09 ޖޫން 2020
މަންމަ އަކު އޭނާގެ ތުއްތު ދަރިފުޅު ހޯދަން 2009 ވަނަ އަހަރު ފެމިލީ ކޯޓަށް ހުށަހެޅި މައްސަލަ އޭނާ އަށް ކާމިޔާބުވުމުން ވެސް ދަރިފުޅު ހަވާލު ނުކުރުމުން އެ ހުކުމް ތަންފީޒުކޮށްދިނުމަށް ހުށަހެޅި ކަމަށާއި އެކަމަކު މައްސަލަ ކުރިއަށް ގެންދިޔަ ނުދީ އޭރުގެ ސުޕްރީމް ކޯޓުން މައްސަލައިގެ ފައިލް ގެންދިޔަކަން "މިހާރު" އަށް އެނގިއްޖެ އެވެ.
މަންމަ އަކު އޭނާގެ ތުއްތު ދަރިފުޅު ހޯދަން 2009 ވަނަ އަހަރު ފެމިލީ ކޯޓަށް ހުށަހެޅި މައްސަލަ އޭނާ އަށް ކާމިޔާބުވުމުން ވެސް ދަރިފުޅު ހަވާލު ނުކުރުމުން އެ ހުކުމް ތަންފީޒުކޮށްދިނުމަށް ހުށަހެޅި ކަމަށާއި އެކަމަކު މައްސަލަ ކުރިއަށް ގެންދިޔަ ނުދީ އޭރުގެ ސުޕްރީމް ކޯޓުން މައްސަލައިގެ ފައިލް ގެންދިޔަކަން "މިހާރު" އަށް އެނގިއްޖެ އެވެ.
ދަށު ކޯޓުގައި ހިންގަމުން ދިޔަ އެތައް މައްސަލައެއްގެ ފައިލް ކުރީގެ ސުޕްރީމް ކޯޓުން ގެންގޮސް، އެ މައްސަލަތައް ހުއްޓުވާފައިވެ އެވެ. އަދި މުހިންމު އެތައް މައްސަލައެއްގައި ސުޕްރީމް ކޯޓާ ހިސާބުން ހުއްޓުވާފައިވެ އެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި މިގޮތަށް ސުޕްރީމް ކޯޓަށް ދަށުން ކޯޓުން މައްސަލައިގެ ފައިލް ގެންގޮސް ހުއްޓުވި މައްސަލަތަކާ ބެހޭ ރެކޯޑެއް ސުޕްރީމް ކޯޓުގައި ފެންނާކަށް ނެތެވެ. ނަމަވެސް ސުޕްރީމް ކޯޓުން އަންގައިގެން، މައްސަލަތައް ބެލުން ހުއްޓާލައި ސުޕްރީމް ކޯޓަށް ފައިލް ފޮނުވިކަން ދަށު ކޯޓުތަކުގެ ރެކޯޑްގައި ހުރެ އެވެ.
ސުޕްރީމް ކޯޓުން ހުކުމް ތަންފީޒު މައްސަލައިގެ ފައިލް ގެންދިޔައީ، މަންމައާ އެއްކޮޅަށް ފެމިލީ ކޯޓުން ކުރި ހުކުމް ކުއްޖާގެ މާމަގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކޮށް އެ މައްސަލަ ކުރިއަށް ދަނިކޮށް 2013 ވަނަ އަހަރު އެވެ.
މަންމައާ ދަރިފުޅު ހަވާލުކުރަން ނުޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި މާމައާ އެކު ދަރިފުޅަށް އެންމެ އެކަށީގެންވާ މާހައުލެއް އަދި ރައްކާތެރިކަމެއް ވެސް ނެތް ކަމަށް ޖެންޑާ މިނިސްޓްރީން ހެދި އެސެސްމަންޓުން އެނގުމުން މަންމައާ އެއްކޮޅަށް ކުރި ހުކުމް މާމަގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކުރުމުން ވެސް ކާމިޔާބުވީ މަންމައަށެވެ. އެހެންވެ މާމަގެ ފަރާތުން އަނެއްކާވެސް 2014 ވަނަ އަހަރު ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރީ އެވެ. މައްސަލައިގެ އަޑުއެހުންތަކެއް ބޭއްވި ނަމަވެސް ހުކުމް ނުކޮށް ބާއްވާފައި އޮއްވައި މައްސަލަ ކުރިއަށް ގެންގޮސް ހުކުމް ކުރީ އިއްޔެ އެވެ.
