Roadha Mihaaru
ސުމެއިދު ހޯދުމުގެ މަސައްކަތް ހެލިކޮޕްޓަރުގައި ފަށައިފި

ސުމެއިދު ހޯދުމުގެ މަސައްކަތް ހެލިކޮޕްޓަރުގެ އެހީގައި ފަށައިފި

05 ޖޫން 2017

މަހަށް ނުކުމެ އުޅެނިކޮށް ސ. ގަން ކަނޑަށް ރޭ ޑިންގީ ބަންޑުން ޖަހާލައި ގެއްލުނު ފުލުސްމީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްގެ ހެލިކޮޕްޓަރުގައި މިއަދު ހެނދުނު ފަށަައިފި އެވެ.

މަހަށް ނުކުމެ އުޅެނިކޮށް ސ. ގަން ކަނޑަށް ރޭ ޑިންގީ ބަންޑުން ޖަހާލައި ގެއްލުނު ފުލުސްމީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްގެ ހެލިކޮޕްޓަރުގައި މިއަދު ހެނދުނު ފަށަައިފި އެވެ.

އެމްއެންޑީއެފުން ބުނީ ކޯޕްރަލް މުހައްމަދު ސުމެއިދު 27، ހޯދުމުގެ މަސައްކަތް މިއަދު ހެނދުނު 7:30 އިން ފެށިގެން ކުރަމުން އަންނަ ކަމަށެވެ. އަދި ސުމެއިދު ފެނޭތޯ ފުލުހުންނާއި ސިފައިން ގުޅިގެން ކަނޑުގެ ސަރަހައްދު ވެސް ހުއްޓުމެއް ނެތި ބަލަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ހިތަދު އަށް ނިސްބަތްވާ ސުމެއިދުގެ އިތުރުން ފޭދޫގެ ދެ މީހަކު ވެސް ޑިންގީގައި މަހަށް ނުކުތެވެ. އެކަމަކު ޑިންގީ ބަންޑުން ޖަހާލުމުން، އެ ދެ މީހުން ވަނީ ފަތާފައި ގޮސް ޝަންގްރިއްލާ ރިސޯޓަށް އަރައިފަ އެވެ. ފޭދޫ އަށް ނިސްބަތްވާ ދެ މީހުން ސަލާމަތްވި ނަމަވެސް ސުމެއިދު ގެއްލުނީ ކީއްވެގެން ކަމެއް އަދިއެއް ނޭގެ އެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި ޑިންގީ ފެނިފައި ވަނީ ޝަންގްރިއްލާ ރިސޯޓާ ދެކުނު ފަރާތު ފަރުމައްޗަށް ލައްގާފައި އޮއްވަ އެވެ.