Roadha Mihaaru
ތިމާވެށި ހިމާޔަތްކުުރުމުގައި ދެމިތިބޭނަން: ރައީސް

ތިމާވެށި ހިމާޔަތްކުުރުމުގައި އަބަދުވެސް ދެމިތިބޭނަން: ރައީސް

05 ޖޫން 2020

ތިމާވެށި ހިމާޔަތްކުރުމުގައި މި ސަރުކާރު އަބަދުވެސް ދެމިތިބޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ތިމާވެށި ހިމާޔަތްކުރުމުގައި މި ސަރުކާރު އަބަދުވެސް ދެމިތިބޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރަމުން އަންނަ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ރައީސް ކުރެއްވި ޓުވީޓުގައި ރައީސް ވަނީ ކޮވިޑް-19 ގެ މި ހާލަތުން އަރައިގަނެ ހުރިހާ ކަމެއް އަލުން ފަށަން މަސައްކަތްކުރަމުން އަންނައިރު ތިމާވެއްޓާއި، ބައޯޑައިވާސިޓީ ރައްކާތެރިކުރުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވައިފަ އެވެ. ރައީސް ވިދާޅުވީ މި ސަރުކާރުން އަބަދުވެސް ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާނެ ކަމަށާއި އަބަދުވެސް އެކަމަށް އަޑުއުފުލާނެ ކަމަށެވެ.

ރައީސް މިހެން ވިދާޅުވެފައިވާއިރު، މި ދަނޑިވަޅު ވެސް ތިމާވެއްޓާ ގުޅުންހުރި އެކި މައްސަލަތައް އަންނަނީ ފެންމަތިވަމުންނެވެ. އެގޮތުން ގުޅީފަޅަށް ކޮމާޝަލް ޕޯޓު ބަދަލުކުރުމުގެ މަސައްކަތަށް، އެ ރަށުގެ ފަޅުން ބޮޑު ސަރަހައްދެއް ހިއްކަން ފެށުމާއެކު ވިލިމާލޭ ފަރަށް ބޮޑެތި ގެއްލުންތަކެއް ވާން ފަށާފައިވާ ކަމުގެ ޝަކުވާ ތިމާވެއްޓާ ގުޅުންހުރި ގިނަ ބަޔަކު އަންނަނީ ކުރަމުންނެވެ.

މިކަމާ ގުޅިގެން އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ވެސް ބުނީ ފަރަށް ކިސަޑު އެޅޭ ކަމަށާއި އެކަން ބަލަމުން އަންނަ ކަމަށެވެ. އަދި ފަޅަށް އެއްވެސް ގެއްލުމެއް އަދި ލިބިފައި ނުވާ ކަމަށް ވެސް އީޕީއޭއިން ބުނެފައި ވެއެވެ.

މި މައްސަލަ މަޖިލީހުން ވެސް މިހާރު އަންނަނީ ބަލަމުންނެވެ.