންފަރެންސް ނިޒާމު ގާއިމް ކުރުމުގެ ގޮތުން މާފުށީ ޖަލާއި ހިންމަފުށީ ޖަލުން މާލެ އަށް މީހުން ގެނައުމުގެ ބަދަލުގައި، އެ ދެ ރަށުގެ ކޯޓަށް އެ މީހުން ހާޒިރު ކޮށްގެން ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތް ކުރެވޭ ގޮތަށް މިހާރު ވަނީ ހަމަޖައްސައިފައި ކަމަށެވެ. އެހެން ގިނަ ރަށްރަށުގައި ވެސް ވީޑިއޯ ކޮންފަރެންސްކޮށް ކުރިއަށް ގެންދެވޭ ވަަސީލަތްތައް އެބަހުރި ކަމަށް ޑރ. ނަޒީރު ވިދާޅުވި އެވެ.

ވީޑިއޯ ކޮންފަރެންސް ނިޒާމެއް އޮތުމުން ޚަރަދު ކުޑަވިޔަސް، އާންމު އުސޫލުން އެކަން ނުކުރެވޭ ގޮތަށް ހަދަންޖެހޭ ކަމަށް ބައެއް މެމްބަރުން ވިދާޅުވި އެވެ. ދަތުރުފަތުރާއި ޚަރަދު ބޮޑުވިޔަސް، އަދިވެސް އިސްކަން ދޭންޖެހޭނީ ޝަރީއަތަށް ފިޒިކަލީ ހާޒިރުވާން ޖެހޭ ގޮތަށް ހެދުމަށް ކަމަށާއި އެހެން ގައުމުތަކުގައި ވެސް އެގޮތަށް އަމަލު ކުރަނީ ސަބަބުތަކެއް ހުރުމުން ކަމަށް ވެސް މެމްބަރުން ވިދާޅުވި އެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއި ރައީސް އިއުލާން ކުރައްވާ ސްޓޭޓް އޮފް އިމަޖެންސީ އާއި ކާރިސާގެ ވަގުތުތަކުގައި ދައުވާ ކުރުމުގެ މުއްދަތު ނުހިނގާ ގޮތަށް އެ ބިލުގައި ހުށަހަޅާފައި އޮތްއޮތުމާ ގުޅިގެން ޝަމީމް ވިދާޅުވީ މިފަދަ ހާލަތްތަކުގައި ދައުވާ ކުރުމުގެ މުއްދަތު ހަމަވުމުގެ ކުރިން ތަހުގީގު އެއްކޮށް ނިންމަން ދަތިތައް އެބަހުރި ކަމަށެވެ. އެކަމަކު ހުރިހާ މައްސަލަތަކެއްގައި ދައުވާ ކުރުމުގެ މުއްދަތު ނުހިނގާ ގޮތަށް އޮތުން މުހިންމު ނޫން ކަމަށް އޭނާ ވެސް ވިދާޅުވި އެވެ.

ޖިނާއީ މައްސަލަތަކުގެ އިތުރުން މަދަނީ އަދި އެ ނޫން ބާވަތުގެ މަައްސަލަތައް ވެސް ހުރިއިރު އެފަދަ މައްސަލަތަކުގައި އަމަލު ކުރަންޖެހޭ އުސޫލެއް އެ ބިލުގައި ނެތް ކަން ބައެއް މެމްބަރުން ފާހަގަ ކުރެއްވި އެވެ. އެ ބިލުގެ ދަށުން ދައުވާ ކުރުން ލަސް ކުރުމުން ހެކިތައް ގެއްލި، އިންސާފު ގާއިމްކުރަން ހުރަސް އެޅިގެން ހިނގައިދާނެ ކަމާ މެދު ވެސް ބައެއް މެމްބަރުން ސުވާލު އުފެއްދެވި އެވެ.