18 ޖޫން 2020
އޮޒެން މާދޫގެ ކާމިޔާބު ތަޖުރިބާއަށް ފަހު 2016 އިން ފެށިގެން ފުޅާކުރަމުން އަންނަ އޮޒެން ބްރޭންޑަށް އިތުރުވާ ބޮޅެއްގެ ގޮތުގައި "އޮޒެން ރިޒާވް ވިޓަވެލި" ހުޅުވަން، އެޓްމޯސްފިއާ ހޮޓެލްސް އެންޑް ރިޒޯޓްސް އިން ތައްޔާރުވެއްޖެ އެވެ.
އޮޒެން މާދޫގެ ކާމިޔާބު ތަޖުރިބާއަށް ފަހު 2016 އިން ފެށިގެން ފުޅާކުރަމުން އަންނަ އޮޒެން ބްރޭންޑަށް އިތުރުވާ ބޮޅެއްގެ ގޮތުގައި "އޮޒެން ރިޒާވް ވިޓަވެލި" ހުޅުވަން، އެޓްމޯސްފިއާ ހޮޓެލްސް އެންޑް ރިޒޯޓްސް އިން ތައްޔާރުވެއްޖެ އެވެ.
އިންޑިއާ ކަނޑުގެ ސަރަހައްދުގައި ހިތްގައިމު ރިސޯޓްތަކެއް ހިންގަމުން އަންނަ އެ ގްރޫޕުން ދެކޭ ގޮތުގައި "އޮޒެން ރިޒާވް ވިޓަވެލި" އެ ކުޑައިގެ ދަށަށް އައުމަކީ ވެސް ލިބުނު ޝަރަފެކެވެ.
"އެޓްމޯސްފިއާގެ އޮޒެން ކަލެކްޝަނަށް މި ރިސޯޓް އިތުރުވުމަކީ އަޅުގަނޑުމެންގެ ބްރޭންޑް ފުޅާކުރުމުގެ ހުވަފެނެއް ހަގީގަތަކަށް ވުން،" އެޓްމޯސްފިއާ ހޮޓެލްސް އެންޑް ރިޒޯޓްސްގެ މެނޭޖިން ޑިރެކްޓަރު ސަލިލް ޕަނިގްރާހީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ކުރިން ޔޫއޭއީގެ ޖުމެއިރާ ގްރޫޕުން ހިންގި ރިސޯޓް އަލުން ހުޅުވާނީ އިންޑިއާ ކަނޑުގެ ހިތްގައިމު މެހެމާންދާރީއަށް ގެނބިލެވޭ ފަދަ "ލަގްޒަރީ ލައިފް ސްޓައިލް ރިސޯޓެއް"ގެ ގޮތުގަ އެވެ. އަތްވާއި ވިހުރުވެމުންދާ ރުށްތަކުގެ ރީތި މަންޒަރު ވިޓަވެލީގައި ފެންނާނީ ލަގްޒަރީ ހިދުމަތްތަކާ އެކު އެވެ.
"އޮޒެން ރިޒާވް ވިޓަވެލިން ލިބޭނީ ޖާގަ ތަނަވަސް، ހަމަޖެހުން ގެނެސްދޭ އަދި ހަމަ އެއާ އެކު މުއްސަނދި ޖަޒީރާ ދިރިއުޅުމެއް،" ޕަނިގްރާހީ ވިދާޅުވި އެވެ.
ވިޓަވެލީގެ 89 ވިލާ އާއި އެއަށް ވުރެ މަތީ ފެންވަރުގެ ގެތަކުން ގެސްޓުންނަށް ފުރިހަމަ އަމިއްލަވަންތަކަން ލިބިދޭނެ ކަމަށް، މެނޭޖްމަންޓުން ބުނެ އެވެ. އެއިން ކޮންމެ ތަނެއްގައި ޕްރައިވެޓް ޕޫލެއް އޮންނަ އެވެ. ވޯޓާ ސްލައިޑް ވެސް ގެއާ ގުޅާލާފައިވެ އެވެ. އަދި 85 ފޫޓުގެ ވިޓަވެލި ޔޮޓަކީ ވެސް ގެސްޓުންނަށް އޮތް ވަރަށް ބޮޑު ފުރުސަތެކެވެ.
އޯފް ސީޒަންގެ ވިޔަފާރި ދަށްވެ ރިސޯޓްތަކުން އީދު ޕެކޭޖް
އިންޓަނޭޝަނަލް ބްރޭންޑެއްގެ ޖީއެމްއަކަށް ދިވެއްސެއް
ޖުމެއިރާ ވިޓަވެލިން ޔޮޓު ވިލާތައް ތައާރަފުކޮށްފި
ތެލުވެލިގާ ރިސޯޓު ވިއްކާލަން އަނެއްކާވެސް ހުއްދަ ދީފި
ލޯނު ނުދެއްކުމުން ހެވީލޯޑްގެ 3 ރަށެއް ވިއްކާލަނީ
އެންމެ ބޮޑު ޓޫރިޒަމް ޕްރޮމޯޝަން އޮންނާނީ އަންނަ އަހަރު
ޓީޖީއެސްޓީ އާއި ގްރީން ޓެކްސް ނުދައްކާ 170 ފަރާތެއް
1.5 މިލިއަން ޓޫރިސްޓުން، އަމާޒަށް ބާކީ ފަސް ލައްކަ
އީޒްމައިޓްރިޕްއިން ރާއްޖެއަށް ބުކިން ހަދައިދޭން ފަށައިފި
ޓޫރިޒަމް ވިޔަފާރިވެރިން ރަޖިސްޓަރީވާން ހުޅުވާލައިފި