ޓޫރިޒަމްގެ ބައިނަލްއަގުވާމީ ބްރޭންޑެއްގެ ޖެނެރަލް މެނޭޖަރު ކަމަށް ފުރަތަމ ފަހަރަށް ދިވެއްސަކު ހަމަޖައްސައިފި އެވެ.
09 އެޕްރީލް 2022
ޓޫރިޒަމްގެ ބައިނަލްއަގުވާމީ ބްރޭންޑެއްގެ ޖެނެރަލް މެނޭޖަރު ކަމަށް ފުރަތަމ ފަހަރަށް ދިވެއްސަކު ހަމަޖައްސައިފި އެވެ.
ދުބާއީގެ ރާއްޖޭގެ ގޮފި، ޖުމެއިރާ މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރަކަށް ހަމަޖެއްސީ މުހަންމަދު އަޝްރަފެވެ.
އޭނާ ވަނީ މީގެ ކުރިން "ދަ ނޯޓިލަސް މޯލްޑިވްސް"ގެ ޖެނެރަލް މެނޭޖަރުގެ މަގާމާއި ނިޔާމަ ޕްރައިވެޓް އައިލެންޑްގެ ރިސޯޓު މެނޭޖަރު ކަމާއި އަނަންތާރާ ރިސޯޓުގެ ޖެނެރަލް މެނޭޖަރު ކަން ވެސް ކުރައްވައިފަ އެވެ.
ޔޫއޭއީގެ އިންޓަނޭޝަނަލް ހޮޓެލް ޗެއިން ޖުމެއިރާ ގްރޫޕްގެ ރިސޯޓެއްގެ ޖެނެރަލް މެނޭޖާރު ކަމުގެ މަގާމާ އަޝްރަފު ހަވާލުވެވަޑައިގަތީ މި މަހުން ފެށިގެންނެވެ.
ސޯޝަލް މީޑިއާގައި އޭނާ ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ، އުންމީދަކީ ޖުމެއިރާއިން ފެއްޓެވި އާ ދަތުރު ކާމިޔާބު ވުން ކަމަށާއި ލިބިވަޑައިގަތް ފުރުސަތު ވަރަށް ރަނގަޅަށް ބޭނުން ކުރައްވާނެ ކަމަށެވެ.
ޖުމެއިރާގެ އާ ރިސޯޓް "ޖުމެއިރާ މޯލްޑިވްސް"ގެ ޖީއެމް ކަމަށް ދިވެއްސަކު ހަމަޖެއްސި އިރު ރާއްޖޭގައި ބައިނަލްއަގުވާމީ މަޝްހޫރު ހުރިހާ ބްރޭންޑެއްހެން ރިސޯޓް ހިންގަ އެވެ. އެކަމަކު އެ ހުރިހާ ރިސޯޓެއްހެން ހިންގުމުގައި އެންމެ އިސްކޮށް އުޅުއްވަނީ ބޭރުގެ ބޭފުޅުންނެވެ. އެކަމަކު ރާއްޖޭގައި ހިންގާ ލޯކަލް ބްރޭންޑްތަކުގެ ޖީއެމް ކަމުގެ މަގާމް ދިވެހިން މަދުން ނަމަވެސް އަދާކުރެ އެވެ.
ޖުމެއިރާ މޯލްޑިވްސް މީގެ ކުރިން ހިންގީ ލަކްސް ނޯތު މާލެ އެޓޯލް ރިސޯޓުގެ ގޮތުގަ އެވެ. އެހެން ނަމަސް ޖުމެއިރާއިން މި ރިސޯޓު ގަތުމަށް ފަހު އަލުން ހުޅުވީ މިދިޔަ އަހަރު ފަހުކޮޅު އެވެ.
އޯފް ސީޒަންގެ ވިޔަފާރި ދަށްވެ ރިސޯޓްތަކުން އީދު ޕެކޭޖް
އެޓްމޮސްފިއާގެ ރިސޯޓެއްގެ ގޮތުގައި ވިޓަވެލި ހުޅުވަނީ
ޖުމެއިރާ ވިޓަވެލިން ޔޮޓު ވިލާތައް ތައާރަފުކޮށްފި
ރެފްލްސްއަށް މެރަދޫ ރީ ބްރޭންޑްކޮށް އަލުން ހުޅުވަނީ
ޓޫރިޒަމްގެ މާލީ ހައްލުތަކަށް ބީއެމްއެލް ތައްޔާރު:ޝަރީފް
ހއ. އަތޮޅުގައި 600 މިލިއަން ޑޮލަރުގެ ރިސޯޓެއް
ރާއްޖޭގެ ވެލްނަސް ޓޫރިޒަމަށް އެއް ބިލިއަން ޑޮލަރު
އާ އަހަރަށް ޓޫރިޒަމްގެ ހިސާބުތައް ދައްކަނީ ކިހިނެއް؟
އަހަރު ނިމުމުގެ ކުރިން 2 މިލިއަން ޓޫރިސްޓުން ހަމަވާނެ
އަންނަ އަހަރު ރިޒާވް 705 މިލިއަން ޑޮލަރަށް އަރާނެ