ދިމިޝްގު (އޮކްޓޯބަރު 19) - ސީރިއާ އިން ނުކުމެ އެހެން ގައުމަކަށް ހިނގައްޖެ ނަމަ ސިޔާސީ ހިމާޔަތް ދޭނެ ކަމުގެ ހުށަހެޅުންތައް ލިބޭ ކަމަށާއި އެކަމަކު އެ ހުރިހާ ހުށަހެޅުމަކަށް ދެކޮޅު ހަދާފައިވާނެ ކަމަށް ރައީސް ބައްޝާރުލް އަސަދުގެ އަނބިކަނބަލުން އަސްމާ އަލް އަސަދު ވިދާޅުވެއްޖެ އެވެ.
19 އޮކްޓޯބަރ 2016
ދިމިޝްގު (އޮކްޓޯބަރު 19) - ސީރިއާ އިން ނުކުމެ އެހެން ގައުމަކަށް ހިނގައްޖެ ނަމަ ސިޔާސީ ހިމާޔަތް ދޭނެ ކަމުގެ ހުށަހެޅުންތައް ލިބޭ ކަމަށާއި އެކަމަކު އެ ހުރިހާ ހުށަހެޅުމަކަށް ދެކޮޅު ހަދާފައިވާނެ ކަމަށް ރައީސް ބައްޝާރުލް އަސަދުގެ އަނބިކަނބަލުން އަސްމާ އަލް އަސަދު ވިދާޅުވެއްޖެ އެވެ.
އަސްމާ ވިދާޅުވީ އެކަމަނާ ގަބޫލްކުރައްވާ ގޮތުގައި އެ ގޮތަށް ހުށަހަޅަނީ ފިރިކަލުންގެ ވެރިކަން އިތުރު މައްސަލަގަނޑެއްގެ ތެރެއަށް ވައްޓާލަން ކަމަށެވެ. ރަޝިޔާ ސަރުކާރާ ގުޅުން އޮންނަ ޓީވީ ސްޓޭޝަނަކަށް ދެއްވި އިންޓަވިއުއެއްގައި އަސްމާ ވަނީ އެކަމަނާ އަށް ހުށަހެޅުންތައް އަންނަ ފަރާތްތައް ހާމަކުރައްވަން ދެކޮޅު ހައްދަވައިފަ އެވެ.
ސީރިއާ ސަރުކާރަށް ރަޝިޔާ އިން ދެމުންދާ އެއްބާރުލުމަށް އަސްމާ ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.
"ފެށުނީއްސުރެ އަޅުގަނޑު މި އުޅެނީ މި ތަނުގައި. އަޅުގަނޑު މި ތަން ދޫކޮށް އެހެން ތަނަކަށް ދިއުމުގެ ޚިޔާލެއް ނުގެންގުޅެން،" ރަޝިޔާ 24 އަށް ދެއްވި އިންޓަވިއުއެއްގައި އަސްމާ ވިދާޅުވި އެވެ. "ސީރިއާ އިން ދިއުމަށް އަޅުގަނޑަށް ވަރަށް ގިނަ ހުށަހެޅުން ލިބޭ. މީގެ ތެރޭގައި ސަލާމަތީ ގޮތުން ރައްކާތެރިކަން ދިނުމާއި މާލީ ގޮތުން އެހީވުމާ އަދި ދަރިންނަށް ރައްކާތެރިކަން ދިނުން ހިމެނޭ."
ރައީސް ބައްޝާރުލް އަސަދާއި އަނބިކަނބަލުން އަސްމާ.
އަސްމާ ވިދާޅުވީ މިއީ ރައީސް އަސަދަށް ރައްޔިތުންގެ އިތުބާރު ނަގާލަން ކުރާ ކަންތައް ކަމަށެވެ.
ލަންޑަނަށް އުފަން، ކުރީގެ އިންވެސްޓްމަންޓް ބޭންކަރެއް ކަމަށްވާ އަސްމާ އަންނަނީ 2000 ވަނަ އަހަރުން ފެށިގެން ސީރިއާގެ ފަސްޓް ލޭޑީގެ ގޮތުގައި އެ ގައުމުގައި ދިރިއުޅެމުންނެވެ. އަސަދަށް ވެރިކަން ލިބިވަޑައިގަތީ 1971 ވަނަ އަހަރުން ފެށިގެން ވެރިކަން ކުރައްވަމުން ވަޑައިގެންނެވި ބައްޕާފުޅު ހާފިޒް އަލް އަސަދު އަވަހާރަވުމާ ގުޅިގެންނެވެ.
އަސަދު އިސްތިއުފާ ދިނުމަށް ގޮވާލާ ޑިމޮކްރެސީ އަށް ތާއީދުކުރާ ފަރާތްތަކުން މާޗް 2011 ގައި ފެށި ކެމްޕޭން ވަނީ ދާޚިލީ ހަނގުރާމައަކަށް ބަދަލުވެފަ އެވެ. ފަސް އަހަރުވީ ހަމަނުޖެހުންތަކުގައި 400،000 މީހުން މަރުވެފައިވާނެ ކަމަށް އދ.ގެ ޚާއްސަ މަންދޫބު ސްޓެފަން ޑި މިސްތުރާ މި އަހަރު ކުރީކޮޅު ވަނީ ވިދާޅުވެފަ އެވެ.
ސީރިޔާގެ ވެރިރަށުގައި ވަރުގަދައަށް ހަނގުރާމަކުރަނީ
ހަލަބުގެ ކާމިޔާބީއަކީ ބޮޑު ފިޔަވަޅެއް: އަސަދު
ތިން ލައްކަ މީހުންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އަސަދު
ހަލަބުގައި ސަރުކާރު ސިފައިން ކުރި ހޯދަން ފަށައިފި
ބައްޝާރުގެ ބަސް: ސީރިއާ އޮތީ ޓެރަރިސްޓުންގެ އަތުގައި
ސީރިއާގެ އާ ވެރިންނާ އެބަ ވާހަކަ ދައްކަން: އެމެރިކާ
ސީރިއާގެ ބަފަ ޒޯނުން އިޒްރޭލު ސިފައިން ނުފައިބާނެ
ސީރިއާގައި ގަތަރުގެ އެމްބަސީ އަލުން ހުޅުވަނީ
ބައްޝާރު ނެތަސް އީރާން ބަލިކައްޓެއް ނުވާނެ: ޚާމަނާއީ
ބައްޝާރުގެ ބައްޕާފުޅުގެ ޒިޔާރަތުގައި ހުޅުޖަހައިފި