ތިލަފުށީ ކައިރީގައި އަޅާފައި އޮއްވާ އިއްޔެ ހެނދުނު އަލިފާން ރޯވި މަސްބޯޓުން މީހަކު މަދުވެގެން ހޯދަން ފަށައިފި އެވެ.
20 އޮކްޓޯބަރ 2016
ތިލަފުށީ ކައިރީގައި އަޅާފައި އޮއްވާ އިއްޔެ ހެނދުނު އަލިފާން ރޯވި މަސްބޯޓުން މީހަކު މަދުވެގެން ހޯދަން ފަށައިފި އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް މޭޖަ އަދުނާން މުހައްމަދު ވިދާޅުވީ ބޯޓުގައި ތިބި ފަޅުވެރިން، އެކަކު މަދުކަމަށް ބުނާ ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދުނާން ވިދާޅުވީ ބޯޓުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނަސް އަދިވެސް އެއްކޮށް ނުނިވޭ ކަމަށެވެ.
"ފަޅުވެރިންގެ ތެރެއިން އެކަކު މަދުކަމަށް އެބަ ބުނޭ. އިއްޔެ އިން ފެށިގެން އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން މިއަންނަނީ،" އަދުނާން ވިދާޅުވި އެވެ.
ބޯޓުގައި ވަރަށް ބޮޑަށް އަލިފާން ރޯވެފައިވާތީ އެ ނިއްވާލުމަށް ސިފައިންނަށް އަދި އެތެރެއަށް ވަދެވޭގޮތެއް ނުވެ އެވެ.
އަލިފާނުގެ ހާދިސާ ހިނގުމުގެ ކުރިން ބޯޓުގެ ފަލްކާ ތެރޭގައި ވެލްޑިން މަސައްކަތްތަކެއް ކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
އިއްޔެ އަލިފާން ރޯވި އެމްވީ ބަރޯސާ ބޯޓަކީ ކުރިން މިފްކޯއިން ބޭނުންކުރި ބޯޓެކެވެ. އެ ކުންފުނިން އެ ބޯޓު ވަނީ އަމިއްލަ ކުންފުންޏަކަށް ވިއްކާލައިފަ އެވެ. އެއީ 83.89 މީޓަރު ދިގު، ފުޅާ މިނުގައި 13.62 މީޓަރު ހުންނަ، 1983 ވަނަ އަހަރު ބަނދެފައިވާ ބޯޓެކެވެ.
ގެއްލުނު ކައްޕި ހޯދުމުގެ މަސައްކަތް އަދި ވެސް ކުރިއަށް
ކައްޕި ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި
ކައްޕި އަދިވެސް ނުފެނޭ، ގެއްލުނު ގޮތް ތަހުގީގު ކުރަނީ
ލޯންޗަކާއި ޑިންގީއެއް ޖެހި، މީހަކު ގެއްލިއްޖެ
ސުމެއިދު ހޯދުމުގެ މަސައްކަތް ހެލިކޮޕްޓަރުގައި ފަށައިފި
ސަފާރީއަކުން ކަނޑަށް ވެއްޓުނު ދިވެއްސަކު ހޯދަނީ
މަހަށް ނުކުމެ އުޅުނު މީހުން ހޯދަން ޑްރޯން ބޭނުންކުރަނީ
އިވްނިންގް ކެފޭގައި ރޯވި އަލިފާން ކޮންޓްރޯލްކޮށްފި
ލޯންޗުން ގެއްލުނު މީހާގެ މައުލޫމާތު އާންމުކޮށްފި
ދޯންޏެއްގައި ރޯވެ މީހަކު ގެއްލިއްޖެ