14 ޖޫން 2020
ވޮޝިންޓަން (ޖޫން 14) - އެންމެ ބޮޑު ކަންބޮޑުވުމަކީ ނޮވެމްބަރު މަހު އޮންނަ ރިޔާސީ އިންތިޚާބު ރައީސް ޑޮނަލްޑް ޓްރަމްޕް ވަގަށް ނަންގަން އުޅުއްވަފާނެތީ ނުވަތަ އިންތިޚާބުން ނާކާމިޔާބީއާ ކުރިމަތިވެއްޖެ ނަމަ ވައިޓް ހައުސް އިން ނުކުމެވަޑައިގަތުމަށް ދެކޮޅު ހައްދަވަފާނެތީ ކަމަށް ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޖޯ ބައިޑަން ވިދާޅުވެއްޖެ އެވެ.

"އެއީ ހުރިހާ ޕޯސްޓަލް ވޯޓުގައި މަކާރާއި ހީލަތް ހަދާފައިވާ ކަމަށް ވިދާޅުވި މީހެއް،" އުމުރުން 77 އަހަރުގެ ބައިޑަން ވިދާޅުވި އެވެ.
"ދަ ޑެއިލީ ޝޯ" ގައި ވާހަކަ ދައްކަވަމުން ކުރީގެ ނައިބް ރައީސް ވިދާޅުވީ މިހާރު ވެސް ބައެއް ސްޓޭޓްތަކުގައި ދަނީ ވޯޓުލުމަށް އުނދަގޫވާނެ ގޮތްގޮތަށް ކަންތައް ކުރަމުން ކަމަށެވެ. އަދި އެފަދަ ކަންކަން ހުއްޓުވުމަށް ކޮންމެ އަވަށަކަށް މޮނިޓަރުން ފޮނުއްވާނެ ކަމަށް ވިދާޅުވި އެވެ. އިންތިޚާބުން ބަލިވެއްޖެ ނަމަ ވައިޓް ހައުސް އިން ނުކުމެވަޑައިގަތުމަށް ޓްރަމްޕް ދެކޮޅު ހައްދަވައިފި ނަމަ ކިހިނެއްތޯ ހައްދަވާނީ ޕްރޮގްރާމުގެ ހުށަހެޅުންތެރިޔާ ސުވާލު ކުރުމުން ބައިޑަން ވިދާޅުވީ ވެރިކަން ބަދަލު ކުރުމުގެ ކަންކަން ވަރަށް ސުލްހަވެރިކަމާ އެކު ސިފައިން ކުރާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
ބައިޑަން އަށް ރައްދު ދެއްވައި ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކޭލެއި މެކްއެނާނީ ވިދާޅުވީ "އެއީ ޚިޔާލީ ވާހަކަތަކެއް" ކަމަށެވެ.
ވޯޓާބެހޭ ގޮތުން ޓްރަމްޕް ފަހަކަށް އައިސް ވަނީ ގިނަ ޓްވީޓްތަކެއް ކުރައްވައިފަ އެވެ. މެއި 24 ގައި ކުރެއްވި ޓްވީޓެއްގައި ވަނީ "މި އަހަރުގެ އިންތިޚާބު ވަގަށް ނެގުމަށް ޑިމޮކްރެޓިކުން މަސައްކަތް ކުރާ ކަމަށް" ތުހުމަތު ކުރައްވައިފަ އެވެ.
އެމެރިކާގެ އިންތިޚާބުގެ ނަތީޖާ ކަނޑީގެ މިޔަމަތީގައި
ބަހުސަށް އެރީ ބަލިވެ އުޅެމުން: ބައިޑެން
ސުޕްރީމް ކޯޓުގެ ހުކުމަށް ބައިޑެން ފާޑުވިދާޅުވެއްޖެ
ބަހުސް ނުކުރެވުނަސް ތެދުބަސް ބުނަން އެނގޭ: ބައިޑެން
ބަހުސަށް ފަހު ބުނަނީ "ބައިޑެން ނޫން ގޮތެއް" ހޯދަން
ޓްރަމްޕް އަނެއްކާވެސް އެމެރިކާގެ ރިޔާސީ ރޭހަށް
ޓްރަމްޕާ ވާދައަށް ފްލޮރިޑާގެ ގަވަރުނަރު ނުކުންނަވައިފި
ނުފޫޒު ގަދަ 100 ގެ ތެރޭގައި ހެރީގެ ދެކަނބަލުން
ޓްރަމްޕު އަދިވެސް ވެރިކަމުގެ ހުވަފެނުގައި
ބައިޑެންގެ ސަރުކާރަށް އުންމީދު ބޮޑު: ވާވޭގެ ސީއީއޯ