25 މެއި 2020
ސިއްހީ ހިދުމަތުގެ ފެންވަރު ބެލުމުގެ އެންމެ އިސް ފަރާތުގެ ގޮތުގައި "ކޮމިޝަނާ އޮފް އެޝުއަރެންސް" އައްޔަންކުރަން ގާނޫނަކުން ލާޒިމްކުރިތާ ހަތަރު އަހަރު ވީއިރު ވެސް އެ މަގާމަށް ބޭފުޅަކު ހަމަނުޖައްސައި އޮތް މައްސަލަ ބަލަން ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ހުށަހަޅުއްވައިފި އެވެ.
ސިއްހީ ހިދުމަތުގެ ފެންވަރު ބެލުމުގެ އެންމެ އިސް ފަރާތުގެ ގޮތުގައި "ކޮމިޝަނާ އޮފް އެޝުއަރެންސް" އައްޔަންކުރަން ގާނޫނަކުން ލާޒިމްކުރިތާ ހަތަރު އަހަރު ވީއިރު ވެސް އެ މަގާމަށް ބޭފުޅަކު ހަމަނުޖައްސައި އޮތް މައްސަލަ ބަލަން ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ހުށަހަޅުއްވައިފި އެވެ.
މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް އެ މައްސަލަ ހުށަހެޅުއްވާފައިވާނެ ކަމަށް އަމިއްލަ މެމްބަރު އުޝާމް މިއަދު ވިދާޅުވީ، އޭޑީކޭ ހޮސްޕިޓަލްގައި މިދިޔަ ހުކުރު ދުވަހު މަރުވި ތުއްތު ކުއްޖާގެ މައްސަލައާ ގުޅޭ ޚަބަރަކާ އެކު ކުރެއްވި ޓުވީޓެއްގަ އެވެ.
އުމުރުން އެންމެ ހަތަރު މަހުގެ އެ ކުއްޖާ މަރުވީ ފަރުވާ ދިނުން ލަސްވެެގެން ކަމަށް އެ ހޮސްޕިޓަލްގެ ބައެއް ޑޮކްޓަރުން ފަހުން އެއްބަސްވި ކަމަށް ކުއްޖާގެ އާއިލާއިން ވަނީ ބުނެފަ އެވެ. އުޝާމް ވިދާޅުވީ އެފަދަ މައްސަލަތައް ބެލުމަކީ ގާނޫނުގައި އޮންނަ ގޮތުން ކޮމިޝަނާ އޮފް ކޮލިޓީ އެޝުއަރެންސްގެ ޒިންމާއެއް ކަމަށެވެ.
"...މިފަދަ ކަންކަން ބަލާ ތަހްގީގް ކުރުމަކީ “ކޮމިޝަނަރ އޮފް ކޮލިޓީ އެޝުއަރަންސް”ގެ ޒިންމާއެއްކަމަށް ސިއްހީ ހިދުމަތްދިނުމުގެ ގާނޫނުގެ ތިން ވަނަ ބާބުގައި ބަޔާންކޮށްފައި އޮންނައިރު ގާނޫނު ފާސްކުރިތާ ހަތަރު އަހަރުވެގެން ދާއިރު އަދި މިހާތަނަށް ވެސް އެ މަގާމަށް މީހަކު އައްޔަންކޮށްފައި ނެތުމަކީ ސިވިލް ސާވިސް ކޮމިޝަން އަދި ސަރުކާރުތަކުގެ ބޮޑު އިހުމާލެއް،" ތުއްތު ކުއްޖާ މަރުވި މައްސަލައިގައި އުޝާމް ވިދާޅުވި އެވެ.
އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި، ހޮސްޕިޓަލްތަކުން އިހުމާލުގެ މައްސަލަތައް މިނިވަންކަމާ އެކު، ބެލޭނީ ކޮމިޝަނާ އޮފް އެޝުއަރެންސްގެ މަގާމުގައި ހުންނަވާ ބޭފުޅަކަށެވެ. މިހާރު މި ފަދަ މައްސަލަތައް ބަލަނީ ހެލްތު މިނިސްޓްރީގެ ޚާއްސަ ޑިޕާޓްމަންޓަކުންނެވެ. އެކަމަކު، "ކޮމިޝަނާ އޮފް އެޝުއަރެންސް" އައްޔަން ކުރުމުގެ ގާނޫނުގެ ދަށުން ލިބިދޭ ބޮޑެތި ބާރުތަކެއް ހެލްތު މިނިސްޓްރީއަކަށް ނެތެވެ.