ސުޕްރީމް ކޯޓުން އިއްޔެ ކުރި ހުކުމުގައިވާ ގޮތުން ދެމަފިރިންގެ ދެމެދުގައި މައްސަލަޖެހި ތުއްތު ފިރިހެން ކުއްޖާ އަށް އެކަމުގެ ނޭދެވޭ އަސަރުކޮށްފާނެ ކަމަށް ބަލައި ކުއްޖާގެ މަންމަގެ ވެސް ރުހުމާ އެކު 2009 ވަނަ އަހަރު ފެމިލީ ކޯޓުން ކުއްޖާގެ ބައްޕަ ފަރާތު މާމައާ ދަރިފުޅު ހަވާލުކުރި އެވެ. އޭރު އެއީ ގާތުން ބޯ އުމުރުގެ ތުއްތު ކުއްޖެކެވެ. ނަމަވެސް ފަހުން މަންމައާ ހަވާލުކުރަން ފެމިލީ ކޯޓުން ހުކުމް ކުރީ އަލުން މައްސަލަ ހުށަހެޅުމުންނެވެ.
ހުކުމުގައިވާ ގޮތުން، ކުއްޖާ ހޯދުމުގެ މައްސަލަ ހައި ކޯޓުގައި ކުރިއަށް ދިޔައިރު މަސްތުވާތަކެތީގެ މައްސަލައެއްގައި ކުއްޖާގެ މަންމަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާތީ ކުއްޖާގެ މާމަގެ ފަރާތުން އެކަން ހައި ކޯޓުގައި ފާހަގަކުރި އެވެ. ނަމަވެސް އެކަމަށް ހައި ކޯޓުން ރިއާޔަތެެއް ނުކުރެ އެވެ. މަސްތުވާތަކެތީގެ ތުހުމަތެއް ކުއްޖާގެ މަންމަ އަށް އައީ މައްސަލާގައި ހިމެނޭ އަނެއް ފަރާތުން ރާވައިގެން ކުރި ކަމެއްގައިކަން ކުއްޖާގެ މަންމަ ވަނީ ފާހަގަކޮށްފަ އެވެ. ކުއްޖާގެ މަންމަ އަކީ މަސްތުވާތަކެތީގެ ރެކޯޑެއް އޮތް މީހެއް ނޫނެވެ.
އެނގިފައިވާ ގޮތުގައި، ހައި ކޯޓުގައި މައްސަލަ ހިންގި އިރު، ކުއްޖާގެ މަންމަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ސައިކަލްގެ މަޑިދަށުން މަސްތުވާތަކެތި ފެނުމުންނެވެ. އެކަމަކު އެއީ ކޯޓުގައި ހިނގަމުން ދިޔަ މައްސަލާގައި ވަކި ގޮތަކަށް ނަތީޖާ ނެރެން ރާވައިގެން ކުރި ކަމެއްގެ ގޮތުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ވަނީ ހިނގައިފަ އެވެ.
މަންމައާ ދަރިފުޅު ހަވާލުކުރަން ހުރިހާ ކޯޓަކުން ހުކުމްކުރި ނަމަވެސް އަދިވެސް ކުއްޖާ ހުރީ މާމަގެ ބެލުމުގެ ދަށުގައި ކަމަށް އެނގިފައިވެ އެވެ.
މަދަނީ މިންގަނޑުން ބައްޕަ ސާބިތުކުރަން ސުޕްރީމް ކޯޓަށް
ދަރިފުޅު ހޯދަން މަންމަ ކޯޓުގައި 11 އަހަރު!
ނިމިފައި އޮތް މައްސަލައެއް އަލުން ބަލާތީ ހުއްޓުވައިފި
ސުޕްރީމް ކޯޓުގެ ހުއްދަ ނެތި ކުދިންގެ ކައިވެނި ނުކުރެވޭ
ދަރިންނާ ބައްދަލުކުރަން އެޕޮއިންޓްމަންޓް: އަނިޔާއެއް!
މަދަނީ މިންގަނޑުން ބައްޕަ ސާބިތުކުރާ މައްސަލަ ނަގައިފި
"އެހެންގޮތަކަށް" ބައްޕަ ސާބިތުކުރުން: ނުބައި ދޮރެއް؟
ދައުލަތުން އެދެނީ މަދަނީ ގޮތުން ބައްޕަ ކަނޑައަޅަން!
ދަރިންގެ ހަރަދުނުދީ އެތައް އަހަރެއް: ފިޔަވަޅެއް ނެތް؟
ހަރަދު ނުދޭތީ ގިނަ މީހުން ބަންދުކުރީ މިދިޔަ އަހަރު