މައިކްރޮސޮފްޓްގެ އެމްއެސްއެން ވެބްސައިޓްގެ ހިންގުމަށް ގެންނަ ބަދަލާ އެކު ކޮންޓްރެކްޓް އުސޫލުން އިނގިރޭސިވިލާތާއި އެމެރިކާގައި މަސައްކަތްކުރާ ބައެއް ނޫސްވެރިން ދޫކޮށްލައި، އެ މީހުންގެ ބަދަލުގައި ރޮބޮޓް ބޭނުންކުރަން ނިންމައިފި އެވެ.
31 މެއި 2020
މައިކްރޮސޮފްޓްގެ އެމްއެސްއެން ވެބްސައިޓްގެ ހިންގުމަށް ގެންނަ ބަދަލާ އެކު ކޮންޓްރެކްޓް އުސޫލުން އިނގިރޭސިވިލާތާއި އެމެރިކާގައި މަސައްކަތްކުރާ ބައެއް ނޫސްވެރިން ދޫކޮށްލައި، އެ މީހުންގެ ބަދަލުގައި ރޮބޮޓް ބޭނުންކުރަން ނިންމައިފި އެވެ.
މިކަމާ ބެހޭ ގޮތުން އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ މިއީ ހިންގުން ހަރުދަނާކުރުމާއި މަަސައްކަތްތަކަށް ޒަމާނީ ޓެކްނޮލޮޖީ މިހާރަށް ވުރެ ބޮޑަށް ފުޅާކޮށް، ވަރުގަދަކުރުމުގެ ގޮތުން ގެންނަ ބަދަލެއް ކަމަށެވެ. އެގޮތުން ކޮންޓެންޓް އަޕްޑޭޓްކޮށް، ވަރުގަދަކުރުމުގައި ކުރިއަށް އޮތް ތަނުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާ އެކު އޮޓޮމޭޓެޑް ސިސްޓަމް ބޭނުންނުކުރާނެ ކަމަށެވެ.
ދުނިޔޭގެ އެންމެ މަޝްހޫރު ޓެކް ކުންފުނިތަކުގެ ތެރޭގައި ހިމެނޭ މައިކްރޮސޮފްޓުން ބުނީ މި ބަދަލަކީ މިހާރު ކުރިމަތިވެފައި އޮތް ކޮވިޑް-19 ގެ މަލިމަޑުކަމާ ގުޅުވައިގެން ގެންނަ ބަދަލެއް ނޫން ކަމަށާއި މިއީ ކުރިން ވެސް ޕްލޭނުގައި އޮތް ކަމެއް ކަމަށެވެ.
"މި ގެންނަ ބަދަލުތަކާ އަހަރެމެންގެ ބައެއް ދިމަދިމާލުގައި ކުރެވޭ އިންވެސްޓްމަންޓްތައް ވެސް ހާލަތްތަކަށް ރިއާޔަތްކޮށް އިތުރުވަމުން ދާނެ." ކުންފުނިން ބުންޏެވެ.
"މި ބަދަލު ގެނެޔަސް ފުލްޓައިމްކޮށް މަސައްކަތްކުރާ ނޫސްވެރިން މަސައްކަތުގައި ދެމިތިބޭނެ،"
މައިކްރޮސޮފްޓްގެ އިތުރުން ވަރަށް ގިނަ އެހެން ބޮޑެތި ޓެކް ކުންފުނިތަކުން ނޫސް އެޖެންސީތަކަށް ފީއެއް ދައްކައިގެން އެތަންތަނުގެ ކޮންޓެންޓް ބޭނުންކުރެ އެވެ. އަދި ކޮންޓްރެކްޓްގެ ދަށުން ނޫސްވެރިންތަކެއް މަސައްކަތްކޮށްދެ އެވެ.
ނަމަވެސް މައިކްރޮސޮފްޓްގެ އެމްއެންސްއެން އަށް މި ގެންނަ ބަދަލާ އެކު ގާތްގަނޑަށް ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރާ 50 ވަރަކަށް ނޫސްވެރިންގެ ވަޒީފާ އަންނަ މަހުގެ ނިޔަލަށް ގެއްލޭނެ އެވެ.
"މި ބަދަލު ގެނެޔަސް ފުލްޓައިމްކޮށް މަސައްކަތްކުރާ ނޫސްވެރިން މަސައްކަތުގައި ދެމިތިބޭނެ،" މައިކްރޮސޮފްޓުން ބުންޏެވެ.
ވަޒީފާ ގެއްލޭ ނޫސްވެރިންތަކެއް މީޑިއާތަކަށް ބުނިގޮތުގައި އޭއައި ބޭނުންކޮށްގެން ކޮންޓެންޓް ހަދަން އުޅުނަސް ހަރުކަށި އެޑިޓޯރިއަލް ގައިޑްލައިނަކީ އޭއައި އަށް އަދި އެހާ ފަރިތަ އެއްޗަކަށް ނުވާނެ ކަމަށެވެ. އެހެންވެ މީގެ ސަބަބުން ކޮންޓެންޓް އޮޅުންބޮޅުންވުމުގެ ފުރުސަތު ބޮޑު ކަމަށް ބުންޏެވެ.
"ރޮބޮޓް ޖާނަލިޒަމް" އަށް މިހާރު އިންވެސްޓްކުރާ ކުންފުނިތަކުގެ ތެރޭގައި ގޫގުލް ވެސް ހިމެނެ އެވެ.
މީޑިއާތަކުގެ ސްލޮޓަށް ހަތަރު ބޭފުޅުން އައްޔަން ކޮށްފި
މީޑިއާ ކޮމިޝަނުގެ 3 މަގާމަށް 10 ބޭފުޅެއްގެ ނަން
މީޑިއާ ގާނޫނު އުވާލަން އދ. އިން ގޮވާލައިފި
ގާނޫނަށް ތަބާ ނުވުމުގެ ފުރުސަތެއް ނުދޭނަން: ރައީސް
މިއީ ރާއްޖޭގެ ޑިމޮކްރަސީއަށް ހިތާމަވެރި ދުވަހެއް: އިބޫ
ކައުންސެލް ޖެނެރަލްގެ ލަފަޔާ އެކު ބިލު ފާސްކޮށްފި
ދެކޮޅު ހެދުންތަކުގެ ތެރޭގައި މީޑިއާ ބިލް ފާސްކޮށްފި
މަޖިލީހުގެ ޖަލްސާއެއް މިއަދު، އެޖެންޑާ އާންމެއް ނުކުރޭ
ނޫސްވެރިން ބޭނުންވި އިސްލާހުތައް ގެނައިން: އަސްވާޑް
އެމްޖޭއޭގެ ރައީސް ކަމަށް ނާއިފް، ނައިބަކަށް ޝަހުޒާން