ލޯފަން މީހުންނަށް ދިވެހި ބަހުން މައުލޫމާތު ލިބޭނެ ގޮތަށް "ތާނަ މެލޯ" އެޕްލިކޭޝަނެއް ތައާރަފްކޮށްފި އެވެ.
11 ޖޫން 2020
ލޯފަން މީހުންނަށް ދިވެހި ބަހުން މައުލޫމާތު ލިބޭނެ ގޮތަށް "ތާނަ މެލޯ" އެޕްލިކޭޝަނެއް ތައާރަފްކޮށްފި އެވެ.
މިއީ، އުރީދު އާއި ޔޫއެންޑީޕީ ގުޅިގެން ކުރިއަށް ގެންދިޔަ "މިޔަހެލި" ޕްރޮގްރާމްގައި ހުށަހެޅި ހުށަހެޅުންތަކުގެ ތެރެއިން ކާމިޔާބު ހޯދި އެއް ހުށަހެޅުމެވެ. އެއީ ޔޫތް މިނިސްޓްރީ އާއި ޖެންޑާ މިނިސްޓްރީ އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޕާސަންސް ވިތް ޑިސްއެބިލިޓީސް (އެމްއޭޕީޑީ) އާއި މޯލްޑިވްސް ޑެފް އޮސޯސިއޭޝަންގެ ވެސް ބައިވެރިވުމާ އެކު ހިންގި ހަރަކާތެކެވެ.
ރާއްޖޭގައި ތިބޭ ލޯފަން މީހުންނަށް މައުލޫމާތު ހޯދުމުގައި މިހާތަނަށް ރަނގަޅު ފުރުސަތެއް ފަހިކޮށްދީފައި ނެތް ނަމަވެސް މި އެފްލިކޭޝަންގެ ސަބަބުން ދިވެހި ބަހުން ފަސޭހަކަމާ އެކު މައުލޫމާތު ލިބޭނެ އެވެ.
މި އެޕްލިކޭޝަން މިހާރު ގޫގުލް ޕްލޭ ސްޓޯރުން ލިބޭނެ އެވެ. އެޕްލިކޭޝަންގައި ދިވެހި ތާނަ އަކުރުން ލިޔުމުން އޭގައި ވާ އެއްޗެއް ސްކްރީން ރީޑާއެއް މެދުވެރިކޮށް ބާރަށް ކިޔައިދޭނެ އެވެ. ބޭނުންވާ މައުލޫމާތެއް ފަސޭހަކަމާ އެކު ހޯދޭނެ އެވެ.
މިހާރު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ހާލަތާ ގުޅޭ މައުލޫމާތުތައް ވެސް ލޯފަން ނުވަތަ ނުވަތަ ލޮލަށް ފެނުމުގައި ދަތިތައް ދިމާވެފައިވާ މީހުންނަށް މި އެޕްލިކޭޝަނުން ބަލައިލެވޭނެ އެވެ.
"ތާނަ މެލޯ" ތައްޔާރުކުރުމުގައި އިސްކޮށް އުޅުއްވި ހުސައިން ޝަރީފު ވިދާޅުވީ، ލޮލަށް ފެނުމުގައި ދަތިތައް ދިމާވެފައިވާ ކުދިންނަށް ކިޔެވުމަށް ބޭނުންވާ ބައެއް މައުލޫމާތުތައް ހޯދުމުގައި ބޮޑެތި އުނދަގޫތަކެއް ހުރި ކަމަށެވެ.
"އެފަދަ ފަރާތްތަކަށް ވެސް މައުލޫމާތުތައް ހޯދުމުގައި ފަސޭހަ ގޮތްތަކެއް ހުރުން ވަރަށް މުހިއްމު. އަދި މި ފަދަ އެޕްލިކޭޝަނެއް ތައާރަފް ކުރެވުނީތީ ވަރަށް ބޮޑަށް އުފާކުރަން،" އޭނާ ވިދާޅުވި އެވެ.
ވާހަކަ އެޕް "އޯލަ" މިހާރު ޑައުންލޯޑް ކުރެވޭނެ!
ވާވޭ އެޕް ގެލަރީން އުރީދޫ އެޕް ޑައުންލޯޑް ކުރެވޭނެ
އަންހެނުންނަށްދޭ އަނިޔާއާ ދެކޮޅަށް ކުރެހުމުގެ މުބާރާތެއް
ލޯއަނދިރިވުމުން ކުރި ފުރައްސާރައިން ދެއްކީ ނަމޫނާ!
އެންޑްރޮއިޑް 11: ފޯނުގެ ފަހަތުގައި ދެ ޓަކި ޖަހާލާ
އެޕްލިކޭޝަން އަޕްޑޭޓްކުރަން ދެން ނޮޓިފިކޭޝަނެއް ނުލިބޭނެ
ބޭނުންނުކުރާ އެޕްލިކޭޝަނެއް ފޯނުގައި އެބަ އިންތަ؟
"ކުނބު"، ކަނޑު ދަތުރަށް ބޮޑު ފަސޭހައެއް ގެނެސްދޭނެ
"ވަން ހޭންޑް އޮޕަރޭޝަން +" ކަމުދާ އެޕްލިކޭޝަނެއް
އެންޑްރޮއިޑް އެޕްތަކުން އަހަރީ ފީއެއް ނަގަނީ