ސިއްހީ ހިދުމަތްދޭ ތަންތަނުގައި ދިމާވާ މިފަދަ ކަންކަން ބަލާ ތަހްގީގްކުރުމަކީ “ކޮމިޝަނަރ އޮފް ކޮލިޓީ އެޝުއަރަންސް”ގެ ޒިންމާއެއްކަމަށް ސިއްހީ ހިދުމަތްދިނުމުގެ ގާނޫނުގެ 3 ވަނަ ބާބުގައި ބަޔާންކޮށްފައި އޮންނައިރު ގާނޫނު ފާސްކުރިތާ 4 އަހަރުވެގެންދާއިރު އަދިމިހާތަނަށްވެސް 1/2 https://t.co/FkVAIO0SQF pic.twitter.com/susiUy0xLr
— Ahmed Usham (@a_usham) May 25, 2020
އުޝާމްގެ ޓްވީޓް
ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގައިވާ ގޮތުން ސިވިލް ސާވިސްގެ އޮނިގަނޑުގައި އޮންނަ ޑިރެކްޓާ ޖެނެރަލްގެ ފެންވަރުގައި ކޮމިޝަނާ އޮފް ކޮލިޓީ އެޝުއަރެންސްް ގެ މަގާމަށް މީހަކު އައްޔަން ކުރުމަކީ ސިވިލް ސާވިސް ކޮމިޝަނުން ކުރަންޖެހޭ ކަމެކެވެ. އެ ގާނޫނުގައި އޮންނަ ގޮތުން އެ މަގާމަށް ހަމަޖައްސަން ޖެހޭނީ ސިއްހީ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކޮށްފައިވާ މީހެކެވެ. އެހެން މަސައްކަތެއް ނުކޮށް އުޅެވޭ ވަރުގެ މުސާރަ އާއި އިނާޔަތްތައް އެ މަގާމުގައި ހުންނަ މީހަކަށް ހަމަޖައްސައިދޭން ވެސް އެ ގާނޫނު ލާޒިމް ކުރެ އެވެ.
ސިއްހީ ހިދުމަތްދޭ ތަނަކުން މީހަކަށް ނުރައްކާތެރި އަނިޔާއެއް ވެއްޖެ ނަމަ ނުވަތަ އިހުމާލެއް ވިކަމުގެ މައުލޫމާތު ލިބިއްޖެ ނަމަ އެކަން ތަހުގީގު ކުރުމަކީ ކޮމިޝަނާ އޮފް ކޮލިޓީ އެޝުއަރެންސްގެ ޒިންމާ އެކެވެ. އެފަދަ ކަންތައްތަކުގައި އާއްްމުން އުފުލާ ޝަކުވާތައް ބެލުމަކީ ވެސް އެމަގާމުގައި ހުންނަ މީހަކު ކުރަން ޖެހޭ ކަމެކެވެ.
އެގޮތުން ކުރާ ތަހުގީގުގެ ރިޕޯޓް ހުށަހަޅަން ޖެހޭނީ ހެލްތު މިނިސްޓަރަށާއި މެޑިކަލް ބޯޑަށެވެ.
ހުޅުމާލެ ފެސިލިޓީ ރަނގަޅު ކުރަން މަޖިލީހަށް
ހެލްތު އިމަޖެންސީއަށް މަޖިލީހުގެ ހުއްދަ ހޯދަން ފާސްނުވި
ޅ. އަތޮޅަށް ކޮވިޑް ފެތުރުނީ އިހުމާލުން: ޝިޔާމް
ކޮވިޑްގެ ސަންސެޓް ގާނޫނުން ގިނަ ބަޔަކަށް ބޮޑު ލުޔެއް
ސަރަހައްދީ ބަނދަރުތަކުން ހިދުމަތްތައް ދޭން ގޮވާލައިފި
ދުންފަތުގެ ޑިއުޓީ ކުޑަނުކުރަން އެންމެ ފަހުން ނިންމަނީ
އާމިރާ ނޫން ހުރިހާ މެމްބަރުން ވަކިކުރަން ފާސްކޮށްފި
މުވައްޒަފަކު ޕޮޒިޓިވް ވިޔަސް މަޖިލިސް ކުރިއަށް ގެންދާނެ
ގާނޫނު ލާޒިމްކުރާ ގަވާއިދު ނެތް، ކަރަންޓީނާމެދު ސުވާލު
ކޮމިޝަނަރު އައްޔަން ނުކުރި ސަބަބު ކޮމެޓީން ހޯދަނީ