23 ޖޫން 2020
ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމްގެ މައްޗަށް ފުލުހުން ކުރާ މަނީ ލޯންޑަރިންގެ ތުހުމަތާއި ފަނޑިޔާރުކަމުގައި ހުންނަވައިގެން ވިޔަފާރިކުރެއްވި ކަމުގެ ތުހުމަތަށް އޭނާ އިންކާރު ކުރައްވައިފި އެވެ.
ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމްގެ މައްޗަށް ފުލުހުން ކުރާ މަނީ ލޯންޑަރިންގެ ތުހުމަތާއި ފަނޑިޔާރުކަމުގައި ހުންނަވައިގެން ވިޔަފާރިކުރެއްވި ކަމުގެ ތުހުމަތަށް އޭނާ އިންކާރު ކުރައްވައިފި އެވެ.
ހައިލަމް މިދިޔަ ޑިސެމްބަރު މަހު ފަނޑިޔާރުކަމުގެ މަގާމުން އިސްތިއުފާ ދެއްވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރި މަނީ ލޯންޑަރިންގެ ދައުވާ ކްރިމިނަލް ކޯޓުގައި ބެއްލެވި އިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހާ ދަމާފައި ގެންދާ ކަމަށް ސިފަކޮށް ކުރަހާފައިވާ ކާޓޫނަކާ އެކު، ނަސްރުގެ ދުވަހުގެ ތަހުނިޔާގެ މެސެޖެއް ފަނޑިޔާރުންގެ ވައިބަ ގްރޫޕަކަށް ފޮނުއްވުމުން އެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފެށުމުންނެވެ.
ހައިލަމްގެ މައްޗަށް މަނީ ލޯންޑަރިންގެ ތުހުމަތުކުރަނީ، ހައިލަމްގެ ގާތް އެކުވެރިއެއް ކަމަށްވާ، ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ހައިލަމްގެ އެކައުންޓަށް 200،000ރ. ޖަމާކުރި މައްސަލައިގަ އެވެ. ފަނޑިޔާރަކަށް ހުންނަވިކޮށް ހިނގައިދިޔަ އެ ކަންތަކާ ގުޅިގެން މީގެ ކުރިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވެސް އެ މައްސަލަ ބެލި އެވެ.
ހައިމަލް ވިދާޅުވީ ފުލުހުން ތުހުމަތުކުރާ ގޮތަށް ވިޔަފާރިއެއް ވެސް ނުކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ ފަނޑިޔާރުކަމުގައި ހުރެގެން ކުރި ވިޔަފާރިއެއް ބެލުމުގެ ކުރިން، ފަނޑިޔާރަކަށް ވެ ހުރެ ވިޔަފާރިކުރުން މަނާވާ ގާނޫނީ ހަމައަކީ ކޮބައިތޯ ބަލަންޖެހޭ ކަމަށެވެ. ހައިލަމް ވިދާޅުވީ ފަނޑިޔާރުންގެ ގާނޫނުގައި މަނާވަނީ ވިޔަފާރީގައި އަމަލީ ގޮތުން ބައިވެރިވުން ކަމަށާއި ވިޔަފާރިކުރުން މަނާ ނުކުރާ ކަމަށެވެ. އެ މާއްދާގައި ބަޔާންކުރަނީ ފަނޑިޔާރަކު އަމަލީ ގޮތުން ވިޔަފާރީގައި ނޫޅެން ކަމަށާއި އެހެންވެ ފަނޑިޔާރަކު އަމިއްލަ ނަމުގައި ވިޔަފާރިއެއް ރަޖިސްޓްރީކޮށް އާއިލާ މީހަކު މެދުވެރިކޮށް ވެސް ވިޔަފާރިކުރުން ވެސް މަނާ ނުކުރާ ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ ވިޔަފާރި ކުރި ނަމަވެސް އެއީ ޖިނާއީ ކުށެއް ނޫން ކަމަށެވެ.
ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުތަކާއި މަސްއޫލިއްޔަތުތަކާއި ބާރުތައް ބަޔާންކޮށް، ފަނޑިޔާރުންގެ ގާނޫނުގެ 29 ވަނަ މާއްދާގައި އޮންނަނީ ވިޔަފާރިއެއް ހިންގުމުގައި އަމަލީގޮތުން ބައިވެރިވެ، އާމްދަނީއެއް ހޯދުމަށް ފަންނީ މަސައްކަތެއްގައި ޝާމިލުވެ، އާމްދަނީއެއް ލިބޭ ފަދަ އެހެން އެއްވެސް މަސައްކަތެއްކޮށް (އިލްމީ މަސައްކަތްތައް ފިޔަވައި)، އެހެން އެއްވެސް ފަރާތެއްގެ ވަޒީފާއެއް އަދާކޮށްގެން ނުވާނެ ކަމަށެވެ. އަދި ފަނޑިޔާރުންގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އޭނާގެ މަގާމުގެ މުއްދަތުގައި، މި މާއްދާގައި ބުނާ ގޮތަށް އަމަލުކުރަންވާނެ ކަމަށް ވެސް ބުނެފައި އޮވެ އެވެ.
