Roadha Mihaaru
ވާވޭ އެޕް ގެލަރީން އުރީދޫ އެޕް ޑައުންލޯޑް ކުރެވޭނެ

ވާވޭ އެޕް ގެލަރީން އުރީދޫ އެޕް ޑައުންލޯޑް ކުރެވޭ ގޮތް ހަދައިފި

28 ސެޕްޓެމްބަރ 2021

ވާވޭ ފޯނު ބޭނުން ކުރާ އުރީދޫ ކަސްޓަމަރުންނަށް އެ ކުންފުނީގެ "މައި އުރީދޫ" އެޕްލިކޭޝަން ޑައުންލޯޑު ކުރެވޭ ގޮތް ހަދައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ވާވޭ ފޯނު ބޭނުން ކުރާ އުރީދޫ ކަސްޓަމަރުންނަށް އެ ކުންފުނީގެ "މައި އުރީދޫ" އެޕްލިކޭޝަން ޑައުންލޯޑު ކުރެވޭ ގޮތް ހަދައިފި އެވެ.

ވާވޭ ބްރޭންޑުގެ ފޯނުތަކަށް ގެނައި ބަދަލުތަކާ އެކު މިހާރު އެ ފޯނުތަކުގައި ގޫގަލް ޕްލޭ ބޭނުން ނުކުރެވޭނެ އެވެ. އެ ފޯނުތަކުގައި އެޕްލިކޭޝަންތައް އަޅަން މިހާރު ބޭނުން ކުރަން ޖެހޭނީ "ވާވޭ އެޕް ގެލަރީ" އެވެ.

އުރީދޫ އެޕު ތައްޔާރު ކޮށްފައިވަނީ އެޕް ސްޓޯރާއި ގޫގަލް ޕްލޭސްޓޯރަށް ހާއްސަ ކޮށްގެންނެވެ. އެހެންވެ، އެ އެޕްލިކޭޝަން ވާވޭ ފޯނުތަކުން ޑައުންލޯޑު ނުކުރެވޭ ކަމުގެ ޝަކުވާތައް ކަސްޓަމަރުންގެ ފަރާތުން ލިބޭ ކަމަށާއި އެ މައްސަލަ ހައްލުކޮށް ވާވޭ އެޕް ގެލަރީން ވެސް ޑައުންލޯޑު ކުރެވޭ ގޮތް ހަދާފައިވާނެ ކަމަށް އުރީދޫން ބުންޏެވެ.

ވާވޭ ފޯނުތަކުން މިހާރު އުރީދޫ އެޕް ޑައުންލޯޑް ކުރެވޭނެ ކަމަށް ބުނެ ކުރި ޓްވީޓެއް---

މިއީ ވާވޭ އެޕް ގެލަރީގައި ރާއްޖޭގެ އެޕްލިކޭޝަނެއް ތައާރަފު ކުރި ފުރަތަމަ ފަހަރެވެ.

ވާވޭ ފޯނުތަކުން މައި އުރީދޫ އެޕްލިކޭޝަން އެޕް ޑައުންލޯޑު ކުރަން ބޭނުންވާ މީހުންނަށް https://ore.do/appgallery މެދުވެރިކޮށް ޑައުންލޯޑު ކުރެވޭނެ އެވެ.