Roadha Mihaaru
ކޮވިޑަށް ޕޮޒިޓިވް މީހަކު މަރުވެފައި އޮއްވައި ފެނިއްޖެ

ކޮވިޑް-19 އަށް ޕޮޒިޓިވް މީހަކު މަރުވެފައި އޮއްވައި ފެނިއްޖެ

26 މެއި 2020

މަގުމައްޗަށް ރޭ ވެއްޓިފައި އޮތް ބިދޭސީއަކު އައިޖީއެމްއެޗަށް ގެންދިޔަ އިރު މަރުވެފައިވާ ކަމަށާއި އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްް ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން މިރޭ ބުނެފި އެވެ. އެންއީއޯސީ އިން ބޭއްވި މީޑިއާ ބްރީފިންގައި ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ބަންގްލަދޭޝްގެ އެ ފިރިހެން މީހާ ރޭ 10 ޖެހިއިރު ފަރީދީމަގުގައި ހުރި ތަނަކަށް ދިޔަ ކަމަށެވެ. މަގު މައްޗަށް ވެއްޓިފައި އޮއްވައި ފެނިގެން ސަރުކާރުގެ މައި ހޮސްޕިޓަލަށް ގެންދިޔައީ 10:45 ހާއިރެވެ. ފެނުނުއިރު ވެސް ހޭވެރިކަމެއް ނެތެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މަބްރޫކް ވިދާޅުވީ އެ ފިރިހެން މީހާގެ ފަރާތުން ބަލީގެ އެއްވެސް އަލާމާތެއް ފެނުނު ކަމަށް މިހާތަނަށް މައުލޫމާތު ލިބިފައިނުވާ ކަމަށެވެ.

އެ ކޭސްއާ ގުޅިގެން މިހާރު އަންނަނީ ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ކުރަމުންނެވެ. ހަތަރު މީހަކު ކަރަންޓީން ކޮށްފައިވާއިރު އިތުރު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ވެސް ކުރިއަށް ގެންދާ ކަމަށް ވިދާޅުވި އެވެ.

"މިއީ ރާއްޖޭގެ ފަސް ވަނަ ކޮވިޑް މަރު ކަމަށް ވެސް މިހާރު މި ވަނީ ނިންމާފައި،" މަބްރޫކް ވިދާޅުވި އެވެ.

މީގެ ކުރިން މަރުވި ހަތަރު މީހުންގެ ތެރެއިން އެކަކަކީ ބަންގްލަދޭޝްގެ ޒުވާނެކެވެ. ދެން ތިބީ 80 އަހަރުން މަތީގެ ދިވެހީންނެވެ.

މަރުވި މީހާއަކީ ދިވެއްސަކާ އެކު މަސައްކަތް ކުރާ މީހެކެވެ. ހިތުގެ ބަލި ހުންނަ އެ މީހާ މަސައްކަތަށް ނުނިކުންނަތާ ދެ މަސް ވެއްޖެ އެވެ. އޭނާ ދިރިއުޅެމުން ދިޔައީ ބަންގްލަދޭޝްގެ އިތުރު ބަޔަކާއެކުގަ އެވެ. ނަމަވެސް އެއީ ބަލިޖެހުމުގެ ފުރުސަތު ބޮޑު ގޮތަށް އޮންނަ، ތޮއްޖެހިގެން އުޅެމުންދިޔަ ތަނެއް ނޫން ކަމަށް މަބްރޫކް ވިދާޅުވި އެވެ.