Roadha Mihaaru
މަރު ކޮމިޝަންގެ މަސައްކަތް ހުއްޓާލައިފި: ނަޝީދު

ތަހުގީގު ކުރިއަށް ގެންދެވެން ނެތް ކަމަށް މަރު ކޮމިޝަނުން އަންގައިފި: ނަޝީދު

22 ޖޫން 2020

ގޮތް ނޭނގޭ މަރުތަކާއި މީހުން ގެއްލުވައިލުމުގެ މައްސަލަތައް ބަލާ ކޮމިޝަންގެ ތަހުގީގުތައް އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވާފައިވާ ކަަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ގޮތް ނޭނގޭ މަރުތަކާއި މީހުން ގެއްލުވައިލުމުގެ މައްސަލަތައް ބަލާ ކޮމިޝަންގެ ތަހުގީގުތައް އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވާފައިވާ ކަަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގައި މިހާރުގެ ޖަލްސާގައި އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. އަހުމަދު ޒާހިރާ ސުވާލުކުރުން ކުރިއަށް ދަނިކޮށް، މަރު ކޮމިޝަންގެ ވާހަކަ ނަޝީދު ފެއްޓެވީ ހަރުކަށި ފިކުރާ ގުޅޭ ސުވާލެއް މެމްބަރަކު ކުރެއްވުމާ ގުޅިގެންނެވެ. އެމަނިކުފާނު ވިދާޅުވީ ތަހުގީގު ކުރިއަށް ނުގެންދެވޭނެ ސަބަބެއް ކަމަށް ސިޓީގައި އަންގާފައި އޮތީ ޑްރާފްޓް ރިޕޯޓް އާންމުވުން ކަމަށެވެ.

"މަރުތަކާ ގުޅޭ ކޮމިޝަނުން މި މަޖިލީހަށް މިހާރު ސިޓީ ލިއުއްވާފައި އެބަ އޮތް އެބޭފުޅުންނަަކަށް ދެން އެ މަސައްކަތެއް ނުކުރެއްވޭނޭ. އަޅުގަނޑަށް ޔަގީން އެ ކޮމިޝަންގެ ރިޕޯޓް ތިޔަ ބޭފުުޅުންނާ ހަމައަށް ލިބިވަޑައިގަތީމާ އަދި އިތުރަށް ސާފުވެވަޑައިގަންނަވާނެ. އެ ކޮމިޝަނުން ދެކޭ ގޮތުގައި އެބޭފުޅުންނަށް ދެން އިތުރު ހެއްކެއް ހޯދެން ނެތް ކަަމަށް ވަނީ،" ނަޝީދު ވިދާޅުވި އެވެ.

އެމަނިިކުފާނު ވިދާޅުވީ އެކޮމިޝަނުން މަޖިލީހަށް ފޮނުވި ޑްރާފްޓް ރިޕޯޓްގައި އޮތް ވަރަށް ދައުވާ ނުކުރެވެނީ ކީއްވެތޯ މަޖިލީހުން އަބަދުވެސް ސުވާލު އުފައްދަމުން އައި ކަަމަށެވެ. ނަމަވެސް ކޮމިޝަނުން ބުނަނީ ދައުވާ ކުރަން އުޅެނީ "ހަމައެކަނި ވަޅި ޖެހި މީހާއަށް" ކަމަށާއި އެކަންކަމުގައި ބައިވެރިވި މީހުންގެ އިތުރުން ރާވައި ހިންގައި ހަރަދުކުރި މީހުންނަކީ ކޮބައިކަން ކޮމިޝަނަށް ބެލިފައި ނުވާ ކަމަށެވެ.

މަރުޝަނުން ކުރިން ބޭއްވި މީޑިއާ ބްރީފިން އެއްގައި ކޮމިޝަންގެ މެމްބަރު މިސްބާހް އައްބާސް އާއި އެ ކޮމިޝަންގެ އޭރުގެ ރައީސް ހުސްނުއް ސުއޫދު މައުލޫމާތު ދެއްވަނީ--- ފޮޓޯ: ހުސައިން ވަހީދު / މިހާރު

މަރުޝަނުން ކުރިން ބޭއްވި މީޑިއާ ބްރީފިން އެއްގައި ކޮމިޝަންގެ މެމްބަރު މިސްބާހް އައްބާސް އާއި އެ ކޮމިޝަންގެ އޭރުގެ ރައީސް ހުސްނުއް ސުއޫދު މައުލޫމާތު ދެއްވަނީ--- ފޮޓޯ: ހުސައިން ވަހީދު / މިހާރު

"މިއީ އަޅުގަނޑު ދެކޭ ގޮތުގައި މުއުޖިޒާތެއް ބާވަތުގެ ކަމެއް. އަޅުގަނޑު ދަންނަ ގައުމުތަކުގައި ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީއެއް ހެދުމާއި އަދި އޭގެ ކަންކަން ހާމަކުރުމާއި ޖިނާއީ ތަހުގީގާ އަދި ޖިނާއީ ދައުވާއާ އުފުލުމަކާ ގުޅުމެއް ނުހުރޭ،" އެމަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ތަހުގީގެއް ކުރަމުން އަންނަތާ އަހަރު ދެ އަހަރު ވާއިރު، ކުށްކުރި މީހުންގެ އަމިއްލަ ޒަމީރަށް ބުރަޔަކަށް ވެގެން، އަމިއްލައަށް ހެކި ނެރޭ ވާހަަކަ އަޑުއިވެ އެވެ. ނަމަަވެސް ރާއްޖޭގައި ތަހުގީގުން ކަމެއް އެނގެން އޮތް މިންވަރަށް ދައުވާ ކުރެވޭތަން ނުފެންނަ ކަމަށް ވިދާޅުވި އެވެ.

މަރު ކޮމިޝަނުން ބަލަމުން އައި މައްސަލަތަކުގެ ތެރެއިން، ދީނީ އިލްމުވެރިޔާ އަދި އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ގޮތާ ބެހޭ ޑްރާފްޓް ރިޕޯޓަކާއި ނޫސްވެރިޔާ އަހުމަދު ރިލުވާން އަބްދުﷲ ގެއްލުވައިލި ޖަރީމާއާ ގުޅޭ ރިޕޯޓެއް މަޖިލީހަށް ފޮނުވި އެވެ. ކޮމިޝަނުން އަމިއްލައަށް ވެސް އޭގެ ބައެއް މައުލޫމާތު އާއްމުކުރި ނަމަވެސް މުޅި ރިޕޯޓް އާއްމުކުރީ މަޖިލީހުންނެެވެ. އެކަމާ ބެހޭ ހޫނު ބަހުސްތަކެއް އޭރު މަޖިލީހުގައި ވެސް ހިނގި އެވެ.