Roadha Mihaaru

އަތް ދޮންނަން އޮޓޯގައި ފެން އިސްކުރެއް

ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ އެކު މިހާރު ކޮންމެ ކަމެއް ވެސް ކުރަން މަޖުބޫރުވެފައި ވަނީ ރައްކާތެރިކަމުގެ ހާއްސަ ފިޔަވަޅުތަކެއް އަޅައިގެންނެވެ. ވައިރަހުން ސަލާމަތްވާން ވީހާ ވެސް ގިނައިން އަތް ދޮވުމަކީ މިހާރު ކޮންމެހެން ވެސް ކުރަން މަޖުބޫރުކަމެކެވެ.

އަތް ދޮންނަން އޮޓޯގައި ފެން އިސްކުރެއް
އަހުމަދު އަދްޝަން
އަހުމަދު އަދްޝަން

04 ޖޫން 2020

ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ އެކު މިހާރު ކޮންމެ ކަމެއް ވެސް ކުރަން މަޖުބޫރުވެފައި ވަނީ ރައްކާތެރިކަމުގެ ހާއްސަ ފިޔަވަޅުތަކެއް އަޅައިގެންނެވެ. ވައިރަހުން ސަލާމަތްވާން ވީހާ ވެސް ގިނައިން އަތް ދޮވުމަކީ މިހާރު ކޮންމެހެން ވެސް ކުރަން މަޖުބޫރުކަމެކެވެ.

އިންޑިއާގެ ކެރާލައި އޮޓޯއެއް ދުއްވާ މީހަކު މިހާރު ވަނީ އޭނާއާ އެކު ދަތުރުކުރާ މީހުންގެ ރައްކާތެރި ކަމަށްޓަކައި، އޮޓޯ ތެރޭގައި އަތް ދޮވެވޭނެ އިންތިޒާމު ހަމަޖައްސައިފަ އެވެ.

އޮޓޯގައި ފެން އިސްކުރެއް ހަރުކޮށް، އަތް ދޮން ސައިބޯނި ފުޅި ބަހައްޓާފައިވެ އެވެ. އެހެންވެ އެއަށް އެރުމުގެ ކުރިން ކޮންމެ މީހަކު ވެސް ފުރަތަމަ ކަމަކަށް އަތް ރަނގަޅަށް ދޮންނަން ޖެހޭނެ އެވެ.

މި މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީިޑިއާގައި ވައިރަލްވެފައިވެ އެވެ. އަދި އޮޓޯގެ ވެރިޔާ އަށް އެތައް ބަޔަކު ތައުރީފުކޮށްފައިވެ އެވެ.

އިންޑިއާގެ ނޫސްތަކުން ބުނި ގޮތުގައި އޮޓޯ ދުއްވާ ވަރަށް ގިނަ މީހުން މިހާރު އަންނަނީ އެ މީހުންނާ އެކު ދަތުރުކުރާ މީހުންނަށް އަތް ދޮވެވޭނެ އިންތިޒާމު ހަމަޖައްސަމުންނެވެ. އަދި މިއީ ވަރަށް ރަނގަޅު ބަދަލެއް ކަމަށާއި އޮޓޯ އަކީ އާންމުކޮށް އެ ގައުމުގައި ގިނަ ބަޔަކު ދަތުރުފަތުރުކުރަން ބޭނުންކުރާ ވަސީލަތަކަށްވާތީ ސާފުތާހިރު ކަމަށް ވަރަށް ބޮޑު އިސްކަމެއް ދޭން ޖެހޭ ކަމަށް ބުނެފައިވެ އެވެ.