Roadha Mihaaru
މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އަށް ޕީޖީ ހާޒިރުކުރަނީ

ޖިނާއީ އަދުލުގެ ނިޒާމާ ބެހޭގޮތުން މައުލޫމާތު ހިއްސާކުރަން ޖުޑިޝަރީ ކޮމިޓީ އަށް ޕީޖީ ހާޒިރުކުރަނީ

24 ޖޫން 2024

ޖިނާއީ އަދުލުގެ ނިޒާމާ ބެހޭގޮތުން މައުލޫމާތު ހިއްސާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެދުމުން ޕީޖީ ހުސައިން ޝަމީމް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އަށް ހާޒިރުކުރަން އެ ކޮމިޓީން މިއަދު ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޖިނާއީ އަދުލުގެ ނިޒާމާ ބެހޭގޮތުން މައުލޫމާތު ހިއްސާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެދުމުން ޕީޖީ ހުސައިން ޝަމީމް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އަށް ހާޒިރުކުރަން އެ ކޮމިޓީން މިއަދު ނިންމައިފި އެވެ.

ޖިނާއީ އަދުލުގެ ނިޒާމާ ބެހޭ މައުލޫމާތު ހިއްސާ ކުރުމަށާއި އެ ނިޒާމާ ބެހޭގޮތުން މަޖިލީހުގެ ވިސްނުން ހުރި ގޮތް ބެލުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއާ ބައްދަލުކުރަން ޕީޖީ އޮފީހުން ދާދި ފަހުން ވަނީ ސިޓީއެއް ފޮނުވައިފަ އެވެ.

ޖުޑިޝަރީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުުވުމުގައި ބައިވެރިވެވަޑައިގަތް ހުރިހާ މެމްބަރުންގެ އިއްތިފާގުން ނިންމީ ޕީޖީއަށް އެ ފުރުސަތު ދިނުމަށް އެ ކޮމިޓީ އަށް ހާޒިރު ކުރުމަށެވެ.

ކްރިމިނަލް ކޯޓަށް ދިމާވެފައިވާ ޖާގައިގެ މައްސަލައާ ގުޅޭގޮތުން ކްރިމިނަލް ކޯޓާއި ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ވެސް އެ ކޮމިޓީ އަށް ހާޒިރުކުރަން މިއަދު ނިންމި އެވެ.

މީގެ އިތުރުން ޖުޑިޝަރީ ކޮމިޓީއާ ގުޅުން ހުރި ދައުލަތުގެ އެހެން އިދާރާތަކުގެ މަސައްކަތްތަކާބެހޭ މައުލޫމާތު ވެސް ހޯދުމަށްޓަކައި ކޮމިޓީން ކަނޑައަޅާ ތަރުތީބުން އެ ފަރާތްތަކާ ބައްދަލު ކުރުމަށް ވެސް ޖުޑިޝަރީ ކޮމިޓީން މިއަދު ނިންމި އެވެ.