ގާނޫނުގައި މަނާ ނުކުރާހާ ހިނދެއްގައި ކޮންމެ މީހަކަށް ވެސް ވިޔަފާރިކުރުމުގެ ހައްގު ލިބިގެންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ފަނޑިޔާރަކު ވިޔަފާރިކުރުން މަނާކުރާ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅާ އެއްވެސް ގާނޫނީ ހަމައެއް ނެތޭ. ގާނޫނުލް އުގޫބާތުގެ 533 ވަނަ މާއްދާ އަކީ ފުޅިމަދު އުނގުރިއެއް ގޮތަށް ހައްދަވައިގެން އެއްގޮތަކަށް ވެސް ވާހަކައަކީ ދައުލަތުގެ މަގާމުތަކުގައި ތިބޭ މީހުން ގާނޫނާ ހިލާފަށް ކުރާ ކަމެއްގެ ވާހަކަ މީހަކު ބަޔާންކުރުމުން އެމީހެއްގެ ފަހަތުން ދިއުމުގެ މަގުސަދުގައި މިގޮތަށް ނަހަމަ ގޮތުގައި ގާނޫނު އެބިއުސް ކުރުމަކީ ވަރަށް ހިތާމަކުރާ ކަމެއް،" ވިޔަފާރީގެ މައްސަލާގައި އޭނާގެ މައްޗަށް ތުހުމަތުކުރާ މާއްދާ އަށް އިޝާރާތްކުރައްވަމުން ހައިލަމް ވިދާޅުވި އެވެ.
ފަނޑިޔާރުން ވިޔަފާރިކުރުމަކީ ރާއްޖޭގެ ވިޔަފާރީގެ ނިޒާމުން އެއްވެސް ވަރަކަށް ކުށެއް ކަމަށް ބަޔާންނުކުރާ ކަމަށް ވިދާޅުވި އެވެ. އެ ހާލަތުގައި ފަނޑިޔާރު އަމިއްލައަށް ވިޔަފާރިކުރި ކަމުގައި ވިއަސް އެކަން ވާނީ ސުލޫކީ މައްސަލައަކަށް ކަމަށާއި އޭގެ ނަތީޖާއަކަށް ވާން ޖެހޭނީ ފަނޑިިޔާރާމެދު ސުލޫކީ ފިޔަވަޅު އެޅުން ކަން ފާހަގަކުރެއްވި އެވެ.
އަނބުރާ ދައްކާގޮތަށް އަލްހާން އަތުން ނެގި ފައިސާ އަދި ދައްކާފައެއް ނުވާނެ ކަމަށާއި އެ ފައިސާ ލިބުނުހާ އަވަހަކަށް އެ ދައްކާނެ ކަމަށް ހައިލަމް ވިދާޅުވި އެވެ.
ހައިލަމް ހާޒިރުކުރަނީ ތަހުގީގަށް ކުރިއެރުން ލިބުމުން
ޔާމީންގެ ބޭންކް އެކައުންޓްތައް ފްރީޒްކޮށްފި
މަނީ ލޯންޑަރިންގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފި
ޑޮލަރު ބޭރުކުރަން އުޅުނު ބިދޭސީ މީހާ 15 ދުވަހަށް ބަންދު
ތަހުގީގުގައި ހަނު ހުރީ ފުލުހުން ފުރައްސާރަކުރާތީ:ޔާމީން
މަކަރާއިހީލަތް ހަދައިގެން އަހަރުތެރޭ 9 ފަހަރު ހައްޔަރު
މަނީލޯންޑަރިން ތުހުމަތަށް ހިފެހެއްޓި އެކައުންޓް ދޫކޮށްފި
އާތިފްގެ ދިފާއީ ހެއްކަކަށް ނިޔާޒްގެ ނަން ހުށަހަޅައިފި
ޔާމީން، ފުލުހުންގެ ތަހުގީގަށް މާލެ ގެނެސްފި
އާޒިމާ މިހާރު ކުރައްވަނީ ގާޒީ ބަދަލުވުމުގެ ޝަކުވާ